ފެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ޖޯން ގްރިންޑާލް ވަކިކުރި ކަމަށް ދެކެވޭ ވާހަކަތައް އެ އޮފީހުން ދޮގުކޮށްފިއެވެ.

އޭނާ ވަކިކޮށްފައިވަނީ ޖިންސީ މައްސަލައެއްގައި ކަމަށް ބުނެ މީސް މިޑިއާގައި ދަނީ ހަބަރުތަކެއް ދައުރުކުރުވަމުންނެވެ.

ޕެންޝަން އޮފީހުގެ ސީއޯއޯ ސުޖާތާ ހަލީމް "ވަގުތު" އަށް ވިދާޅުވީ ފެތުރޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"މަގާމުން ވައްކެއް ނުކުރޭ. ޖިންސީ ގޯނާގެ ތުހުމަތުތަކެއްވެސް ނުކުރެވޭ."ސުޖާތާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ގްރިންޑާލް، ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ހަމަޖައްސަވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އޭނާ އަކީ މީގެ ކުރިން ކުރިން މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީމާއި، ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ސީއީއޯގެ އިތުރުން އިނގިރޭސިވިލާތުގ ލޯއިޑްސް ބޭންކިންގް ގްރޫޕުގެ ސީނިއާ އެކްޗުއަރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނ

    މިސަރުކާރު އައިފަހުން ހުރިހާ ތަނެއްގާ ދޮން އިގިރޭސިއެއް މީގެން މީހަކަށް 3 ލައްކަ ރުފިޔާ ހަރަދުކުރޭ ވާކަމެއް ހަރާމުން ހަރާން...އެމްއޭ ސީއެލްގައި އުޅޭމީޙާވެސް މަސއްކަތް ކުރަނީ ގޭގައި އިނދެގެން އަހަރު ތެރޭ 4 ފަހަރު ޗުއްޓީ ގައި...މިސަރުކާރަށް ޗަޒީފާއަށް ލާނެ ދިވެއްސަކު ނުފެނޭ

  2. ޢަހްމަދު

    ފަރަންޖީން ބާއިތިއްބަން ހެޔޮނުވާނެ. ވަގުތުން ވަގުތަށް އޭނާ ވަކި ކުރޭ

  3. ކެނެރީ

    އިނގިރޭސިވިލާތުގެ ގޮނޑުން ހޮވައިގެން ގެންނަ ފެންވަރު ދަށް މީހުން. ދޮން މީހުންނަށް އަޅުކަން ކުރުން ކުޑަ އިރުން ފަށައިގެން ކަށީގައި ހިފާފައި ތިބި މީހުންނަށް އެމީހުންގެ ތަރި ދުނިޔޭގައި އޮއްސިފައި ވިޔަސް އަދިވެސް އެވަރެއް ނޯންނާނެ.

  4. ރާއަލިފް

    @ޖޯން ގްރިންޑާލް އައުޓު ހަމަ މިހާރު އައުޓު

  5. އިބްރާހިމް

    ދޮގުކުރާނެ ކަމެއްނެތް. ވަކިކުރަންވީ. ޕެންޝަން އޮފީހުގެ ސީއީއޯ އަކަށް ހުރި ދޮންމީހާއަށް ދޫނުކުރާނެ ދިވެހިން ރާއްޖޭގައި އެބަތިބި.