އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލަން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާއި އެކު އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ މަރުޙަބާ ކިޔަމުންނެވެ. ރައީސް ނަޝީދު ރިޔާސީ އިންތިޚާބަށް ކުރިމަތިނުލާން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ހަޤީޤަތަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާތީ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވެން ނެތީއެވެ.

ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިޚާބު ކުރާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ބަޔާންކުރާ ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހަކީ ޖިނާއީ ކުށެއް ކުރި ކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިންއަހަރު ވެފައިވާ މީހަކު ކަމުގައިވާން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއް އައިސްފައެވެ.

ރައީސް ނަޝީދަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ. އަދި އެމަނިކުފާނަށް ރައީސް ޔާމީން މަޢާފް ދެއްވާފައެއް ވެސް ނެތެވެ. ޤާނޫނުތައް ހުރި ގޮތުން މަޢާފް ދެއްވުމުގެ ފުރުސަތެއް ވެސް ނެތެވެ.

އެހެންކަމުން ރައީސް ނަޝީދަކީ ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިޚާބު ކުރާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ހަމަވާ ބޭފުޅެއް ނޫނެވެ.

ޤާނޫނު އަސާސީ އާއި ޤާނޫނުތައް ހުރި ގޮތުން ރައީސް ނަޝީދުގެ ކެންޑިރެސީ ގަބޫލު ކުރުމުގެ ބާރެއް އިލެކްޝަންސް ކޮމިޝަނަށް ވެސް ލިބިގެނެއް ނުވެއެވެ. ވީމާ ރައީސް ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރަން ނިންމީއެއް ނޫނެވެ. ރައީސް ނަޝީދަށް ރައީސް ކަމަށް ކުރިމަތިލެވެން ނެތީއެވެ. އެމަނިކުފާނު ވެސް އެކަން ގަބޫލު ކުރެއްވީއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ފޭސް

  މަ ހަމަ އެއްޗެއް ބުނާނީ 24 ގަޑި އިރު ވީމަ. މިހާރުވެސް ރާގު އެއޮގެން ބަދަލުވަނީ

 2. ދީބު

  ގޮތް ދޫކުރުމާއި ރައްޔިތުންނަށް ހެޔޮއެދޭމީހެއްނަމަ ރިޔާސީޓިކެޓް ނުވެސް ހޯދީސް. ގޮތް ހުސްވެގެން ރިޔާސީ ޓިކެޓް ދޫކޮށްލުމަކީ ހިތްވަރު ގަދަ ކަމެއްވެސް ނޫން. އަދި އިޚުލާޞްތެރުކަމެއްވެސް ނޫން. އަންނިގެ އަވާގައި ޖެހިފައިވާ ބަޔަކަށް މިވަރު އޮޅުން ނުފިލުމަކީ އެ އަވާގައި ތިބި މީހުންގެ ވިސްނުން ހުރި މިންވަރު.

 3. ައަހްމަދް

  މިހާރު ރަނގަޅު ވެއްޖެ.

 4. ހިނަ

  ކުރިމަތި ނުލިޔަސް ކަމަކު ނުދޭ. ސަލާމަތެއް ނެތެއްނު

  • ބޮއްބޮ

   އަޖައިބެއްނު؟ ކުރިމަތިނުލީކީ ނޫނޭ، ކުރިމަތި ލެވެން ނެތިއްޔޭ.

  • ޥަގު

   ތެދެއް ތިބުނީ އަދި މަހިތައްއަރާ މި ވަގުތުގަ ކޮމެންޓް ލިޔަން ދޭ ގޮތއް ލައިކްސްވެސް ދެވޭ ގޮތައް އޮންނާނެ ނަަމައޭ އޭރައްތާ ޕ ޕ ކުދިންނަށް އޮންނަ ތާއީދާ ވަގުތު ކުދިންގެ ހަޖަމް މައްސަލަވެސް ިނގޭނީ ނޭގެ މި ކޮމެންޓްވެސް ޖަހާނެކަމެއް އެއީ މި ސަރުކާރާ އިދިކޮޅަށް ލިޔާ ކޮމެންޓްސްތައް މިހާތަނަށް ޖަހާނުދީ ވާތީ

 5. ޏައުބެ

  ހެހޭ ތާހިރު ވެއްޖެޔެއްނު....

 6. އަސްލުހާލަތު

  ޕޮއިންޓަކީ ތިއެއް ނޫން ތި އެންމެންވެސް ދަންނަ ކަމެއް..ޕޮއިންޓަކީ އޭނާ ގަދަފައި ވިއްދާފަ ހުރިނަމަ އެމްޑީޕީއަކުން އެހެން މީހަކު ނުނެރޭނޭ..ނަޝީދަށް ވާދަކުރެވުނަސް ނުކުރެވުނަސް..މިހާރު އެމްޑީޕީއަށް އާ ލީޑަޝިޕަކަށް އެބަހީ ކެނޑިޑޭޓަކަށް ފުރިސަތު ދިނީމަ އެންމެންވެސް މަރުހަބާ އެ ކިޔަނީ. ކަލޭމެންގެ ގެޓުވުމުގެ ބައިވެސް ހާދަ ދަށޭ ދޯ؟ އަދިވެސް ނަޝީދު ނަޝީދު ހޮވާ ހަޅޭ ލަވަލަވާ ތިއްބާ އިދިކޮޅުން މިކަން ނިންމަފާނެ ލަންކާގަ ރަނިލް ރަނިލް ކިޔަކިޔާ ސަރުކާރުން ތިއްބާ ސިރިސޭނާ ވެރިކަން ހޯދިހެން.. ދެންވެސް ހޭލަބަލަ

 7. އަހަންމާބެ

  ތެދެއްވިއްޔާ ވާނީ ތެދަކަށް!

  • ދޮގު

   ދޮގެއްވިއްޔާވާނީ ހަމަ ދޮގަކަށް

 8. އަބްދުއްލާ

  އެމްޑީޕީންނެރޭ މީހަކަށް ރައީސްކަންލިބުނަކަސް ނަސީދަށް މިނިވަންވުމުގެ ފުރުސަތެއްނެތް އެއީ ގާނޫނުގަ އެފުރުސަތު ނެތީމް.

  • ކުޗުކުޗުލައްވނީ

   ކިޔާނެ އެއްޗެއް ނޭނގުނިއްޔޯ

 9. ފާތު

  ޖަލުދެކެބިރުން ފިލާހުރެ ކޮންވާހަކައެއް ދައްކާކަށް. ޖަލުހުކުމް ތަންފީޒު ކުރަން ރާއްޖެ އާދެބަލަ.