މާލޭގެ މަތިން އާދަޔާއި ޚިލާފު ވިލާތަކެއް ކަހަލަ އެއްޗެއް ރޭ ދަންވަރު ދައުރުވާ މަންޒަރު ފެންނަ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ މި ފޮޓޯ އަކީ މަޝްހޫރު ފޮޓޯގްރާފަރ ނައުޝަމް ވަހީދު ނަގާފައިވާ ފޮޓޯއެކެވެ.

ހުދު ތިކިތަކެއް ގޮތަށް އެ ފޮޓޯ އިން ފެންނަ އެއްޗެހިން ކޮންމެވެސް ވަރަކަށް އަލި ނުކުންނަހެންވެސް ބަލާބެލުމަށް ހީވެއެވެ. އެ ފަދަ މަންޒަރުތަކެއް ފެނުނު އެހެން މީހުންވެސް ތިބި އިރު "ވަގުތަށް" މައުލޫމާތު ދެމުން ނައުޝަމް ބުނީ އެ ފޮޓޯ ނަގާފައި ވަނީ ރޭގެ 12:20 އެހާއިރު ކަމަށެވެ.

އޭނާ އަށް އެ މަންޒަރު ފެނުނީ ސައިކަލުގައި ދިޔަ ވަގުތު ކަމަށާއި، އެއީ އާއްމުކޮށް ނުފެންނަ މަންޒަރަކަށް ވުމުން އެ މަންޒަރު ފޮޓޯ ނަގަން ބޭނުންވީ ކަމަށް ވެސް އޭނާ ބުންޏެވެ.

ނައުޝަމް ބުނިގޮތުގައި އެންމެ ފުރަތަމަ އޭނާ އަށް ހީވީ އެއީ އަލި ދޯދިތަކެއް ކަމަށެވެ. ނަމަވެސް ހުދުކުލައިގެ ތިކިތަކެއްގެ ސިފައިގައި ހުރި އެ އެއްޗެހިތައް މަޑު މަޑުން ދައުރުވަމުން ދިޔަ ކަމަށާއި ބަލާ ބެލުމަށް އެ އެއްޗެހި އެންމެ ވައްތަރީ ވިލާތަކަކާއި ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއީ ރޭގައި ނެގި ފޮޓޯއެއް. ސައިކަލުގައި ދަނިކޮށް އެ މަންޒަރު ފެނުނީ. ފުރަތަމަ ހީކުރީ ލައިޓްސް ބީމް ކަމަށް. މި ބުނީ ސްޕެޝަލް ފަންގްޝަންތަކަށް ހުރެއެއްނު ލައިޓްސް ލާފައި. ދެން އެކަމަކު އެއްޗެއް މޫވް ވާހެން ހީވެގެން ހިތަށް އެރި ވިލައޭ." އޭނާ ބުންޏެވެ.

ނައުޝަމް އެ ފޮޓޯ ހިއްސާކުރުމާއި އެކު އާއްމުން ދަނީ އެ ފޮޓޯގައި ފެންނަ އެއްޗަކާއި މެދު ސުވާލު އުފައްދަމުންނެވެ. ބައެއް މީހުން ވަނީ އެއީ އޭލިއަން ނުވަތަ ދުނިޔެއިން ބޭރުގެ ދިރުންތަކެއްގެ ނިޝާންތަކެއް ކަމަށް ސަމާސާ ރާގަކަށް ބުނެފައެވެ. ނައުޝަމް ބުނިގޮތުގައި އެ ޒާތުގެ 18 ވަރަކަށް ތިކި އުޑުމަތިން ފެންނަން ހުއްޓެވެ.


"ގާތްގަނޑަކަށް 5-10 މިނިޓް ގެއަށް ވަދެލާފަ ނުކުތް އިރު ނެތް ފެންނާކަށް. ފޮޓޯ އިން ފެންނަނީ އޭގެ 90 ޕަސަންޓް. ސްލޯކޮށް މޫވްވާ ޑޮޓްސްތަކެއް އެއީ. ހީވަނީ އެއީ ވިލާތަކެއްހެން. އެ ފޮޓޯ ނަގާފައި އިނީ 12:20ގައި. 13 ޑޮޓް ފޮޓޯ އިން ފެންނަނީ އެހެންވީމަ 18 ޑޮޓް ކަމަށް ބަލަމާ ހުރީ." އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން މޫސުމާއި ބެހޭ އިދާރާގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ އާދަޔާއި ޚިލާފު އެއްވެސް ކަމެއް ހިނގައިގެން އުޅޭ ކަމުގެ ޚަބަރެއް ނުވަތަ ރިޕޯޓެއް އެ އިދާރާ އަށް ލިބިފައި ނުވާ ކަމަށެވެ.

"އެކަހަލަ އެއްވެސް ރިޕޯޓެއް އަޅުގަނޑުމެންނަށް ލިބިފައެއް ނުވޭ. އަދި އާދަޔާއި ޚިލާފު އެއްވެސް ކަމެއް ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައެއް ނުވޭ. އެކަހަލަ ވާހަކައެއްވެސް އަޅުގަނޑުމެންނާއި ހަމައަށް އައިސްފައެއް ނުވޭ." އޭނާ ވިދާޅުވިއެވެ.

ނައުޝަމް ވަނީ އެ މަންޒަރު ފެންނަ ފޮޓޯއެއްގެ އިތުރުން ކުރު ވީޑިއޯކޮޅެއްވެސް ހިއްސާކޮށްފައެވެ. އެ މަންޒަރު ފެނުނު އެހެން އާއްމުންވެސް ވަނީ އެފަދަ އެއްޗެހިތަކެއް ފެނުނުކަން ޔަގީންކޮށްދީފައެވެ.

ދުނިޔޭގެ އެހެން ހިސާބުތަކުން ވެސް މިފަދަ މަންޒަރުތައް މަދުން ނަމަވެސް ފެނެއެވެ. ނަމަވެސް އެއީ ސީދާ ކޮން އެއްޗެއް ކަން ބުނެދޭކަށް ނޭނގެއެވެ. މަޑުމަޑުން ދައުރުވާ ތިކިތަކެއްގެ ސިފައިގައި އުޑުމަތިން އެއްޗެއް ފެންނަ ނަމަ އެއީ ސެޓަލައިޓަށް ވުން އެކަށީގެންވާ ކަމަށް ބައެއް ރިޕޯޓްތަކުގައިވެއެވެ.

ނަމަވެސް އެފަދަ މަންޒަރުތައް ފެންނަނީ އިރާކޮޅު ނޫނީ އިރު އަރާ ވަގުތެވެ. ހިނދުކޮޅަކަށް ފެންނަ ތިކިތަކެއް ނަމަ އެއީ ގުރަހައަކަށް ވުން ވެސް އެކަށީގެންވެއެވެ. ނުވަތަ ތަރިއަކަށް ވެސް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޢނ

    ޢިންޑިއާއިން ފޮނުވި ޑްރޯން ތަކެއް

    24
    6
  2. ރައްޔިތުމީހާ

    ސްޓާރ ލިންކް ބާ

  3. Anonymous

    ސްޓާލިންކު ކަމަށް ބޮޑަށް ލަފާ ކުރެވެނީ

    10
    3
  4. އަނާޒު

    އެއީ ސްޓެލްކޯގެ ކަރަންޓު ރޭޑިއޭޝަން 😂😂

    7
    2
  5. އަހަނބެ

    އެއީ އާދަޔާހިލާފު ކަމެއްނުން މައްޗައް އަޅުވާފަ ހުރިލައިޓު ތަކެއްގެ އަލި ހުޅުމާލެއިން ބެލީމަ ހުރޭލައިޓުގެ އަލިފެންނަން

    8
    3
  6. ދިދަ ދަނޑި

    ސާބަސް.. ހަމަ ކިރިޔާ އެއްޗެއް ފެންނައިރަށް ތަނެއްދޮރެއް ނުބަލާ ފޮޓޯ ނަގާ އެކަން ބޮޑުކޮށްލައޭ ދޯ.. އެއީ މައްޗަށް އަޅުވާފަހުރި ލައިޓް ތަކެއްގެ އަލި.. މިރޭވެސް ފެންނަން ހުރި..

    9
    2
  7. ހ.

    ތީ ގަލޮޅު ދަނޑުން އަޅުވާފަ ހުރި ލައިޓްތަކެއް. 02 ރޭވެއްޖެ މިހާރު. ޔޫއެފްއޯއެއް ނޫން😂

    6
    2
  8. އިންޑިއާ އައުޓް

    މުސްލިމުމްކަމަށް ދައުވާކުރާ ޔަހޫދީންނައް ވުރެން ނުބައި ބަޔަކު އުޅޭ ރަށެއްގެ އުޑުމަތިން މިއަށްވުރެން ހައިރާން ކުރުވަނިވި ނާމާން ބިރުވެރި ކިތަންމެ މަންޒަރެއް ފެންނާނެ

    16
    4
  9. އެކަކު

    މާލެ ގަލޮޅު ދަޑު ގައި އެރުވި ލައިތް ތަކެ އެއި

    6
    3
  10. ާަައ.ސ

    މާއިކަލާކޯ.. އެއީ އެރޭ ގަލޮޅު ދަނޑުގަ ސްޕޮޓޮ ލައިޓޮތަކެއް ޓެސްޓް ކުރީ.

    5
    2
  11. ޢަދުރޭ

    އަޅުގަނޑުމެން ޕާޓީން ކާނިވަލް ސަރަޙައްދުގައި މިރޭ ބާއްވަން އުޅޭ ބައްދުލުވުމަށް ލައިޓް ޓެސްޓް ކުރަން ވިލާތަކަށް އަލި އެޅުވުމުން އުފެދިގެން އުޅޭ ކަމެއް ތީ . ތިކަމާ ހާސްނުވޭ

    4
    1
  12. ާއާމިނަތު

    ގަޑިން 23:30 ގަ ވެސް ފެންނަން ހުރި ދޯދި ހުރި ގޮތުން ގަބޫލުކުރެވެނީ ދަނޑުން އަލި އަޅުވާފަ ހުރިހެން މީގެ ކުރިން ވެސް ހާއްސަ އިވެންޓް ތަކުގަ އެގޮތަށް އަލި އަޅުވާއެއްނު، ރޭގަ ވެދާނެ ޕްރެކްޓިސް ކޮއްލީކަމަ

  13. މޮޔަ ގޮލާ

    ގަލޮޅު ދަނޑުން އަޅުވާ ލައިޓުތައް ހަމަ ނުފެންނަ ހާ ގަމާރީތަ !!!!

  14. ވާނުވާ

    މޫސުމާއި ބެހޭ އިދާރާއަށް ކޮޮޮޮން ެެިެިެިެިެިެއިރަކު ކޮން އެއްޗެއް އެނގުނީ؟ ބަޔަކު ތޫފާނެއް އަންނަނީއޭ ބުނީމާވެސް ނޫނެކޭ ނާދެޔޭ ކިޔަކިޔާތިއްބާ އައިސް އެރީމަބުނީ އާން ތޫފާނެއް އެބައުޅެޔޭ ދެން ކަނޑަށް ނާރާށޭ. ބުނިއިރު ގިނަމީހުން ތިބީ ކަނޑުމަތީގަ.

  15. އިލޮސިފަތި

    ކޮބާ ހީވޭ ކަމެއްހެން....ބަސްނާހަ އުޅެންޔާ ކޮންމެފަދަ އެއްޗެއްވެސް ފެނިދާނެ

  16. ނަން ނޭންގޭ

    ތިފޮޓޯ ފޮނުވި މީހަކު ކައިރީ އަހާލަބަލަ، ފުރަތަމަ ނަގައިފައިން ފޮޓޯގެ އެއްފަރާތުގައި ހުރީ ކިތައް ލައިޓުތޯ؟😆😆

  17. މަޖީދު

    މަވެސް އެބަ ފޮނުވަން ފޮޓޯއެއް. ޖަހާލަދޭތި އާދަޔާ ހިލާފޭ ކިޔާފަ.