އެމްޑީޕީ އޮފީސް ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ މަންމަ މަރްޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދިނީ އޭނާގެ ފުރައްސާރައަށް ކެތް ނުކުރެވިގެން ކަމަށް އެ ހަމަލާދިން އަހްމަދު ޖަޒީލް "ދިޔަރެސް" އަށް ބުނެފިއެވެ.

ޖަޒީލް "ދިޔަރެސް" ނޫހަށް ބުނެފައިވަނީ އޭނާގެ އުމުރުން 16 އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަނީ އެމްޑީޕީގެ ކަންކަމުގައި ކަމަށާއި މިހާރު އޭނާގެ އުމުރުން 36 އަހަރު ވެފައިވާ ކަމަށެވެ.

މިއަދުގެ ހާދިސާއާއި ގުޅިގެން ސުވާލު ކުރުމުން ޖަޒީލް ބުނީ، އެމްޑީޕީ އޮފީހުގައި މަސައްކަތްކުރާ މަރިޔަމް ޒުބައިރު އާއި އިތުރު ބައެއް ފަރާތްތައް އޭނައަށް ފުރައްސާރަ ކުރާތާ މިހާރު ގާތްގަނޑަކަށް 6 މަސް ވެފައިވާ ކަމަށެވެ.

"މިގޮތުން އޭނާ އަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށާއި އޭނާގެ ދަރިންނަކީ އެހެން މީހެއްގެ ދަރިންކަމަށް ބުނެ އޭނާއަށް ފުރައްސާރައާއި މަލާމާތް ކުރާ ކަމަށެވެ. އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ވެސް މަންދީ ކަމަށް ޖަޒީލް ބުންޏެވެ." ދިޔަރެސް އިން ބުނެފައިވެއެވެ.

ޖަޒީލް ބުނީ، އޭނާ ކުށެއް ނުކުރާ މީހަކަށް އެއްވެސް ކަހަލަ ގެއްލުމެއް ނުދޭ ކަމަށާއި އެހަމަލާ ދީފައިވަނީ އޭނާގެ ދަރިންނާއި ދިމާލަށް އެއްޗެހި ކިޔާތީ ކަމަށެވެ.

މީގެ އިތުރުން އޭނާގެ ކުށަކަށް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދަށް ތާއިދު ނުކުރާތީ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެނާ ބުނި ގޮތުގައި އޭނާ އަކީ އެ ދެ ރައީސުންގެ މީހެއް ނޫނެވެ.

އެހަމަލާއާއި ގުޅިގެން އެންމެ ފުރަތަމަ އަޑު ފެތުރިފައިވަނީ އެކަން ކޮށްފައިވަނީ އޮފީހުގައި އުޅޭ "މޮޔަ" މީހެއް މުސާރަ ނުދީގެން ކަމަށާއި އެކަން ކޮށްފައިވަނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. އެހެން ނަމަވެސް އެ ހުރިހާ ތުހުމަތުތަކެއް ޖަޒީލް ވަނީ ދޮގު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނައީމް

    ތި މަންދި އެއްގެ ޓްވިޓަރ ބަމައިލީމަ އިގޭނެ އެއި ކިހާފެންވަރެއްގެ އަގަޔެއް އޮތް އަންހެނެއްކަން. މަގަބޫލު ކުރަން ޖަޒީލް އެބުނިވާހަކަ. ޕީރިއަޑް!

    85
    1
  2. ކަހުރަބު

    ލާދީނީ އެ މް ޑީ ޕީ އެހެން މީހުން އެއީ އިންސާނުން ކަމަކަށް ނުދެކޭނެ

    65
    5
  3. ނާޝިދު

    މި އައްޑޫ މީހުންގަޑު އައްޑުއައްގޮސް ތިގޮތައް ރައްތަރައްގީ ކުރަގަ.

    46
    7
  4. ޙަސަނުލް

    މަޑުކަށި އމ ޑ ޕ ދެއްތޯ

    39
    1
  5. މަންޖެއާދަނު

    މމަންދީވެސް ހައްޔަރުކޮށް ތަހުގީގުކުރަންޖެހޭ. #ނޯރޫ މްފޯފުރައްސާރަ

    55
    1
  6. ޢަބްދުﷲ

    މާރާމާރީ މައްސަލައިގައި އަވަސް ޖިނާއީ ތަހުގީގެއް ހިންގުމަށް އެމްޑީޕީން ގޮވާލައިފި

    1 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 2, 2021 )

    "ހަމަލާދިނީ މަންދީގެ ފުރައްސާރައަށް ކެތް ނުކުރެވިގެން"

    32 މިނެޓް ކުރިން ( ސެޕްޓެމްބަރު 2, 2021 )

    الحمد لله ނުފެޅޭތަން ބޮޑީ .

    # India Out # India Out # India Out

    رئيس يامين عبد القيوم ވަގުން ވަގްތައް މިނިވަންކުރޭ #

  7. ބަބޫ

    މިހާރު 36 އަހަރު ވެފައި އުމުރުން 16 އަހަރުގައި އެމްޑީޕީއަށް މަސައްކަތް ކޮށްދޭން ފެށި. 2001 ވަނަ އަހަރު އެމްޑީޕީ އޮތްތަ؟ ނޫނީ މީނާއަކީ އަހަރެމެން މިގުނާ އަހަރު 2 އަހަރުގެ ގޮތުގައި ގުނާ މީހެއްތަ؟

  8. މަންދިގެ މީކާއިލް

    ތިޔަ ބުނާ ޖަޒީލް އަށް 36ނަމަ އޭނަ އުމުރުން 16އަހަރުގަ ކިހިނެއްބާ ރާއްޖޭގެ ސިޔާސީ ޕާޓީ އަކަށް ޚިދުމަތް ކުރާނީ.އޭނާގެ އުމުރުން 16އަހަރުގަ ރާއްޖޭގަ ނުއޮންނާނެ ސިޔާސީ ޕާޓީ އެއް

    • މަންޖެމި

      ސަރުކާރުގެ ބޮޑުން އެންމެން ދޮގުހަދާއިރު އެހެންމީހުން ކީވެވަކި ދޮގުނުހަދާންވި ސަލާމަތްވާން؟؟؟

  9. ހަސަން

    އެމްޑީޕީ އޮފީހުގައި ޖަޒީލު ގެންގުޅޭނީ އަޅެއްހެން. އަޅުގަނޑު ފޯމުތަކެއް ހިފައިގެން ގޮސްއިން ދުވަހެއްގައި މިމަންޒަރު ފެނުނު. ޕާޓީއޮފީހުގެ މަންދީ އިންނަ ފްލޯގަ އަޅުގަޑު އިންދާ ބާރަތޭރައިން ފެެށިގެން މުޒާހަރާތަކުން ދިމާވެ ގާތްކަންއޮތީމަ ޖަޒީލު އައިސް ވާހަކަ ދައްކަން ފެށީމަ ވަރަށް ހުތުރުކޮށް މަންދީ އެއްޗިހިކިޔަންފެށީ ޖަޒީލަކީ ދަށުދަރަޖައިގެ މީހެއްކަން އަންގައިދީ. ކަލޭމިތަނަށް އަރާކަށް ނުޖެހޭނެ ބުނެ މަންދީ ހަޅޭއްލަވަން ފެށީމާ އޮފީހުގަ ތިބިވެރިން ވަގުތުން ޖަޒީލު ނެރުނު. އެދުވަހުވެސް މަންދީ އާ ޕްރިޕެއިޑް ޝިއުނާ ތިބީ އޮފީހު ކޮމްޕިއުޓަރުން ފިލުމެއްބަލަން. ތިބެގެން ޖަޒީލާދިމާލަށް ކެރެވަޅުމީހެކޭ ގޮވީ.
    ފަހުން ޖަޒީލުއާ ވާހަކަ ދައްކާލީމަ އެއީ އާންމު ކަމެއްކަން އެގުނު. އަދި އަބަދު ހަންގާކުރާތީ ޖަޒީލުގެ ނަފްސާނީ މައްސަލައެއް ޖެހޭވަރު ވެފައިހުރިކަންވެސް ފާހަގަވި.