ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތުގައި ތިބި "ޔަހޫދީން" ވެސް މިހާރު އެމަނިކުފާނު ދޫކޮށްލާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

ޖަމީލް އުސްމާން މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލަން ރައީސް ނަޝީދު ނިންމެވުމުން ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލް އުސްމާން ވިދާޅުވީ "ރިޔާސީ އިންތިޚާބަށް ކުރިމަތިނުލައްވަން ނަޝީދު ނިންމެވީއެއް ނޫން. މާސިންގާ ޖަލުގެ ކުށްވެރިންނަށް ކުރިމަތިލާނެ ފުރުސަތު ޤާނޫނުގައި ދީފައި ނުވަނީ. އަދި ހަމަ އެއާއި އެކު ނަޝީދުގެ ފަހަތުގައި ތިބި ބޭރުގެ "ޔަހޫދީން" ވެސް މިހާރު (ނަޝީދު) ދޫކޮށްލައިފި." ކަމަށެވެ.

ޖަމީލް އުސްމާންގެ ޓްވީޓްގައި ހޭޝްޓެގް ޖެއްސެވުމަށް ފަހު ލިޔުއްވާފައި ވަނީ އެމްޑީޕީ މުޅި ދުނިޔެ އިން ފެއިލް ވެއްޖެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވުމަށް ފަހު މިއަދު ހެނދުނު އިދިކޮޅު މަޖިލިސް މެންބަރުންނަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމަށްޓަކައެވެ.

ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައެވެ. އެމައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ.

ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަ ނުވިނަމަވެސް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޕްރައިމަރީ ބާއްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހޮވިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒފފ

    އެހެންތާ ވާނީ މިހާރު ކަލޭމެންނޭ އުޅެނީ ޔަހޫދީން ފަހަތުން. އަހަރެމެންގެ ވޯޓު އިދިކޮޅަށް!

    • ޖޮއްބެ

      ކަލޭމެންގެ ރީނދޫ ސަރުކާރު ނޫނީ އަދި މިހާތަނަށް ޔަހޫދީންގެ ފްލައިޓް މިގައުމުގައި ނުޖެއްސިގެންނާ ޔަހޫދީން ނަށް ހެޓިލަރު ކުރި އަނިޔާ ކަމަށް ބުނާ އަނިޔާތަކާބެހޭ މަޢުލޫމާތު މިގައުމުގެ މަދުރަސާ ކުދިންގެ ފޮތްތަކުގައި ހިމަނައިގެން އެތަކެތި ކިޔަވައި ނުދެވިގެން އުޅުނު ބަޔަކު މިގައުމުގެ ވެރިކަމަކަށް ނާދޭ. އަދި ދިވެހިން އިސްލާމްދީން މަތީ ގާއިމްވެ ތިބޭތާ 800 އަހަރުވީއިރު މިގައުމުގައި ޣައިރު ދީން ތަކުގެ އަޅުކަންކުރާ ތަންތަން ނޭޅިގެން އުޅުނު ބަޔަކުވެސް ކަލޭމެންގެ ރީނދޫ ސަރުކާރު ނޫނީ ނެތް. އެހެން ކަމުން ކަލޭމެން ނަކީ މުޑުދާރު ނަޖިސް ބައެއް.

      • ހަމަ

        ތެދު ވާހަކައެއް މިހާ ނުލަފާ ބައެއް މަށެއް އަދި ނުދެކެން

  2. ދުނިޔާ

    ދުނިޔޭގެ ގައުމުތަކުން ބަލާނީ ނަތީޖާޔަށް..ވަކިނަމެއްކިޔާ ވަކިރާގަކަށް ދައްކާ ވާހަކަޔަކަށްނޫން...ރައީސް ޔާމީން ވަޑައިގަންނަވަނީ ނަތީޖާ ދައްކަވަމުން އޭ ރިޕޯޓް ހާސިލް ކުރައްވަމުން. ގައުމުގެ އުފެއްދުންތެރިކަން ދެގުނަ ކުރައްވައިފި..ދަރަނި އަދާކުރައްވައި ހެޔޮމިންވަރަށް އަޅުއްވާ ދެއްވައިފި..ރިޒާވް އެތައް ގުނަޔަކަށް އިތުރުކިރައްވައި 800 މިލިޔަން ޑޮލަރަށް އިތުރުކޮށް ދެއްވައިފި..ބޭރުގެ އެތައް ބިލިޔަން ޑޮލރުގެ އިންވެސްޓްމެންޓް ގެންނަވާ އެތައް މަޝްރޫއު ތަކެއް ދަނީ ހިންގަމުން..ދެން ނަޝީދުތޯ ކާސިމްތޯ ވަކިނަމެއްތޯ އެއްނޫން ބަލަންވީ ...ބަލާނީ އިންޑެކްސްއައް...ނަމްބަރުތަށް ހަމަ ބާރުސްޕީޑްގަ ދަނީ މައްޗަށް އަރަމުން..ގައުމުގަ ސުލްހަ މަސަލަސްކަމާއި އަމާންކަން ގާއިމްކޮއްދެއްވައިފި..ރައްޔިތުންގެ ކާރިން ރައްޔިތުންގެ ހާލުބައްލަވާ ކަންކަން ހަމޖައްސަަވާ ދެއްވަވާ އަދި ރައްޔިތުންގެ ބޭނުންތަކަށާއި ގައުމުގެ އިގތިސާދަށް އެންމެ ބޭނުންތެރި ގޮތތަކަށް ބައްލަވައިގެން އިސްކަންދޭ ތަރުތީބު ރާއްވަވައިގެން މުޅިރާއްޖެ މިދަނީ ތަރައްގީ ކުރައްވަމުން..ޒުވާނުންނަކީ ގައުމުގެ އެންމެބޮޑު ރައުސުލްމާލުކަން ދެނެވަޑައިގެން ޒުވާނުންނަށް އަމާޒުކުރައްވައިގެން އެތަކެއް މަޝްރޫޢުތަކެއް ހިންގަވައި ފުރިހަމކޮއްދެއްވައި ހުއްޓުމެއްނެތި ޒުވާނުންގެ ކުރިމަގށް އަމާޒުކުރއްވައިގެން މަސައްކަތް އެގެންދަވަނީ ކުރައްވަމުން..ޒުވާނުންގެ ސިޓީ އެދަނީ ތަރައްގީކުރައްވަމުން..ވައިގެ ބަނދަރުތަށް އަޅުއްވާ ދެއްވާ މާލޭގެ ވައިގެ ބަނދަރު އެންމެ ޒަމާނީފެންވަރަށް ތަރައްގީކުރައްވައި ދުނިޔޭގަހުރި އެންމެ ބޮޑެތި މަތިންދާބޯޓުތަށް ޖައްސަން މިހާރު އެއޮތީ ރެޑީވެފަ...މިޔެއްނޫންތޯ ބަލންވީ އެއްޗަކީ...މިއެއްނޫންތޯ ދުނިޔޭގެ މީހުން ބަލާނެ ކަންކަމަކީ...ދެން ހަމަ މިޔާއި އެއްވަރަށް އިންސާނުންނަށް އަންނަންޖެހޭ ހެޔޮބަދަލުތަށް އަންނަމުން ޑިސިޕްލިން ރަނގަޅުވަމުން ދާތަން މިފެންނަނީ..ތޮއްޖެހިފައިވާ މާލޭގެ ލޭނޑސްކޭޕް ބަދަލުވެ ޕާރކްތަކާއި ގޮނދުދޮއްތަކާއި މޫދައްއެރޭ ތަންތަނުގެ ބޭނުން ރައޔިތުން އުފަލާއި ހިތްހަމަޖެހުމާއިއެކު ބޭނުން ކުރައްވާ މަންޒަރު މިފެންނަނީ..ރައްރަށުގަޔާއި މާލޭގެ ކުނިވެސް ރަނގަޅަށް މެނޭޖް ކުރެވެން ފެށިގެން ގޮސް މާލޭގެ މާހައުލު ސާފުވަމުން ފުރިހަމަވަމުން އަންނަ މަންޒަރު މިފެންނަނީ...އަސްލު މާނައިގައި ފެންނަމުން މިދަނީ މިނިވަން ދިވެހިރާއްޖެ ސާފުދިވެހި ރާއްޖެޔަކަށް ބަދަލުވަމުން އަންނަ މަންޒަރު.. ޝުކުރިއްޔާ ރައީސް ޔާމީން.

  3. ހޭބަލި

    ޢަހަރެމެން އަދިވެސް ތާއީދު ކުރަނީ ރައީސް ނަސީދުއަށް.

    • އިވަ

      އެއީ ބޯލާން ބޭނުން ވާތީ

  4. ނައްލަބެ

    ތި ބުނީ ހަމަ ތެދެއް ޔަހޫދީންނަށް ވެސް އެނގޭ މިކަލޭގެ މީ ދެދުނިޔެއިންވެސް ބޯގޮވާފަހުރި މީހެއްކަން .