ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމަށް އައި ފަހުން ހުކުރު ޚުތުބާ ވަކި މައުޟޫއަކަށް ބިނާކޮށް ގެނައުމަށް އަންގާފައި ނުވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

އިޔާޒް އެގޮތަށް ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްޔެ އިއްވި ހުކުރު ޚުތުބާ އަށް ސިޔާސީ ކުލަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެފައިވަނިކޮށެވެ.

"އައްޑަނަ" ނަމުގައި ޕީޕީއެމް-ޕީއެންސީން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ އެހެން ހުކުރު ޚުތުބާތަކާ ހިލާފަށް އިއްޔެގެ ހުކުރު ޚުތުބާގައި ސަރުކާރުގެ މޫނުމަތި ރީތިކުރަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި "އާދަޔާ ހިލާފަށް ސިޔާސީ ކުލަލަ" ޚުތުބާގައި ޖެހިފައިވާ ކަމަށް ވިދާޅުވެ، ޝިޔާމް ވަނީ އިސްލާމިކް މިނިސްޓްރީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެ ވާހަކަތަކާ ގުޅިގެން އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރުގެ ޚުތުބާތަކަކީ އިބްރަތުން ފުރިގެންވާ ފަދަ ފިލާވަޅުތަކެއް ހިމެނޭ ޚުތުބާތަކެއް ކަމަށެވެ. އަދި ޚުތުބާ ވަކި މައުޟޫއަކަށް ތައްޔާރު ކުރުމަށް، ނުވަތަ ވަކި ގައުމެއްގެ ވަކި ވާހަކައެއް ނުގެނައުމަށް ޔަގީނުން ވެސް މި ސަރުކާރު އައި ފަހުން އަންގާފައި ނުވާ ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ.

އިއްޔެގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "އިސްލާމް ދީނުގައި މަަސައްކަތުގެ މަގާމް" އެވެ. އެ މައުލޫގައި އަލި އަޅުވާލަފައިވަނީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ރޭގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަކީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ބޭފުޅަކަށް ވާއިރު އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަކީ ސިޔާސީ މަންފާއެއް ހާސިލުކުރަން ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެ ބޭފުޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޞ

    މީނަގެ ކަމެއްދޯމީ ދީނީ އިލްމް ވެރިއެއް ކަމަށްވާނަމަ ތިމާގެ އީމާންތެރިކަން ފުރިހަމަ ވާނެ ގޮތް ރަގަޅަށް އެގޭނެ. ހަސަދައިގެ އަލިފާނުގެ ނުރައްކާ ތެރިކަން އެގޭނެ. ކަން މިހެން އޮތްއިރު ވިސްނާލަމާ ހާމާނާ ފިރުއައުނުފަދަ ނުބައިނުލަފާ މީހުންނާ މެދުވެސް އެހެން ނޫންތޯ....

  2. ނާދިރާ

    މީ އިސްލާމިކް މިނިސްޓަރުގެ ތަ... މަގާމް ބޭނުންވާތީ ދޯ ތިޔަ އުޅެނީ

    23
    9
  3. ބަރާބަރު

    އިއްުޔަގެ ޚުތުބާ ހަމަ 100.. މުޖުތަމައު ގެ ހާލަތު އެއީ.. ހަޖަމު ނުވާ މީހަކަށް ނުވާންވި ސަބަބެއް ނެތް.

    17
    7
  4. ސސ

    ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ބުނާނީ ހުކުރު ހުތުބާވެސް ސިޔާސީ ވެފައޭވަނީ، އިއްޔެގެ ހުތުބާއަކީ މިޤައުމުގެ ހަޤީޤީ ރިއަލިޓީގެ ސަތޭކައިގެ ރަގަޅު ހުތުބާއެއް !

    16
    5
  5. ރަދީފް

    އަނިލް ކަލޭގެ ލަދު ކޮބާ؟؟

    15
    3
  6. ބުއްޅާބެ

    މިފަދަ ވާހަކަ ދައްކާ މަޖިލިސް މެންބަރުންނަކީ މުސްލިމުން ތޯ؟

    8
    9
  7. ޜަނާ

    ޢިޔާޒުތޯ ޚުޠުބާ ތައްޔާ ރު ކު ރައްވަނީ.
    މި ސަ ރުކާ ރުން ޚުޠުބާ ތައްޔާ ރު ކު ރަން ވަކި މައުޟޫޢު އެއް ނޭންގި ޔަސް ހަމަ ގައިމު ތިޔަ ގް ރޫޕްވެސް
    ގަބޫލު ކު ރާ ކަމެއް މިސަ ރުކާ ރު އައި ފަހުން ދީނަށާ ރަސޫލާ ފު ރައްސާ ރަ ކު ރުން އިތު ރު ވެގެން ދިޔަކަން .އަދި
    ޢެކަން ކު ރާ ބަޔަކާ މެދު ސަ ރުކާ ރުން އެއްވެސް ފިޔަވަޅެއް ނާޅާކަން .އެކަމާ ތިޔަ ގް ރޫޕުން ރައީސް އަށް އާދޭސް ދެންނެވީނަ އަޅާވެސްް ނުލިކަން. މި ކަން ކަމުން ދޭހަވަނީ ފާއިތުވި ސަ ުކާ ރުރ ތަކަށްވު ރެ މިސަ ރުކާ ރުން
    އިސްލާމްދީނުގެ ހު ރުމަތް ކަނޑާފައިވާ ކަން. އަދާލަތުގެ އިލްމް ވެ ރިން މި ކިތައްމެ ހުއްޖަތެއް ދެއްކިޔަސް. އަގަ އޮތިއްޔާ ކާޅެއް ނުކާނެ.

  8. މިވެސް މީހެއް

    ޝިޔާމު ދުނިޔެއިން މޮޔަވަނީ... ޚުތުބާ ސިޔާސީވާން ކީކޭ ކީތެ؟ އަޅެ އެޔެއް ބުނެބަލަ... ހަމަ އަނގަ އޮތީމަ އަނގަ ހޭވިޔަކަސް ނުވާނެ... ޚުތުބާޔަށް ފަނި ނުވައްޓާ ކޮންމެސް އެހެން ކުޅިވަރެއް ހޯދާ...

    1
    2
  9. ސިއާސީ ށޭހު

    ސިއާސީ ށޭހުންގެ ވާހަކަ ގަބޫލުކުރާ މަދުބަޔަކު ތިބެދާނެ ހިތާއަކީ މިހާރު މޮރާއްޖޭގަ ގިނައީ އިޔާޒުމެން ކަހަލަ ސިއާސީ ށޭހުންކަން

  10. ދޮން އަހުމަދު

    މިހާރު މީގެން ދޭހަވަނީ ހުތުބާ ލިޔަނީ އިސްލާމިކް މިނިސްޓްރީންނޫންކަމާއި، މިނިސްޓްރީގެ އިހުތިސާސް ނުހިގާ ބޭރުން މިވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ބައެއްކަމެވެ.

  11. ާއެ މީހުން މޮޔައޭ

    ޙުތުބާ އަކީ މުޖުތަމައުގަ އޭއިރެއްގަ ހިނގާ ކަމަކާ ބެހޭގޮތުން ގެނެސްދޭ އެއްޗެއް ސޯ ހުތުބާ ހަމަ ބެސްޓް

  12. البروج 10

    ހަމަކަށަވަ ރުން ، مؤ من ފި ރިހެނުން ނާއި مؤ من އަންހެނުން ، دين ން އެކިބާކު ރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން توبة ނުވި މީހުން (ދަންނާށެވެ!) ފަހެ ،
    އެއު ެރންނަށް ނަ ރަކައިގެ عذاب ހުއްޓެވެ. އަދި އެއު ރެއްންނަށް އަނދައަނދާ ހުންނަ އަލިފާނުގެ عذاب ހުއްޓެވެ.

  13. Anonymous

    ތެދެއް ބުނާނމިހެއްނޫން ތިއީ. ތިއީ ﷲ ގެ އަދުއްވުންނަށް ނަފުސު ވިއްކާލައިގެން ހުރި މީހެއް.

  14. ސާސް

    މަސައްކަތެއް ނުކޮށް މުއްސަދިވި މީހުންނަށް ގޮތްގޮތް ވާނެ.

  15. ދޮންދީނި

    ބައެއް މީހުން ވަކިކަމަކަށް ހުސްވެ އެކަމެއް ދިފާޢުކުރަން އުޅުނީމާ ހެދޭނީ މުޙިންވެސް ގޯހެވެ.