މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލާނެކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށް ޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމާފައިވާކަން އިއުލާނު ކުރުމާއި ގުޅިިގެން އަދުރޭ މިއަދު މިއަދު، ރައީސް ނަޝީދު އަނެއްކާވެސް އިތުރުފުޅެއް ހައްދާވާފައި ވާކަމަށާއި، ނަޝީދު އެ ބުނަނީ ކުރިމަތި ނުލާނެ ވާހަަކަ ކަމަށެވެ. އެހެން ނަމަވެސް ގާނޫނާއި ހަމަތަކުގެ މަތިން ނަޝީދުއަށް ކުރިމަތި ނުލެވުނީކަމަށެވެ.

"ތަކުރާރުކޮށް އަޅުގަނޑުމެން ބުނަމުން އައީ ރައީސް ނަޝީދުގެ ނަން ވޯޓު ކަރުދާސް ކޮޅުގައި ނޯންނާނެ ވާހަކަ". އަދުރޭ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމަށްޓަކައެވެ.

ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައެވެ. އެމައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަލްޖިބްރާ

  އަދުރޭމެން ބޮކިޖަހާނުލާ އަޑިޔަށް ދާ ދުވަސް ގާތްވަނީ !

 2. ޕާސްޓް

  އިތުރަށް ވަގުތު ނުދަންމަވާ މޑޕ އަށް ގާނޫނީ ހަމަތަކުގެ ތެރެއިން އިންތިޚާބުގަ ބައިވެރިވެ ކުރިޔަށް ދިޔުމަށްޓަކާ މޑޕ ގެ މެމބަރުންނަށް ފުރުުސަތު ދެއްވަވާ ޑިމޮކޮރަސީގެ ރީތި މިސާލެއް ގާއިމް ކޮއްދެއްވިޔަތީވެ ކުރީގެ ރައީސް ނަށީދަށް މަރުހަބާޔާއި ޝުކުރު ދަންނަވަމެވެ. އަދި ކުރިޔަށް އޮތް މުސްތަގުބަލުގަ މޑޕ އިން މާޒީގައި ދައްކާފައިވާ ހަރުކަށި ގޮތްދޫނުކުރުމާއި ގާނޫންތކަށް ގޮންޖެހުމާއި، ދައުލަތުގެ މުއައްސަސާތަކުގެ އިމޭޖް ރައްޔިތުންގެ ކުރިމަތީގައި ގެއްލުވާލުމަށްޓަކައި ހިންގާފައިވާ އަމލުތަކާއި އަދި ކޮންމެކަމެއްގަވެސް އޮންނަ ހައްލަކީ ރަށުތެރެޔަށް ނިކުމެ އަޑުގަދަކޮށް އާންމު އުނދަގުލަކަށްވާ އުސޫލުން އަމަލުކުރުން ކަމުގައި ދައްކުވާދީފައިވާ ކަންކަން އެއީ ދިމޮކްރެސީޔާ އެއްވެސް ގުޅުމެއްނުވާ ކަލްޓް އުސޫލުތަކެއްކަންވެސް މޑޕ ގެ ފޯރީގަ އުޅުއްވި ބޭބޭފުޅުންނަށް އުނގަންނައިދޭން ޖެހޭ..! އަދި ޕާޓީގެ ނަމާ ގުޅޭގޮތަށް އުސޫލުތަށް ބައްޓަންކޮށް ފުރިހަމަ ޑިމޮކްރެޓިކް އުސޫލުން ހިންގާ މަޑުމައިތިރި ހިތްތިރި ކެތްތެރި އިދިކޮޅު ޕާޓީ އެއްގެ ނަމޫނާ ކުރިޔަތް އޮތް 5 އަހަރު ދައްކުވައިދޭނެކަމަށް އުންމީދުކުރަމެވެ.
  ދިވެހި ގައުމު ރައްކާތެރި ކުރައްވައި ސަލާމަތުގެ އައްސޭރިޔަށް ގެންނެވުމަށްޓަކައި ރައީސް ޔާމީން ތިޔަ ދެއްކެވި ހިތްވަރާއި ތިޔަ އުފުއްލެވި ބުރަޔަށްޓަކާ ރައީސް ޔާމީނަށް ޝުކުރާއި މުބާރިކު ބާދު އަރިސްކުރަމެވެ.

 3. ކަލޯ

  ނަޝީދަށް ކުރިމަތި ނުލެވުމަކީ އަދުރޭ މެން މާކަންބޮޑުވާނެ ކަމެއްހެން ހީވަނީ ފަހުން

 4. އާބިދާގޭ މޮހޮންމަދު

  ދެން ބާރަށް އަތް ޖަހާ. ރީދޫ ކުދީންގެ އިންތިހާބު ނުފެށި ނިމުނީޔޯ.. ނަސީދު މަސްތުގެ ހާލަތުގަ ހުރެ ތިޔޮތީ ދެކަމުއެކީ ގޮސް

 5. ޢާދިލު

  މިއީ ދާދިފަހުން އިބޫޞޯލިޙު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ހެދި ޑީލެއްގެ ދަށުން ނިންމި ނިންމުމެކެވެ. ނަޝީދު ކުރިމަތީ ލާނަމޭ ކިޔައިގެން ފަހުވަގުތުގައި އިލެކްޝަނަށް ހުށަހެޅުމުން އެތަނުން ގަބޫލު ނުކުރީމާ ދެން އަލުން އެހެން މީހަކު އެމްޑީޕީ އިން ކުރިމަތިލުމުގެ ފުރުޞަތު ގެއްލޭނެއެވެ. އެހެންވެ އިބޫއާ ނަޝީދާ އެއްބަސްވެފައިވަނީ އިބޫ ހޮވިއްޖެ ނަމަ، ނަޝިދަށް މަޢާފުދީ މިނިވަންކުރުމަށް ފަހު އިބޫ ރައީސްކަމުން އިސްތިޢުފާދޭ ގޮތަށެވެ. މިއީ "ބޮޑުބޭބެ" ވެސް ލަފާ ދީފައިވާ ގޮތެވެ. އެކަމަކު މިއީ ބިލާހެކެވެ. އިބޫ އެއް ނުވެސް ހޮވޭނެއެވެ. ހޮވުނަސް ނަޝީދު ދޫކޮށްލުމަކީ ޤާނޫނީ ގޮތުން ރައީސަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ކުރެވުނަސް މަޢާފުދޭތާ 3 އަހަރު ނުވަނީސް ނަޝީދަށް ކުރިމައްޗެއްވެސް ނުލެވޭނެއެވެ. މަމެންނަށް ވާނުވާ އެބަ އެނގެއެވެ.

 6. އަޙްމަދް

  އަދުރޭ އެބުނޫ ތެދެއް.