ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަޅުއްވާފައިވާ މާލެ-ހުޅުލެ-ހުޅުމާލޭ ބްރިޖަށް އެރީމަ ތުރުތުރު އަޅާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވި ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބް ވިދާޅުވެއްޖެއެވެ.

ގާޒީ ނަޖީބު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނަޖީބު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަކީ އެބޭފުޅާގެ އެދުރެއް ކަމަށާއި ދެމީހުން ވެސް ދިރިއުޅުއްވަނީ ހުޅުމާލޭގައި ކަމަށެވެ. އެހެންކަމުން ދެ މީހުން ވެސް ބަލައި އަންނަނީ ކްރިމިނަލް ކޯޓުގެ ކާރުގައި ކަމަށާއި ދެމީހުން ދަނީ ވެސް އެ ކާރުގައި ކަމަށް ނަޖީބު ވިދާޅުވިއެވެ.

އެވާހަކަތައް ދެއްކުމުގެ ކުރިން ނަޖީބު ވަނީ އެއީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ދައްކާ ވާހަކައެއް ކަމަށް ވިދާޅުވެފައެވެ.

"ކޯޓަށް ދިއުމަށް ހުޅުމާލެއިން ކާރަށް އަރައިގެން ބްރިޖާއި ހިސާބަށް ދެވުމުން "ތިމަންނަ މި ބްރިޖަށް އެރީމަ ތުރުތުރު އަޅައޭ" އަދި އެ ހުރި ދަރުމަވަންތައް ހޮސްޕިޓަލް ފެނުނީމަ "ތިމަންނަ ހަމަ ތުރުތުރު އަޅައޭ" އަލީ ރަޝީދު ވިދާޅުވި ކަމަށް ނަޖީބު ވަނީ ވިދާޅުވެފައެވެ.

ނަޖީބު ވިދާޅުވީ، އަލީ ރަޝީދު އެގޮތަށް ވިދާޅުވުމަށް ފަހު އެއީ ވަރަށް ބޮޑު "ކޮރަޕްޝަން" އެއް ކަމަށާއި އެހެންކަމުން ރައީސް ޔާމީން ދެކެ ރުޅި އަންނަ ކަމަށް ވިދާޅުވި ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ރައީސް ޔާމީން ދެކެ ރުޅި އަންނަ މީހަކު ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރަން އިނުން ރީއްޗެއް ނޫނޭ. އެބޭފުޅާ [އަލީ ރަޝީދު] އަކީ އަޅުގަނޑުމެންނަށް ކިޔަވައި ދެއްވި އެދުރެއް. އެބޭފުޅާ ދެންނެވީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމުގެ ވާހަކަ. އެބޭފުޅާ ދެންނެވީ ފަނޑިޔާރަކު ރުޅި އައިސްގެން ހުންނައިރުގައްޔާ، މާބޮޑަށް އުފާވެފައި ހުންނައިރުގައްޔާ، މާ ބޮޑަށް ހިތާމަވެރިވެފައި ހުންނައިރުގައްޔާ އަދި ތިމާ އެހާ ރުޅި އަންނަ މީހެއް ދެކެ ހުކުމް ކުރުމުން ދުރުވެ ގަންނާށޭ" ނަޖީބް ވިދާޅުވިއެވެ.

އެވާހަކަތައް ދެންނެވުމަށްފަހު، އެންމެ ފަހުން ރައީސް ޔާމީނަށް ހުކުމް ކުރެއްވީ އަލީ ރަޝިދު ކަމަށާއި އެހުކުމުގެ ސައްހަކަމާއި މެދު ރައްޔިތުން ފައިސަލާ ކުރައްވަން ނަޖީބް ވަނީ އެދިފައެވެ.

"މިއީ ހަގީގަތް. ﷲ އަށްޓަކާ ހަދާ ތެދެއް. ތެދުވެރި އަމާނާތްތެރި ބަހެއް އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑުމެން މި ވާހަކަ ނުދައްކާ ތިބީ މުނާސަބު ވަގުތުގައި މި ވާހަކަ ދަންނަވަން" ނަޖީބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. ޙެއްލެެ

    މުނަާސަބު ވަގުތަކީ މީއެއްނުން މުނާސަބު ވަގުތު ފާއިތުވެއްޖެ.

    83
    4
    • ގޭސް

      ގެއްލުނު އެތީގެ ބޮޑުކަމުންނާ މައްސަލައެއްވެސް ދޭނެ މީހަކު ނެތި ލާރިކޮޅު ތާށިވީމަ ޕީޕީ ކޮޅުން އެއްޗެއް ލިބޭތޯ ގޭސް އަނބުރަނީ.

      21
      44
      • ކިނބޫ

        ޕީޕީއޭ ކިޔާނެ ކަމެއް ނެތް އަލިޕީއޭ ކިޔާ. އޮރިޔާން ވީމަވެސް ލަދެއް ނެތި އަނގަ ތަޅައެއްނު ތިބެގެން.

        7
        2
  2. މާމި

    އަބަދައް ތުރު ތުރު އެޅުމުގަ ހުންނަން ޖެހިދާނެ އިރާދަކުރެއްވިއްޔާ..

    116
    13
  3. އަޅި

    އަލީ ރަސީދު ރަނގަޅެއްނު. ކަލޭ އެކަން އެނގުނީމަވެސް ތި ދުވަނީ ވިއްޔަ ބިރެއް ނެތިގެން

    65
    2
  4. ޢަލީ ރަޝީދު އަންހެނުންގެ ފިރިމީހާ

    ތުރު ތުރާ އެއްޗެހި އަޅާނެ އޭ! އުޅެވޭ ގޮތެއް ހިތަކަށް ނާރަ ދޯ 😏

    97
  5. ހުސޭނުބޭ

    އެހެންވިއްޔާ ކަލޭ ދޭ ބުރިޖު ދަށުން. އަދި ބުނަން ......... ބުރިޖު ހުރަސްކުރާ ކޮންމެ ފަހަރު ގޭ ދޮރާއްޓަށް ކަތިވަޅިއެއް ޖަހާތި! އޭރުން އަހަރެމެން ބުނާނޫ އެއީ ޔާމީނު ކުރިކަމެކޭ!

    66
    2
  6. ﷲاكبر

    سبحانﷲ ކޮންފަދަ ނުބައިވެގެން ވާބޮޑު ޢަމަލެއް ތިމާގެ އަމިއްލައަތުން ހުދު ތިމާހަލާކުގެ ތެ ރެއަށް އަހަ ރެން ހިތަށް އަ ރާ އެ އަލީ ރަޝީދަކީ އިންސާނެއްބާއޭ މާތްކަލާކޯ ދެންވެސް ﷲ އަށްޓަކައި ރައީސްޔާމީންގެ ކައި ރީ މާފަށްއެދި ތަޢުބާވުން ތިމާއަށް އޮތްއެންމެ ރަނގަޅުގޮތަކީ ރައީސްޔާމީން އަކީ ބަދަލުހިތްޕަވާނެ ބޭފުޅެއްނޫން އެމަނިކުފާނުގެ ކިބައިން މާފަށް އެދެފިނަމަ މާފުދެއްވާނެ ރައީސްޔާމީނުއަކީ އިންސާނުންގެ ތެ ރެއިންވެސް އެފަދަ ދެވަނައެއްނުވާ ލާމަސީލް މިސާލެއް!

    105
    12
    • ލޮލް

      ޔާމީނަށް ނުކެރުނޭ ވެރިކަމުގެ ހުވާ ކުރުމުގެ ކުރިން ރައްޔިތުންނަށް ބޭންކު އެކައުންޓު ދައްކާލާކަށް. އެހެންވީމާ ލާމަސީލެއް ނުވިއެއްނު.

      9
      60
      • ޗޮލް

        ނުޖެހޭ ޔާމިންގެ އެކައުންޓް ދައްކާކަށް. އެހެން މީހުންވެސް އެކައުންޓް ދައްކާފަކާ ނޫން ވެރިކަމަށް އަންނަނީ.

        42
        2
      • ކެކެކެ.😂😂😂

        ކަލެއަށް އެކައުންޓްވެސް ނުދެއްކި؟ މުޅިން ސަކަރާތެއްނު!

        11
  7. ރާއްޖެތެރެ

    އެމްޑީޕީ އަޑިގަ އޮވެ އިންޑިޔާގެ ލާރިތައް ބެހީ

    103
    2
  8. ހައްޗޭ

    އެއްވެސް ރައީސަކު ނޫނީ ވަޒީރަކު އެޅި ބުރުޖެއް، ފުލެއްޓެއް، ބަދަރެއް ނޯނާނެ. ދިވެހި ރައްޔަތުން ގެލާރިން އަޅާ ތަންތަން ހުންނާނީ.

    81
    43
    • ޖޯކު

      ޜައްޔިތުންގެ ލާރި ހުއްޓަކަސް ކަމެއް ނުވާނެ. ކަންކަން ކުރެވޭ ވަރު މީހުންްނާ ޖެހުނީމަ ކަންކަން ކުރެވެނީ. ރައްޔިތުންގެ ރުފިޔާ އިން ކަންކަން ކުރެވޭކަން އަދި އެރުފިޔާ އެއްލާރި ދެލާރި އަށް ހެދޭނެ ގޮތް ރައީސް ޔާމީނު ދައްކައި ދިނީ.

      52
      3
      • ށަޒަން

        ޢާ ޔާމީން އެދައްކައިދިނީ ފަސަމާމުލުންގެ ފަސްވަގުގެ ވާހަކަދޯ ބަލަ އޭނާއަށް ވެރިކަންދިނީވެސް ރައްޔިތުންގެ ވޯޓަކުންވެސް ނޫނެންނު ސްޕްރީމްކޯޓް އޭނާއަށް ކޮންދިންކަމެއް އެއީ ރައްޔިތުންގެ ވޯޓަކުން އޭނާނުހޮވޭނެކަން ހަމަޔަގީން ކަށަވަރު.... އެނދިމަރިޔަނބު ވެސް އޭނާ އެކޭނަރަކަށް ނުކާކަން ކަށަވަރު.

        1
        6
  9. ސަމާ މާލެ

    ފުރިފަ ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެ. ތިވާނީ ކަލޭގެ ބަނޑު އަދި ނުފުރެނީ ކަނައް. އަދި ލާރި ކޮޅެއް.

    66
    2
  10. އިންމަބެ

    ހަމަ ކަނޑައެޅިގެން ދޮގު.. މީހަކު ބުންޔޭ އޭނަ ބުންޔޭ ކިޔައިގެން މިއީ ހަބަރުލިޔާ ގޮތްތަ؟ މަބުނަންގަ ރިލްވާނު މަރާލީ ޔާމީނޭ އޭނަ ބުންޔޭ؟؟ ދެން ކަލޭމެން ޖަހަންވީ
    ރިލްވާނު މަރާލީމަ ތުރު ތުރު އަޅާ - ރައީސް ޔާމީން..

    15
    65
    • އޭ އިންމަބޭ

      އޭ ކޮން ބުންޔޭ ބުންޔޭ. ފުރަތަމަ ލިޔަން ދަސްކޮށްބަލަ.

      56
  11. ޣ

    އަލީ ރަޝީދު ހުޅުމާލޭގައި އުޅެނީ ވަރަށް ހާލުގައި ހިލޭ ބައެއްގެ ގާތުގާ ކޮޓަރިއެއް ކުއްޔައް ހިފައިގެން އެގޭ މީހުން ދިނީމާ ކާލާއިގެން . ޢެގޭގެ ވެރިޔާ ޢަބްދުﷲް މިކަން ދޮގެއް ނުކުރާނެ...

    7
    32
  12. ދިދަ ދަނޑި

    ބުރިޖަށް އަރާކަށް ލަދެއް ނުގަނޭ ދޯ… މުދަލާ ފައިސާ އަދި މަޤާމެއްގެ ބޭނުމުގައި ނުހައްޤުން މީހަކަށް ބޮޑު އަދަބެއްދީ ޖަލަށް ލާން ހުކުމް ކުރިއިރު ތުރުތުރެއް ނާޅާތަ؟؟؟ އަދި ބޮޑު ދުވަސް އޮތީ، އެދުވަހުން ތުރުތުރު އެކަންޏެއް ނޫން އަޅާނީކީ…

    86
    7
  13. މަރިންދީ

    ނެތް ރަނގަޅު އެކަކުވެސް.މުޅިންވެސް ފައިސާ އާއި މަންފާއަށް އުޅޭމީހުން.ގުދޯ ގުދޯ ނުކިޔާ ތިބުން މާރަނގަޅު.

    28
    2
  14. މުހައްމަދު

    ކަލޭ މިއަދަކު ނޫން ތިވާހަކަ ދައްކަންވީ

    16
    2
  15. ވިސްނާލުމަށް އެދެމޭ

    ބް ރިޖްފެނުމުން ތިވަ ރަށް ތު ރުތު ރުއަޅާއި ރު ވިސްނާ މަޙުޝަ ރުގަ ﷲހަޒު ރަތުގަ ކޮއްޅަށް ހުންނަންނެހޭދުވަސް....އެދުވަހު އަލީ ރަޝީދު ހިމާޔަތްކު ރަން ކާކުބާހުންނާނީ..މާތްﷲގެ ރަޙުމަތުން ރޔާމީން މިނިވަންކޮއްދެއްވާށި...2023ގެ މި ރާއްޖޭގެ ވަލިއްޔުލްއަމު ރުގެ މަގާމު އަބުދުﷲޔާމީން އަބުދުލްގައްޔޫމަށް މިންވަ ރުކޮއްދެއްވާށި...އާމީން..

    45
    2
  16. ދޮރެގައްލާ

    ތިޔަ އުޅެނީ ޒާތީ މައްސަލައެއް ، ފަނޑިޔާ ރު އަލީ ރަޝީދަކީ ވެސް ގއ. ވިލިނގީ ބޭފުޅެއް ، ތިޔަވިދާޅުވާ ފަނޑިޔާ ރު ސުޖާ އުސްމާނާއި ،ފަނޑިޔާ ރު ހަސަން ނަޖީބަކީ ވެސް ގއ ވިލިނގިއްޔަށް ނިސްބަތްވާ ދެބޭފުޅުންނަށް ވާތީވެ ، ހަދަހަދާއިގެން ރޯބުހުތާނު ދޮގުހަދައިގެން މި ދެވެ ރީން ފަނޑިޔާ ރު އަލީގެ އަބު ރު ކަތިލުން ނޫން ކަމެއް ނުކު ރޭ .

    12
    33
    • ހަމީދު

      ވަރަށް ރަގަނޅު ވާހަކަފުޅެއް.

      5
      5
  17. މިތުރާ

    އެއީ ޔާމިންގެ ބު ރިޖު އެއް ނޫން، ! ރައްޔިތުންގެ ބު ރިޖު، ރައްޔިތުން ގެ ރުފިޔާ އެތަނަށް
    ހަ ރަދު ކު ރީ، ބޮޑު ލޯނު އަދިނުދެއްކި އޮތީ، ޔާންޓެގެ 50ލާރ ރިވެސް ހަ ރަދު ނުކު ރޭ! ޗައިނާ އިން ތަބަކަށް ލާފަ ޔާންޓެ އަށް ހަދިޔާކު ރި ވެދުމެއްނޫން! ޗައިނާ އިން އޭގެ 100 ބު ރިޖު ވެސް އަޅާދީފާނެ ބޭނުމީޔާ، އެއީ ވާލޯބިން ކޮށްދޭ ކަމެއްނޫން ،އެދުމެއް ނެތި ވެދުމެއް ނުކު ރާނެ، ، ރާއްޖެ އަށް އެކަންނެތް ނޫ ބަލާ ސި ރީލަންކާ ،ދުނިޔޭގެ ގިނަ ޕެސިފިކު ގައުމުތަކަށް ވެސް މިހާ ރު ރަހަލާ
    ޗައިނާއިން ކޮށްދީފަ ހު ރިކަންތަކުގެ ހިތިރ ރަހަ، އިންޑިޔާވެސް ވަކި ރަގަޅެއް ނޫން، ގުނަވަންތަކުގެ ވާގިނެއްގައުމު ޖެހެނީ ގުނަވަންތަކަށް ފަ ރުވާ ދީގެން ސަލާން ޖެހުން ހުއްޓާލާފަ ތެދުވަން !

    6
    29
    • مس

      ސަރުކާރު ގެ ބަޖޓަކީ ރައްޔިތުންގެ ފައިސާކަމަށް ވަންޏާ ހާލުގައި ޖެހިފަތިބޭ ބައެއް ނުތިނޭނެތާ ފުލެޓްތައްވެސް އަޅަނީ އެ ފާއިސާއިން ކަމަށްވާއިރު ރައްޔިތުން ބޮޑު ކުލިދައްކަން ޖެހެނީ ކީއްވެބާ ؟ފައިސާހުއްޓަސް ކަމެއްކުރަން ނޭގޭގަމާރުންނަކަށް ކަންތަކެއް ނުކުރެވޭނެ ޔާމީނު ކަހަލަ ކަންތައްތައް ކުރަން އެގިވަޑައިގަންނަވާ ވިސްނުންތޫނު ހިއްވަރުގަދަ ބޭފުޅަކަށް ބުރިޖެއް ވެސް ހެއްދެވޭނީ
      މިހާރު އެބަކުތެރެވޭތަ ރައްޔިތުންގެ ލާރިއޭ ތިބުނާ ލާރި ކެއުން ނޫންކަމެއް !
      މުޅިރާޖެއަށް ރަޢީސް ޔާމީނު ކޮއްދެއްވި އަގުހުރި ގިނަގުނަ ތަރައްގީއަކީ ވިސްނާ ފިކުރުކޮށްފި ބަޔަކަށް އިބުރަތެއް ކަމުގައި ފުދޭނެ
      އަގައެއް އޮތިއްޔާ ބުނާނެ އެއްޗެއް ބުނެވޭތީ ހަގީގަތާއި ހިލާފު ވާހަކަތައް ދައްކާ ޔާމީނު އިސްތަށިފުޅުގައި ދޮގުބަދުނާމުތައް އޅުވަނީ!

      16
      3
  18. ސަނީ

    ޕީޕީއެމް ވެރިކަމެއްގައި މަށައް ހީވަނީ އަދި މާބޮޑަށް ތުރު ތުރު އަޅާނެހެން. ސުޖާއު އެކަހަލަ އެއްޗެކޭ ބުނެފި.

    23
    4
  19. ާއައިސް

    ޙުޅުމާލޭ ބުރިޖާއި ދަރުމަވަންތަ ހޮސްޕިޓަލަކީ ޔާމީން ގެ މުސާރަ އަށް ލިބޭލާރި ހަދާފައިވާތަނެއްތަ.

    5
    14
  20. ހަސަން ސައީދު

    ދައުރު ބަދަލުވުމުން ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރާ ކެމްޕެއިނަކާ ވައްތަރީ

    6
    12
  21. ޢަބްދުލްމުހައިމިން

    " އެވާހަކަތައް ދެއްކުމުގެ ކުރިން ނަޖީބު ވަނީ އެއީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ދައްކާ ވާހަކައެއް ކަމަށް ވިދާޅުވެފައެވެ."
    ދަންނަވަން އޮތީ ނަޖީބުގެ ކިބައިގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ހުރިނަމަ، އެވާހަކަތައް ދައްކަންޖެހޭ ދުވަސްތައް ފާއިތުވެ ހިނގައްޖެ ކަމަށް. މިއަދު ތިއުޅޭ ގޮތުން ކޮރޮޕްޝަންގެ މަޅީގައިޖެހިގެން އުޅޭކަމަށް 99އިންސައްތަ ޤަބޫލުކުރެވޭ.

  22. މަވެސް އެބަ ތުރުތުރު އަޅާ.......

    ހެވޭވަރުން، ނުހޭން އުޅޭތީ، މަވެސް އެބަ ތުރުތުރު އަޅައެވެ.

    6
    1
  23. އަރުމާން

    ގިޔާމަތް ދުވަހުން ﷲ ގެ ހަޟުރަތުގައި ހުއްޓިހުންނަ އިރު އަޅާ ތުރުތުރު މާބޮޑުވާނެ. ދުނިޔަވީ ފައިދާއަށް ތިޔަ ހިންގި ބޮޑު ނާއިންސާފު އަމަލުގެ ބަރަކާތެއް ނެތް. ކުޑަހިނދު ކޮޅެއްތެރޭ ހިނގައިދާނެ. ދުނިޔެމަތީގައި ވެސް މިފަދަ މީހުންނަށް އޮންނާނީ ބިރުން ތުރު އެޅުމާއި ރައްޔިތުންގެ ނުރުހުން. މިއީ ސޭލް އަޅުވައިގެން އުޅޭ ފަނޑިޔާރުންގެ ނަމުގައި ތިބި މުޖުރިމުން

    10
  24. ނ

    ހުޅުމާލޭގައި މީހެއްގެ ގެއެއްެގެ ކޮޓަރިއެއް ކުއްޔައް ހުފައިގެން އެގޭ މީހުން ދިނީ މާ ކައިގެން އުޅެނީ...މިއީ ހަގީގަތެއް...ބޭނުމަކީ ނިކަމެއްޗެއްކަން ދެއްކުން..ނޫސްވެރިން މިކަން ބަލައިލަ ބަލަ

    5
    1
  25. ތުރުތުރާ

    ތުރުތުރު އަޅަންޖެހޭނީ ކުރެވުނު ކަންތަކުން ބްރިޖް މަތިން ދަނިކޮށް ބްރިޖް ވެއްޓިދާނެތީ. އެހެން ކަމަކާ ތުރުތުރު އަޅާކަށް ނުޖެހޭ. އަދީބު ދީފަ ހުރި ހެކި އެއީ ހެކިތަ؟ އެއަށް ބަލައިގެން ޔާމީން ކޮރަޕްޝަން ހިންގިއޭ ކިޔައި ޝަރީއަތްކޮށްފަ ބިރުގަންނަންޖެހޭނީ.

    11
  26. ވާނުވާ

    މަކަރާއި ހީލަތުން ފައިސާ ހޯދައިގެން ތިޔަ ގޮނޑީގައި އިންނަކަމަށްވާނަމަ ތުރުތުރުވެސްއަޅާނެ .އަދި ދޫވެސް ވާ ވާނެ

  27. ނަހަމަ

    މުނާސަބު ވަގުތަކީ އެކަމެއް ހިނގާވަގުތު. އެކަމު އެކަމުގެ އަލާ ކެނޑުނީމާ ތިޔަށް ކިޔާނީ ތިވެސް ނަޒާހަތްތެރި ނުވުން ކަމަށް. ފަންޑިޔަރު އަލީ ރަޝީދު އާއި ނަޖީބުއާއި ދެމެދު މައްސަލަ ޖެހުނީމާ ދޯ ތިވާހަކަ ވެސް ތި ބުނީ. ނަޖީބު ކީއްވެބާ ކުރިން ތިވާހަކަ ނުބުނީ.

    4
    1
  28. މުރާދު

    ބްރިޖަށް ނާރާވެސް ތުރުތުރުއަޅާފަރާތްތައްތިބޭނެ ވީމާ، އެއީ ބްރިޖަށްއެރީމަވާގޮތެއްކަމަށް
    ނިންމުމަކީ ރަގަޅުގޮތެއްނޫން މިހެންބުނުމަކީ ޒާތީރުޅިވެރިކަމެއްކަމަށްބެލެވޭ މިހެންމިބުނީ
    ބްރިޖުގެސަބަބުން ލިބޭފަސޭހަތަކާ ބްރިޖުގެމަތިންކުރާ ދަތުރުތަށްގިނަވެފާ ދަތުރުކުރާ
    އުޅަނދުތަކުގެބޮޑުމިނަށްބެލުމަށްފަހު ވީމާ، ނުރައްކާތަނަކުން މިހާގިނަދަތުރުތަކެއްކޮށް ބޮޑެތި
    އުޅަނދުތަކެއް މިތަނުގެބޭނުމެއްނުހިފާނެކަމަށް ބެލެވޭ ގަބޫލްފުޅުކުރެއްވުންރަގަޅީ ބްރިޖަކީ
    ފަޙުރެއްކަމަށް

  29. ޙުސެންދަރި

    ޝުޖާަޢުއާއި ނަޖީބު ދައްކާ ވާހަކަ ޤަބޫލުކުރާނެ މީހުން މިރާއްޖޭގަ ވަރަށް މަދުވާނެ!

    2
    2
  30. ޖުހާ

    ތިއެއްޗެއްގެ ގަޔަށް ތިހިރީ ނުބައި ވޭރިއެންޓެއްގެ ވެކްސިނެއް ޖެހިފަ!

    2
    2
  31. ށަވިޔަނި

    ތުރުތުރު އެޅިޔަސް ދާން ބޭނުން ތަނަކަށް އަވަހަށްދެވެއެއް ނުން

  32. ނަޖީބު

    ހަސަން ނަޖީބަކީ ސީދާ ފާސިޤެއް.. ދޮގު ހުވާ ކުރުމާއި އޮޅުވާލުން އެއީ އޭނާގެ އާދައެއް

    1
    2
  33. އިހުސާސް

    ދެން ނައަރާ ދޯނިން ދޭ

  34. އަހުމަދު

    ހަރާމް ހުކުމްތައް ކޮށްފައި ﷲ ގެ ހަޒުރަތުގައި ކަލޯ އަޅާ ތުރުތުރު މާބޮޑުވާނެ

  35. މަޖީދު

    ތުރު ތުރު އަޅާނެ ލާރި ނަގައިގެން މީހުންނަށް ވަގު ހުކުމް އިއްވާމީހުން. ރައީސް ޔާމީނަކީ މިހާތަނަށް މިގައުމު ނުދެކޭވަރުގެ ތަރަށްގީ ގެނެސްދީފައިވާ ރައީސެއް އެބޭފުޅާގެ ޒައާމަތުގަ އެޅުނު ބުރިޖެއް އަދި ހޮސްޕިޓަލެއްވީމަ އެކަހަލަ ނަހަލާލު ހުކުމް އިއްވާވަގުން ތުރުތުރު އަޅާނެ. އަދި އެހެން ގޮތްތައްވެސް ވާނެ.

  36. ރަން ރީނދޫ

    ތައްޔާރު ވެ ހުރޭ. ތުރުތުރު އަޅާނެ ދުވަސްތައް އަދި އޮތީ. މަގޭ ނަސޭހަތަކީ ރާއްޖެއިން ބަޗަން ތައްޔާރު ވެ ހުންނައްޗޭ.

    2
    1
  37. ނަސީ

    2023 ޔާމިންނައް