ޓޯކޮށްފައި އޮތް ވެހިކަލްތަކުން ފުލުހުން ވައްކަން ކުރާ ކަމަށް ބުނެ ފަތުރަމުންދާ ވީޑިއޯ އިން ފެންނަނީ ފުލުހުން ވެހިކަލްތަކުން ވައްކަން ކުރާ މަންޒަރު ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ދައުރު ކުރަމުންދާ ވީޑިއޯ އަކުން ފެންނަނީ ކާރެއްގެ ޑިކީ މަތާލައިގެން ހުޅުވަން ފުލުހަކު މަސައްކަތް ކުރާ މަންޒަރެވެ. އެވީޑިއޯ އިން ފެންނަނީ ފުލުހުން މާލޭގެ ޓޯޔާޑްގެ ތެރޭގައި އުޅޭ މަންޒަރެވެ. ބެލެވޭ ގޮތުގައި އެމަންޒަރު ވީޑިއޯ ކޮށްފައި ވަނީ އެތަނުގެ ދޮރުން ބޭރުގައި ހުރި މީހެކެވެ.

ޓްވިޓާގައި ދައުރު ކުރަމުންދާ ވީޑިއޯއަށް ފުލުހުން ފޮނުވި ރިޕްލައިއެއްގައި ބުނެފައި ވަނީ ގަވާއިދާއި ހިލާފަށް ޕާކުކޮށްގެން، ފުލުހުން ޓޯވ ކުރާ އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތު އުޅަނދުގެ ވެރިފަރާތަށް ދެވޭ ކަމަށެވެ. 60 ދުވަހުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް ނައްތާލުމުގެ ބާރު އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުގެ މަތިން އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަމުންދަނީ އެކަމަށް ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އުޅަނދު ނައްތާލުމުގެ ކުރިން އުޅަނދުގައި އެއްވެސް އެއްޗެއްހުރިތޯ އުޅަނދުގެ އެތެރެއާ އަދި އުޅަނދުގެ ޑިކީވެސް ބަލަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ވީޑިއޯ ނަގާފައި އެވަނީ އެގޮތުގެ މަތިން އުޅަނދު ނައްތާލުމަށް އުޅަނދު ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޓޯކޮށްފައި ހުރި ވެހިކަލްތަކުން ފުލުހުން ވައްކަން ކުރަމުންދާ ކަމަށް ބުނެ ވީޑިއޯއެއް އާއްމު ކުރުމުން ގިނަ ބަޔަކު ވަނީ ފުލުހުންނަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢހދުނާން

    ލޮލައްފެނި އަތުން ހިފިޔަސް މުވައްސަސާ ބަދުނާމު ވެދާނެކިޔާފަ އެއްބަހެއްނުވަަާނެ. ޢެކަމި ހަގީގަތަކީ މުވައްސަސާގެ އަގު ވެެއްޓިފަެިވާކަން

  2. ޢަލީ

    ރަނގަޅު ވާހަކައެއް ޓޯކުރާ ވެހިކަލް ތަކުން އެއްޗެހި ނަގާ

  3. ސަޓޯބޯ

    އެހެންވިއްޔާ ވާނީ ތިޔައީ ތެދަކައް،

  4. ސަމީރު

    ފުލުހުން ކުރާ ކޮންމެ ނުބަޔެއް "ނޫސް ބަޔާނަކުން ދޮގު ކުރީ މާ ނުކުރާކަމަކަށް ނުވާނެ ދޯ!

  5. ޙުސެން

    ފުލުހުން ޢެކާރުގެ ޑިކީ ހުޅުވަން އުޅުނީ އޭގެތެރޭ އެއްލައްކަ ރުފިޔާ އޮވެގެން ވަށްކަން ކުރިއޭ ބުނެ އާންމުކުރި ވީޑީއޯއިން ނުފެނޭ އެއްވެސް އެއްޗެއްނަގާތަނެއް ވީޑިއޯ ކުރިމީހާވެސް ގަޅީ