ރާއްޖޭގެ މަގުތައް ހަދަން އަންނަ ބޭރުގެ މީހުން ދިވެހިން އަޅުވެތި ކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގައި އަދުރޭ ވަނީ މި ސަރުކާރު ވެރިކަމަށް އައިސް ދިވެހިންނަށް ވިސްނައި ދީފައިވަނީ ކާބާފައިން އުޅެމުން ދިޔައީ ބޯދާ ގޮތަކަށް ކަމާއި އިހުތިރާމު ކުރުމަކީ ކަޓު ކަމެއްގެ ގޮތުގައި ކަމަށެވެ.

އެމްޑީޕީއަށް ފާޑުވިދާޅުވެ، އަދުރޭ ވިދާޅުވީ، ރާއްޖޭގެ މަގުތައް ހެދުމަށާއި ބްރިޖުތައް އެޅުމުގެ ނަމުގައި އަންނަ މީހުންނަކީ އާދައިގެ ބައެއް ނޫން ކަމަށާއި އެމީހުން ރާއްޖެ އައިސް ރާއްޖޭގެ ރަށްތަކުގެ ބޮޑެތި ގެތައް 15،000- 20،000 ރުފިޔާ ދީ ކުއްޔަށް ހިފައިގެން ކުރަމުން އަންނަ މަސައްތަކުގެ ނަތީޖާ އާ މާދަމާ ދިވެހިން ބައްދަލުކުރަން ޖެހޭނެ ކަމަށެވެ.

"ރާއްޖެއަށް އެކި ނަން ނަމުގައި. މަގުހަދާ މީހުންގެ ނަމުގައި، ބްރިޖު އަޅާ މީހުންގެ ނަމުގައި. ސައި ހަދާ މީހުންގެ ނަމުގައި. ކުނި ކަހާ މީހުންގެ ނަމުގައި. އެއްޗެހި ދޮންނަ މީހުންގެ ނަމުގައި މި އަންނަމުންދާ މީހުންނަކީ މީކީ އާދައިގެ ބައެއް ނޫން. މިއީ ބިރުވެރި ކަމެއް" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެފަދަ މީހުންނަކީ މާދަމާ ދިވެހިން އެމީހުންގެ ގޯތިތަކުން ނެރެ ބޭރުކޮށް، މިނިވަންކަން ނަގާލާނެ ބައެއް ކަމަށެވެ.

"އެމީހުންނަކީ އަޅުގަނޑުމެންގެ އަންހެން ބޭފުޅުންގެ އިއްފަތްތެރިކަން ފޭރިގަންނާނެ މީހުން. އެމީހުންނަކީ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ރައްޔިތުން އަޅުވެތި ކުރާނެ މީހުން. އެމީހުންނާ މެދު މިއަދު އަޅުގަނޑުމެން ފާރަވެރިވާން އެބަ ޖެހޭ" އަދުރޭ ވިދާޅުވިއެވެ.

ޖަލްސާގައި އަދުރޭ އިތުރަށް ވިދާޚުވީ ކާބަފައިން އަޅުގަނޑުމެންނަށް ގެނެސްދީފައިވާ މިނިވަން ލޮބުވެތި ގައުމު އަންނަން އޮތް ޖީލުތަކަށް ކާބަފައިން ފޯރުކޮށްދިން ގޮތަށް ފޯރުކޮށްދޭން ޖެހޭ ކަމަށާއި ވަގުތީ މާލީ މަންފާއަކަށްޓަކައި ގައުމު ދޫކޮށްލަން ހެޔޮނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    11
    5
  2. އަލްޖިބްރާ

    ކަލޭމޮޔަތަ ؟ ތިބުނާ މީހުންތަށް މިތަނަށް ނުގެނެސް ވާކަށް ނެތޭ އެންމެ ފުރަތަމަ ބުނީ ކަލޭމެންގެ ބޮޑުވަގު ޔާމީނު ! ހަދާން އެބަހުރިތަ ؟

    1
    1
  3. ބުއްޅާބެ

    ބު ރި ޖު ހަދަން ބަޔަކު އައިސް އެތައް އަހަ ރަކު ބަޔަކު އުޅެފަ ދިޔައީ.. އޭ ރު ނުވި ކަމެއް ދެނެއް ވަކި ނުވާނެ

    1
    7
  4. މިތުރާ

    ރަގަޅު ވާހަކަ އެއް، ޗައިނާ އިންމަގު ހެދިޔަސް ،މަސައްކަތަށް ގެންނާނި އެބައިމީހުންގެ ޢެއްޗިއްސާ މީހުން، ދިވެހި ޒުވާނުން ކާ ރިވެސް ނުކު ރާނެ ދެތިންމީހަކު ހު ރެދާނެ !