އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ޝަރީއަތް ބައްލަވަމުން ފުރަތަމަ ގެންދެވި ގާޒީ އަހްމަދު ހައިލަމްއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ގުޅުއްވި ކަމަށް ދެކެވޭ ވާހަކަ ޖުމްހޫރީ ޕާޓީން ދޮގުކޮށްފިއެވެ.

މި ތުހުމަތުތައް ގާސިމަށް އަމާޒު ކުރެއްވީ ޕީޕީއެމްއާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެވެ. އަދުރޭ މި ގޮތަށް ވިދާޅުވީ "ޔާމީނަކީ ވަގެއް" ކަމަށް މަޖިލީހުގެ ޖަލްސާއެއްގައި ގާސިމް ވިދާޅުވެފައި އޮތުމުން ގާސިމްގެ އެ ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ޖުމްހޫރީ ޕާޓީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމްގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"ގާސިމް އިބްރާހީމް ހައިލަމްއަށް ގުޅުއްވާފައެއް ނޯންނާނެ. ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ގުޅުއްވާފައެއް ނޯންނާނެ. އެ ހުކުމާ ގުޅިގެން އެއްވެސް މީހަކަށް ގުޅުއްވާފައެއް ނޯންނާނެ." އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވަނީ ޕީޕީއެމްގެ ލީޑާޝިޕާއި ރައީސް ޔާމީނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިލްހާމް ވިދާޅުވީ ޔާމީން ޖަލަށް ލުމުން ޕީޕީއެމްގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން މަސައްކަތް ކުރެއްވީ ރިޔާސީ ކެންޑިޑޭޓްކަން ހޯއްދަވަން ކަން ކަމަށެވެ.

"ތިން މެންބަރަކު، ޕީޕީއެމްގެ ތިން މެންބަރަކު އަޅުގަނޑުއާ ބައްދަލު ކޮށްފައި މި ގޮތަށް ވާހަކަ ދެއްކި، ދެން ގާސިމަށް އަމާޒުކޮށް ވާހަކައެއް ދައްކަވައިފިނަމަ މި މެންބަރުންގެ ނަންތައް އަޅުގަނޑު ހާމަކުރާނަން،" އިލްހާމް ވިދާޅުވިއެވެ.

ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް އެ ޝަރީއަތުގެ ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

މި މައްސަލަ ޖޭއެސްސީއިން ތަހުގީގުކޮށް، ހައިލަމް ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވިއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ޖޭއެސްސީން އެ ކަމުގައި އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ވެސް ކަނޑައަޅައި ތަޅުމަށް ފޮނުވިއެވެ. ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ހައިލަމް މަގާމުން އިސްތިއުފާ ދެއްވީއެވެ. އޭގެ ކުރިން އޭނާ ވަނީ އެ ކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ.

ދެން ޔާމީން މައްސަލަ ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއިރު، މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަންނަ މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ. ޔާމީންގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ މިހާތަނަަށް އެމަނިކުފާނުގެ ޝަރީއަތް ހިންގީ އިންސާފުން ބޭރުން ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދާ

    ގާސިމު ބުނެގެން ހުކުންކުރީ

    42
    1
    • ޙައްގުބަސް

      މީނާއަކީ ހުރިހާ ސަރުކާރެއްގެތެރެއިން ނާޖާއިރު ފައިދާ ނަގައިގެން އަމިއްލަ އެދުމާއިގެން ތާއަބަދު ތެޅޭ މީހެއް!! މީނާއަށް ބޭނުންވާގޮތަށް ކަންކަން ނުވީ ޔާމީންގެ ސަރުކާރުގައި!! މީނާ ދައުލަތައް ދައްކަންޖެހޭ ޓެކްސްތަށް ދައްކަން އެންގީ!! އަދި ކުރީން މޭޒުދަށުން ޑީލް ހަދައިގެން ހޯދާފައިވާ ބައެއް ފަޅުތަކާ ރަށްތައް ހަމަމަގަށް އަޅުވަން އުޅުނީމާ ޔާމީންގެ ވެރިކަން މީނާއަށް ގޯސްވީ!! ޖާބިރަށްވެސްވީ ހަމަ އެހެން!! އޭނާވެސް ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާތައް ދައްކަން އެންގި ހިސާބުން ސަރުކާރު ގޯސްވީ! މިމީހުން އުޅުނީ ޔާމީންގެ ބޮލަށް އެރިގެން އެހެންވެރިން ކައިރީ ޖެހި ސަކަރާތްތައް ޖަހަން ދައްކަންޖެހޭ ފައިސާތައް ނުދައްކާ! އެފުރުސަތެއް ޔާމީން ނުދިން!! މިކަހަލަ ބުރާންތިން މިއުޅެނީ މިގައުމުގެ ހުރިހާ ތަނަވަސްކަމެއް ނަގައިގެން ނުވިތާކަށް ދައްކަންޖެހޭ ޓެކްސްވެސް ނުދައްކާ!! ޕާޓީ ހަދައިގެން މީނަ އެޕާޓީ ނިވަލުގައި ހުރެ ވައްކަންކުރަނީ! މިކޮވިޑްތެރޭވެސް ސަރުކާރާ ގުޅިގެން މީނާގެ ގިނަ ރިސޯޓްތަކަށް ކޮރަންޓީން މީހުން ލައިގެން އެތައް މިލިޔަން ރުފިޔާ ވަނީ ނަގާފަ!! މިކަންކަން ވާނަމަ މީނާއަށް ވަރިހަމަ ވާނެ މިގައުމުގައި ކޮންމެފަދަކަމެއް ހިނގިޔަސް!! ހަމަ ޗުއްޕުކިޔައިގެން ސަނާ ކިޔަން ހުންނާނީ!! މިއީ ވަރަށް ނޭއްގާނީ މީހެއް!!

      18
      1
  2. މޮހޮދު

    ގާސިމޭ. ތީނަ އެބައުޅޭތަ😨

    24
    1
  3. އިރުޝާދު

    ޤާސިމުގެ ފަރާތުން ޖުމްހޫރީޕާރޓީން ތިހަދަނީ ރޯބުހުތާންދޮގު. ޤާސިމް ދަންނަ އޭނަޔާއެކު އުޅެވިފައި ހުރިމީހަކަށްއެގޭނެ ޤާސިމު ތިކަންތަށްކޮށްފާނެކަން. ހައިކޯރޓާ ، ސްޕްރީމްކޯރޓްގެ ފަޑިޔާރުންނަކީ ޤާސިމުގެ ރެސޯރޓްތަކަށްގޮސް ހިތުހުރިގޮތަކަށް އުޅެން ލައިސަންސް ލިބިފައިވާމީހުން އެމީހުންނަށް ޤާސިމުގެ މަދަދުވެރިކަން އަބަދުވެސްއޮވޭ.
    ޤާސިމް ، ޔަސިނުދެކެ އަންނަނީ އަމަށަކުރުޅިއެއްނޫންކަން ވަރަށްގިނަބަޔަކަށްއެގޭ. ހަމަގައިމުވެސް މީގެ 20 އަހަރުކުރިންވެސް ޤާސިމު އޮވޭޔާމީނާމެދު ޒާތީތައައްސުބު. މިހުރިހާކަމަށްބަލާއިރު ޤާސިމު ތިކަހަލަ ކިތައްމެކަމެއްކޮށްފާނެ.

    11
    1
  4. އުތުރުން

    ޔާމީނަ ކީ ދުވަހަ ކުވެސް ތިމަންނާ ނުދެކ ކޭ ވަރުގެ ބޮޑު ވަގެއް
    ކަމަށް ގާސިމް ނުބުނަންތޯ ދައުލަތުގެ ވަތްގަޑުން ވައް ކަން
    ކޮށްފައިވާ ބޮޑެތި ވަގުން ގާސިމަށް ރަނގަޅަށް އެނގޭއިރު
    އެމީހުންނަށް ވަގަށް ނޮގޮވާ ޔާމީނަށް ވަގަށް ގޮވުން ބަލަގަ ތާހިރެއް ނޫނެވެ.

    12
    2
  5. ހުސޭނުބޭ

    ލައުރާ ބުނެގެން ޙުކުމްކުރީ

    3
    1
  6. މިތުރާ

    ސިޔާސީ ހެދުން އަޅައިގެން އޫޅޭ އެއްވެސް މީހަކު ދުވަހަކުވެސް ތެދެއްނުބުނާނެ، އެމީހުންގެ ވަކަަލާތު ކުރާނީ އަބަދުވެސް އެބައިމީހުންގެ އަމިއްލަ ފައިދާ އަށް، ރައިޔިތުން ސަމާލުވޭ ! ☠.

  7. އިސްޢާފް ސަލީމް

    ކަލޯ! ކަލޭ ހައިލަމަށް ގުޅިކަން ހާމަކުރީ ހައިލަމް! ކޯލް ރެކޯޑްކޮށްފަ އެބައޮތް! ވަގުތު ޖެހުނީމާ ހާމަކުރާނެ ޙަޖަމް ޕްރޮގްރާމުގައި! ފަނޑިޔާރަކަށް ނުފޫޒްފޯރުވާ ޙުކުމަށް ނުފޫޒްފޯރުވިކަމުގެ ދަޢުވާ އަދި އުފުލޭނެ! ވިސްނައިގެން ހުންނަވާތި!

  8. ނަޒީ

    މީ ކުރިން އަހުރެމެން ދަންނަ ޤާސިމެއްނޫން މިހާރަކު! މައުމޫނުގެ ފައިބުޑަށްވެއްޓި މިފަކީރު އެހުރީ ތެޔޮއަރާފަ!

  9. ބެއްޔާ

    އިންތީޚާބަށް ކައިރިވީމަ ޤާސިމްގެ ބޯކާލަންތިއުޅެނީ. ކޮންތާކުއުޅެފަ ތިއައީ. ފައިސާލިބުނީމަ ފިލާނީ. ތިކުރާ މަސައްކަތަކުން ޤާސިމެއް ދުވަހަކު ނުހޮވުނެއްކަމަކު ފައިސާފުނިތަކެއް ލިބޭނެ.

  10. މާހު

    ޔާމީނަށް ވަގަށް ގޮވިޔަސް އަދިވެސް މިރާއްޖޭގެ ރައްޔިތުން ޔާމީން ވެރިކަމަށް ގެންނަން ބޭނުން.ޔާމީންވެރިކަން ކުރެއްވި ފަސް އަހަރަކީ ދިވެހިރާއްޖެއަށް ތިޔާގިކަން އައި ފަސް އަހަރު.އިޤުތިޞާދީގޮތުން ރާއްޖެ ކުރއަށް ދިޔަ ފަސް އަހަރު.