ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ހަދާ ޕީސީއާރް ޓެސްޓު ނަހަދާ ދަތުރު ކުރެވޭނެ ރަށްތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފިއެވެ.

އެޗްޕީއޭން ކަނޑައަޅާފައި އޮތީ މި މަހުން ފެށިގެން ވެކްސިން ޖެހުމުގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްރަތަކަށް ޓެސްޓް ހެދުމަކާއި ނުލާ ދަތުރު ކުރެވޭނެ ގޮތަށެވެ.

އެގޮތުން އެ މިންގަނޑު ހަމަވެފައިވާ 28 ރަށެއް އެޗްޕީއޭން މިއަދު ވަނީ އާންމުކޮށްފައެވެ.

މި ރަށްތަކުގެ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާއިރު، 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އާބާދީގެ 95 އިންސައްތަ ވެކްސިން ފުރިހަމަކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އުލިގަމް، ހއ. މުރައިދޫ، ހދ. ހިރިމަރަދޫ، ހދ. ނެއްލައިދޫ، ރ. މަޑުއްވަރީ، ރ. މީދޫ، ރ. އަލިފުށި، ބ. ފެހެންދޫ، ބ. ފުޅަދޫ، ބ. ދޮންފަން، ބ. ކިހާދޫ، ބ. އޭދަފުށި، ބ. މާޅޮސް، ބ. ކަމަދޫ، އއ. މަތިވެރި، އދ. ދިގުރަށް، ވ. ރަކީދޫ، ވ. ފުލިދޫ، ފ. މަގޫދޫ، ފ. ދަރަންބޫދޫ، ފ. ފީއަލި، ލ. ހިތަދޫ، ގއ. ދެއްވަދޫގެ އިތުރުން ގދ. ރަތަފަންދޫއެވެ.

އާބާދީގެ 95 އިންސައްތަ ވެކްސިން ފުރިހަމަކުރި ރަށްތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އާބާދީ ކުދި ރަށްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާަފަ

    ތިޔޮތިވަާ ތަނެއް.

  2. ބުއްޅަބޭ

    ވ. ފެލިދޫ ކޮބާ؟. ކކ

  3. މަރިންދީ

    ގއ.ކޮލަމާފުށީ މީހުން ވެކުސިން ޖަހަނީ ކިޔާ މިއޮށްހާދުވަހު ކީއްމިކުރަނީ؟

  4. ޝީޒާ

    އައްޑޫ ތެ ލިސްޓާއި ނެއްކަން ނަސީބަށް

  5. ކިނޮޅަހު ބޭރި

    ތި ރަށްތަކުގެ ތެރޭގައި ގިނައިން ތިއޮތީ ކޮވިޑުން އަރައި ނުގަނެވިގެން އުޅޭ ރަށްރަށް. މިސާލަކަށް ބ.އޭދަފުށި، ރ.އަލިފުށި ރ.މަޑުއްވަރީ އާއި މީދޫ ފާހަގަކޮށްލެވޭ. އަހަރުގެ ގިނަ ދުވަސްތައް މޮނިޓަރިންނަށް ލާފައި.