ވެރިކަން ކުރާ މައިޕާޓީ ކަމުގައިވާ އެމްޑީޕީއާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބް އެދުނު ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިފަދައިން ވިދާޅުވެފައިވަނީ ކުރީގެ ފަނޑިޔާރުންނާއި ބައެއް ވަކީލުން މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
އެކަމާއި ގުޅިގެން ހައިލަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން ނަޖީބް އޭނާ އާއި ބެހޭ ގޮތުން ދައްކާފައިވާނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ.
ރ. ޔާމީންގެ ޝަރީޢަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން، ކުރީގެ ޤާޟީ ނަޖީބް އަޅުގަނޑާ ބެހޭގޮތުން ދެއްކެވި ޙަޤީޤަތާ ޚިލާފު ވާހަކަތައް ކުށްވެރިކުރަން. ނަޖީބަކީ، ވަޒީފާގެ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރ. ޔާމީން ޖަލަށް ލުމަށް އަޅުގަނޑު ގާތު އެދުނު ބޭފުޅެއް. أقسم بالله! https://t.co/SlB0ORYcYU
— Ahmed Hailam (@AhmedHailam) September 4, 2021
ގާޒީ ހަސަން ނަޖީބަކީ "ވަޒީފާގެ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރ. ޔާމީން ޖަލަށް ލުމަށް އަޅުގަނޑު ގާތު އެދުނު ބޭފުޅެއް. أقسم بالله!" ކަމަށް ހައިލަމްގެ ޓުވިޓުގައި ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބް ވަނީ އެންމެ ފުރަތަމަ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އަހުމަދު ހައިލަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ އަލީ ޒާހިރު ގުޅުއްވައި އެކި ގޮތް ގޮތަށް ވާހަކަ ދައްކާފައިވާކަން ހާމަ ކުރައްވާފައެވެ.
ހައިލަމް އެއް މައްސަލަ [ރައީސް ޔާމީންގެ މައްސަލަ] ބެއްލެވިއިރު، ހައިލަމް އާއި އޭނާ އާއި ދެކެވުނު ވާހަކަތައް ހަނދުމަ ނުނެތޭ ކަމަށް ނަޖީބް ވަނީ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
"އަޅުގަނޑު އަޑުއެހީ އަލީ ޒާހިރު ބުނި އަޑު ހައިލަމަށް އޮތީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓޭ" ނަޖީބް ވިދާޅުވިއެވެ.
ނަޖީބުގެ ވާހަކަތައް ހައިލަމް ދޮގު ކޮށްފައިވާއިރު، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ހައިލަމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރު ކަން ދިނުމަށް، މިސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެދިވަޑައިގަތް ކަމަށް ވިދާޅުވެފައެވެ.
"މި [ނުފޫޒު ފޯރުވުމުގެ] މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހެވެ،" އޭރު ހައިލަމް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
ކުއްލިއަކަށް ގާޒީންތަކާއި ވަކީލުންތަކުގެ އަނގަތައް ހުޅުވިގެން މިއުޅެނީ ކީއްވެބާ؟ ސަރުކާރުގެ ދޯހަޅިކަމާއި ރިޝްވަތުގެ ހުތުރު އަމަލުގެ ވާހަކަ ގާޒީން ދައްކާއިރު ތިޔަ ބޭލެނީ ހަމަ ތިމާމެންގެ ސޯޓު ނޫންތޯ. ހައިލަމް އެދުވަހު އެވާހަކަތައް ދެއްކިއިރު ތިޔަ ގާޒީންތައް ތިބީ ހިނދުކޮޅުގައިތޯ؟ ސަރުކާރުގެ ނުފޫޒުގައި ޖެހުމުން ގާޒީންނަށް ލިބުނީ ކޮން މޮޅެއްތޯ. ރާކަނިމަސް ކެވިފައި ނޫންތޯ ތިޔަ ތިބީ.
ނަގޫ ގޮތް ޖެހި ހަލާކުވެއްޖެ.. އަނބުރަން އުޅުނު ގޭސް ގަނޑު ހުލިވެ އަތަށް ގޮވީ..
ޕޕމ ޖަލްސާ ވަރައް ކާމިޔާބު. ޜ.ޔާ މިނަ އް ނުހައްގު ޖަލުހުކުމެއްއިއްވައިގެން ރ.ޔާމިނުތޭރިތެރޭގެންގުޅުމުގަ ބައިވެރިވެފައިވާއެންމެނައް 2023 ގަ އުފެދޭޕޕމ ސަރުކާރެއްގަ ފިޔަވަޅު އަޅާނެކަން އިއުލާންކުރުމާއެކީ ހޮރުގަތިބި ބުޅާތައްވެސް އެބަގޯނިންބޭރުވޭ. އަދި އޮތީ ކުރިޔައް.
ޕީޕީއެމަކީވެސް ކަރަޕްޓުމީހުންނަށް ޖާގަދޭ ޕާޓީއެއް. މޮޅު ވާހަކަ ނުދައްކާ. ކަރަޕްސަނުން ފުރިގެންވަ ޕާޓީއެއް ޕީޕީއެމަކީ. ނޯ ވޮޓު ފޯރ ޕީޕީއެމް.
ޕޕމ ޖަލްސާ ވަރައް ކާމިޔާބު. ޜ.ޔާ މިނަ އް ނުހައްގު ޖަލުހުކުމެއްއިއްވައިގެން ރ.ޔާމިނުތޭރިތެރޭގެންގުޅުމުގަ ބައިވެރިވެފައިވާއެންމެނައް 2023 ގަ އުފެދޭޕޕމ ސަރުކާރެއްގަ ފިޔަވަޅު އަޅާނެކަން އިއުލާންކުރުމާއެކީ ހޮރުގަތިބި ބުޅާތައްވެސް އެބަގޯނިންބޭރުވޭ. އަދި އޮތީ ކުރިޔައް.
އެންމެންވެސް އިއްތިފާގުވާ ހަގީގަތަކީ ޝަރީއަތަށް ނުފޫޒު ފޯރރުވިކަން. ރައީސް މިނިވަންކުރޭ!
އަނެއްކާ ދެވަނަ އެއެމްޕީއާ ރުސީއެއް އުފެދެންއުޅެނީބާ ؟؟؟ އާވައްތަ ރެއްގެ ނަމެއްކިޔާ އެހެންވޭ ރިއެއްޓަކާއިއެކީ
ފަނޑިޔާ ރުންގެ ރާރޅެއްވެސް އަ ރަނީތޯ ؟؟ ވެކްސިންތަކަށް ގުޑާނެބާ ؟؟އަނެެއްކާ އަނެއްހަބަލާވެ ރިކަން !!!
ތި ޑީޑީ ކޯލީސަން އަކީ 2018 ކެމްޕޭންކޮށް ބަލިވުމުން ގާސިމު އަށްގުޅާ ވަޒީފާ ޔަގީން ކުރަން ކަންކުރި ބައެއްގެ ވާހަކަ.
އެކަކުއަނެކަކު ނޭފަތުގަ ބުޅި އަޅުވައިގެން ގުޅަކުޅޭ ފަސްގަޑައް ނިކުމެދަމަގަ. ސޯލިހް އަޑީގަ ހުރެގެން ކުރުވާކަންތަކުގަ އެއްކަލަ “ނަޒާހަތްތެެރި” ފަންޑިޔާރުންނާ ގާޒީ އިންނާ ޖަސްޓިސް ކުދިންކޮޅު ރަގަޅައް ޖެހިއްޖެ. ދިވެހި ޝަރުއީ ސިސްޓަމް ފެއިލްވީ. ދެންތިކޯޓުތަކައް ކާކު ކިޔަމަންވާނީ. ވަރައް ނުރައްކާވީ. އެހެންވެ ނުވަނީ ކޯޓުތަކައް އަތްބާނަން. ދިވެހިންތިބޭ އެއްވެސް ތަނެއް ރަގަޅު ނުވާނެކަން ފެންނަމުންމިދަނީ.
ކުދިންނޭ ރޔާމިން ކުރައްވާފަހުރީ ވައްކަން. ﷲހަޒްރަތުގައި ނުހައްގުންލިބޭ ކޮންމެ ނަފާއަކީ ބޮޑުވައްކަމެއް. ނަމަވެސް އެމަނިކުފާނު ޖަލުގޮޅިއަކަށް ވެއްދުމަކީ ގާނޫނީ ގޮތުން ފަސޭހަ ކަމެއްނޫން، އެހެނީ ޝޯޓް ކަޓަކުން ކޮށްފިއްޔާ ވ. ޅޯވަޅު ގިނަވެސްވާނެ. ޢެހާވެސް ހިކުމަތްތެރި ކަމާއެކު ކުރައްވާފަ އޮންނާނީ.
މިފަދަބޭފުޅުން ފަސޭހަ 5 މަގު ހޯއްދަވައިގެން ވައްކަން ކޮށްފަހުންނާނީ.
އެންމެ މޮޔަސިކުނޑި އަށްވެސް އިނގޭނެ މިރާއްޖޭގަ ނުވިކިއޮތް ފަޅެއް ނެތް. ޢެލާރި މީރާއަށް ދާންއޮތް ފުޅާމަގު ބަންދުކޮށް ފައިސާ ވަނީ ބައިޕާސް އެކައުންޓް ތަކަށް ވައްދާފަ. މިއީ ހާކިމާގެ ހުއްދަ ލިބިގެން ކުރެވިފަހުރި ވައްކަންތޯ ނުވަތަ ރަސްކަންތޯ
މިދެން ކިހާ ބޮޑުވެއްޖެކަމެއް. މިގައުމުގަ ނެތީތަ އެލެކްސް އާ ރާގޮނޑި ރާޖާ ފިޔަވާ އިތުރު މީހަކު؟
މިދެމީހުންގެ ކަންތަކުގަ ޖެހި މުޅިޤައމު ހަފުސްވަނީ.
ކުށެއްނެތް ކިތައް ރައްޔިތުން ރާއްޖޭގެ ޖަލުތަކުގައި އެބަތިބިކަން ދަންނަ މީހަކު އެބަ އުޅޭތަ ؟
ހައްގު ގެއްލިފައިތިބި ދިވެހި އަދި މުސްލިމު ރައްޔިތުން ބައިވަރު.
އެކަމު މިހާރުވެސް ދައުލަތުން ބޮޑު ހޭދަތައް ކޮށްގެން ގެންގުޅެންޖެހޭ މިދެ މީހުންނާހެދި މިތަން މުޅިން ހަފުސް ކުރަނިއްޔޭޭ މިވެރިން.