ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހީރު ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލަ ކަމާއި ބެހޭ އިދާރާތަކުން ބަލައި ތުހުމަތުތައް ސާބިތުވެއްޖެނަމަ އޭނާއާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެއެވެ.

މި ވާހަކަތައް ދެކެވެން ފަށާފައިމިވަނީ، ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ކަމަށް ބެލެވޭ ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކްވެ އެ މައްސަލަގާއި ފަނޑީޔާރުންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދިފައި ވަނިކޮށެވެ. އޯޑިއޯގައި ފަނޑިޔާރުން ބުނެފައިވާ ގޮތުން ޔާމީނަށް ވަކި ގޮތަކަށް ހުކުމް ކުރަން އަލީ ޒާހިރު އިރުޝާދު ދެއްވާފައިވެއެވެ.

އަލީ ޒާހިރު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޯޑިއޯތަކުގެ މައްސަލަ ޖޭއެސްސީން ބަލަމުންދާއިރުު މައްސަލަގެ ތަހުގީގަށް ތިން ފަނޑިޔާރުން އަޑުގެ ސާމްޕަލް ދެއްވާފައިވެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބް ނަޖީބް ވަނީ ކްރިމިނަލް ކޯޓުގައި ޔާމީންގެ ޝަރީއަތް ހިނގި އިރު ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ހައި ކޯޓުގައި އޭރު އިސް ފަނޑިޔާރަކަށް ހުންނެވި ޝުޖާއު އުސްމާން ވަނީ ވިދާޅުވެފައެވެ.

.މަބްރޫކް "ވަގުތު"އަށް މިއަދު ވިދާޅުވި އަލީ ޒާހިރަށް ކުރެވޭ ތުހުމަތުތައް ޖޭއެސްސީން ބަލާއިރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެނަމަ އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅަން ސަރުކާރު ފަހެއް ނުޖެހޭނެ ކަމަށެވެ. "އެކަމުގައި އަލީ ޒާހިރުގެ މައްސަލައެއް އުޅެންނާޏާ ފިޔަވަޅު އަޅާނެ" މަބްރޫކް ވިދާޅުވިއެވެ. އޭނާ މިއަދުވެސް ވިދާޅުވީ ސަރުކާރުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

އަލީ ޒާހިރުގެ ދިފާއުގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓިީގެ ބައެއް ދީނީ އިލްމުވެރިން ވަނީ ނިކުމެވަޑައިގަންނަވާފައެވެ. ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާން ނުގުޅާނެ ކަން އޭނާ އަށް %100 ކަށަވަރުވާ ކަމަށެވެ.

އަދި ޕީޕީއެމަށް ތާއީދު ކުރާ ބަޔަކު އަލީ ޒާހިރުއާ ބެހޭ ގޮތުން ދައްކަނީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޒައިދުގެ މި ޓްވީޓަށް ރިޕްލައި ކުރައްވާ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވީ އަލީ ޒާހިރަކީ "ޙުކުމް ގަންނަން ދުވާ ވަރަށް ވުރެ އަބުރުވެރި އިންސާފަށް ލޯބިކުރައްވާ ބޭފުޅެއް" ކަމަށެވެ.

ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި ދަށު ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއިރު، މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ފާއިޒު

    ސާބިތެއް ނުކުރެވޭނެ. މި ސަރުކާރަށް އެކަންކަން ސާބިތު ކުރެވޭނީ އަލީ ޒާހިރު އެކަމަށް އެއްބަސްވާނަމަ. އެއީ ސަރުކާރތު ފަޅީގެ ބޭފުޅަކަށް ވާތީ. އަދި އެއްބަސްވެއްޖެނަމަ، ފިޔަވަޅު ނާޅާ ޑިސްކައުންޓް ގެ ދަށުން ޢަމަލުކުރެވޭނެ. އަދީބަށްވެސް އެކަހަލަ ޑިސްކައުންޓެއް ދިފަ އެހުރީ

    47
    1
    • ޙައްގުބަސް

      އަލީ ޒާހިރަށް މިސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާނެ އަދި ނުވެސް އެޅޭނެ! ރައިސް ޔާމީންގެ ތަހްގީގަށްވެސް އަތްބާނާ އަދި އެޝަރީއަތް ފެށުމުގެ މާކުރިން ސަރުކާރުންވަނީ ޔާމީނަށް އަނިޔާދޭން ރާވާ ނިންމާފަ!! އެއީ ތަހްގީގުކުރާ ފަރާތްތަކާ ދަޢުވާ އުފުލާ ފަރާތްތަކާ އަދި ޝަރީއަތް ފެށުމުން ޙުކުމްކުރަން ތިބޭ ފަރާތްތަކާ ގުޅިގެން ކަންކަން ކުރަންވާގޮތް އޮތީ ރާވާ ނިންމާފަ!! އޭގެ ހެއްކަކަށް ފުދޭ ދެ ފާސިގުން ކަމުގައިވާ އަދީބު އަދި ޒިޔަތު! ޙުކުމްކުރި ފަނޑިޔާރަކު ސްޕްރޯމް ކޯޓަށް ޕްރޮމޯޓްވި ގޮތް! މިހާރު ލީކްވެފައިވާ ބައެއް ފަނޑިޔާރުންގެ އޯޑިއޯތަކާ އޭސީސީގެ ކުރީގެ ނައިބެއްގެ އޯޑިއޯތައް! އަލީ ޒާހިރަށް ދައުލަތުގެ އެންމެ އިސްފަރާތްތަކުން އަންގައިގެން އެންގި ގޮތަށް މީސް މީހުންނަށް “ހަދިޔާ” ދީގެން ޑީލް ހަދައިގެން އަލީ ޒާހިރުވެސް ހިމެނޭގޮތުން ޔާމީންގެ މައްސަލައިގައި އެކުރި ޙަރާން ހުކުމް ނިމެންދެން ޝަރީއަތަށް އޮތީ އަތަފަޔާ ބޭނުނު އެއްޗެއް ބާނައިގެން ނުފޫޒް ފޯރުވާފަ!! އޭރުވެސް އިދިކޮޅުން ދައްކަމުންދިޔަ މިވާހަކަތަކަށް އިތުރު ޔަގީންކަމެއް ރައްޔިތުންނަށް ލިބިގެން މިދިޔައީ އެހަޑިތައް ހޭވި ބައެއް ފަރާތްތަކުގެ ދުލުން އެެކަން ހާމަކުރަމުން!! އޯޑިއޯތަކުން! ހަރާމް ޙުކުމްކުރި ހުރިހާ އެންމެނާ ގަނޫނުއަރާ ހަމަކުރާނެ!! އެއީ މިތަޙްގީގުގެ މަރުޙަލާތަކުގެ ހުރިހާ ފަރާތްތައްވެސް ހިމެނޭގޮތަށްކަން ގާނޫނީ އަދަބު ލިބޭނެ!!

      17
  2. އޭނަ

    ކައްޗަށް އެޅިއްޖެ ބިންގާ ކެއްޗާ ހަމައަށް ދިޔަޔަސް ހުންނާނީ ކައްޗައް! ޔާމީންއަށް ކުރި ހުކުމް ރަނގަޅެއް ނޫން. މިނިވަން ކުރަން ޖެހޭ!

    52
    2
  3. ހުސޭނުބޭ

    ކޮންކަހަލަ ފިޔަވަޅެއްބާ! ކަތިފިޔަވަޅުތަ؟ ނޫނީ ފަހަތަށް އަޅާ ފިޔަވަޅުތަ؟ ރޯޔަލް ރޭޕް ކޭސް ގައި އެޅިފަދަ ފިޔަވަޅުތަ؟

    17
  4. އަލީ

    ސާބިތެއް ނުކުރެވޭނެ މިހާތަނައް ސަރުކާރުގެ މަތީފަންތީގެ އެއްވެސް މީހެއްގެމައްސަލަ ސާބިތުވެފައެއްނެތް މިސާލަކައް ފެނަކަ އެމްޑީ އަދި ހެލްތުގެ ބޮޑު ވައްކަން.

    17
    • ޙަފޯ

      ސާބިތު ކުރެވުނަސް ނުކުރެވުނަސް، ރޔ އަށް ކޮށްފައި ވަނީ ލާއިންސާނީ، ހަރާމް ނުހައްގު ހުކުމެއް. ޢެމީހުން ފަލީހަތްވެ ބޭޒާރު އަދިވެސް ވާނެ. ޢެތައް އިންސާނެއްގެ ހައްގު ބޮލުގައި އަޅައިގެން ތިބެ ޒާތީ ގޮތުން ހަރާމް ހުކުމްކުރާ މީހުން ނުދަންނަނީކަންނޭގެ މި ދުނިޔެ އަކީ ވަގުތީތަނެއްކަން. އެ ކެނީ ހަރާމް ފައިސާކަން

  5. ކިނބޫ

    މިސަރުކާރުން ދައްކާ ވާހަކަ މިހަރު ގަބޫލުކުރަދަތި.

    14
  6. ސީމާ

    ކޯންޗެއް އެއްކަމެއްވެސް ނުކުރެވޭނެ ތި ރައީސަކައް. ތިހެންބުނި ރޮއެރޮއެފަ އަލީވަހީދުއައްވެސް. އޭނަދެން އަވަހައްސިއްރުން ފޮނުވާލީ. އަދިވެސް ތިއުޅެނީ ސަރުކާރައް އޭނަ ހައްޔަރުކުރިތޯ ނޫންތޯވެސް ނޭގިގެން. ރައްޔެތުންވެބޫ ހައްދަނީ.

    16
  7. ބުރަކި

    ސަރުކާރު ނުހިންގި ޖޭއެސްސީ ފުނޑިއްޖެ ދެންރަނގަޅުވާނީ ސޯލިހު ޖަލަށްދިއުން މިނޫންގޮތެއް ދެންނެތް ނުވިއެއްނު އަވަހަށް ފައިބާ... ،..

    16
  8. މަލޫ

    ބަލަކޮން އަލީޒާހިރެއްތަ ރައީސް ބުނާގޮތެއް ނޫންތަ އަލީޒާހިރު ހަދަނީ މިސަރުކާރައް ފިޔަވަޅު އަޅަންވީ ރައިސް އިސްތިފާދޭންވީ މިސަރުކާރަކައް މިއިންކަމެއް ރަނގަޅުކުރެވޭނެ ކަމައް ގަބޫލެއްނުކުރަން

    18
  9. ފަނި

    ތިޔަ ހުރިހާ ކަމެއް ވެގެންދާނީ ސައިބޯނި ބޮތްކަކަށް. އަދި ޔާމީން ހުންނާނީ ހަމަ ޖަލުގަ. އެއީ އިންސާފޭ ކިޔައި އަރައިގެން އުޅޭ މީހުންނަށް އިންސާފަކީ ކޮން އެއްޗެއްކަން ނޭނގޭތީ. ވެރިކަމުގަ ތިބި އެތައް ބަޔަކު ވެގެން ކުޅެމުންދާ ކުޅިގަނޑެއް އެހާ ފަސޭހައިން ފަޅައެއް ނޭރުވޭނެ. ނުފޫޒު ގަދަ މަގާމުތަކުގައި ކަންކަން ފޮރުވަން މީހުން ތިބެގެން ކަމެއް ސާފެއް ނުކުރެވޭނެ. ހަގީގީ އިންސާފު ލިބިދެވޭ ކަމަށްވާނީ ތިމާގެ ދުޝްމަނާމެދު ޝައްކެއް ނެތް މިންވަރަށް ކަމެއް ސާބިތުކޮށްދެވިގެން. ދޮގު ހެދި ކަމަށް ސާބިތުވެފައިވާ މީހުން ދޭ ހެކިބަސް ބަލައިނުގަނެ ޝަރީއަތް ހިންގައިގެން.

    12
  10. Anonymous

    ތިޔަ އަލީޒާހިރު ކިތައްމެބޮޑު ކުށެއްގައި ބެދުނަސް އޭނަގެ މައްސަލައެއް މިސަރުކާރުން ނުބަލާނެ އޭނަ ކުށްވެރިވެސްނުވާނެ، އެއީ އޭނަ ހިންގާފައިވާހާ ޖަރީމާއެއް ހިންގާފައިވަނީ މިއަދުގެ ރޢީސުލްޖުމުހޫރުއްޔާގެ އެންގުމަށްކަމަށްވާތީ، ރައްުިތުން ލޮލަށްދައްކަން ކޮންމެވެސް ހަޑިއެއްހާވާފަ ފައިނަލީ އޭނަހިންގި ޖަރީމާއިގެވާހަކަ ހާމަކުރިމީހުން ކުށްވެރިކުރާނީ##

    12
  11. ވަކިކުރޭ

    އަލީ ޒާހިރު ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ

  12. Anonymous

    ސަދޫމުގެ ހަމަ މިތާބއޮންނަނީ. މިގައުމު ހަލާކުވެ ނުދަނީސް މިތިބަ ﷲ ގެ އަދުއްވުން ބޭރުކުރަންވީ.

    11
  13. ޒާ

    ސާބިތު ކުރަން އެކަން ބަލަންވެސް ސިޔާސީ މީހުންނަށް އެއީ ހަގީގަތެއްތޯ ނުވަތަ ނޫންތޯ ބުނެދޭންވެސް ސޯލިހުގެ ފަރާތުން ހުރީ އަލީ ޒާހިރު. ދެން ކިހިނެއް ސާބިތުވާނީ؟

    12
  14. ކިޔުން ތެރިއެއް

    ޑރ. އިޔާޒު ބުނީމަ އެކަންވާންޖެހޭނީ އެހެންދޯ. ޢަލީ ޒާހިރު ގެ މައްސަލަ މިސަރުކާރުގައި ސާބިތުނުވާނެ، ޕީޕީއެމް ސަރުކާރެއްގައި ޝަރުޢީހަމަތަކުގެ މަތިން ޢަލީ ޒާހިރު ދިގުމުއްދަތަކަށް ޖަލަށް ލެވޭނެކަމަށް ބެލެވޭ..

    12
  15. ޢިޔާބު

    އަދުލުވެރިކަމެއް ނެތް ފައުމެއްފައި ސަރުކާރުގެ ވެރިޔަކަށް ފިޔަވަޅެއް ނާޅާނެ.

  16. ތަބުރޫކު

    ސާބިތުކުރަނީ ކޮންތާކުންތަ
    ސަރުކާރަށް ނިސްބަތްވާ މީހުން ކޮށްފައިވާ ވިޔާނުދާ ކިތައްމެކަންކަމެއް އެނގި ސާބިތުވެ ހާމަވާކަންކަންވެސް ފޮރުވަން މަސައްކަތްކުރާ ސަރުކާރެއް މިހާރުގެ ސަރުކާރަކީ އެހެންވީމާ ނުކުރާނެ ސާބިތެއް

  17. އަހްމަދު

    މިސަރުކާރުން ފިޔަވަޅުއެޅިއަސް ނޭޅިއަސް ހަމަގައިމުވެސް ފިޔަވަޅުއެޅޭނެދުވަހެއް އޮންނާނެކަންޔަގީން އެދުވަހުން ހުރިހާގުނަވަންތަކެއް އެކަމަށްހެކިދޭނެ އެއީޔަގީންކަމެއް

  18. ނުކެރޭނެ

    ސާބިތުވިޔަސް މިސަރުކާރަކައް ނުކެރޭނެ އަލީޒާހިރު (އަލީއްޕެ) ވަކިކުރާކައް%100ޔަޤީން

  19. މިއަދު

    ރައިސްސާލިހުއަށް ކީއްވެތޯ ނުކެރިގެންތިއުޅެނީ ޢަލީޒާހިރުގެ މައްޗަށް މިކުރެވޭ ބޮޑެތި ތުހުމަތުތަކާއި ގުޅިގެން މައްސަލަ ވަކިގޮތަކަށް ނިމެންދެން ޢަލީޒާހިރު ގޭގައި މަޑުކޮށްލަން ނުއެންގިގެން ތިއީ ޒީރޯ ޓޮލަރަންސްތޯ ނޫނީ މިލިއަން ޑޮލަރުތޯ؟

  20. މިއަދު

    މަހުލޫފަށް ގޮތެއް ޢަލީ ޒާހިރުއަށް ތިދެއްވަނީ ފޮތެއްދެއްތޯ؟

  21. ވަޒީރެއާލާ

    ސާބިތު ކުރާނީ ކޮންތާކުން؟ އޭނާ ކުރި ހުރިހާކަމެއްކުރީ ރައީސް ސޯލިހު އަންގަވައިގެން. ދެން ސާބިތުވާނެގޮތެއް ބުނެބަލަ.

  22. ޙަފޯ

    ސާބިތު ކުރެވުނަސް ނުކުރެވުނަސް، ރޔ އަށް ކޮށްފައި ވަނީ ލާއިންސާނީ، ހަރާމް ނުހައްގު ހުކުމެއް. ޢެމީހުން ފަލީހަތްވެ ބޭޒާރު އަދިވެސް ވާނެ. ޢެތައް އިންސާނެއްގެ ހައްގު ބޮލުގައި އަޅައިގެން ތިބެ ޒާތީ ގޮތުން ހަރާމް ހުކުމްކުރާ މީހުން ނުދަންނަނީކަންނޭގެ މި ދުނިޔެ އަކީ ވަގުތީތަނެއްކަން. އެ ކެނީ ހަރާމް ފައިސާކަން

  23. އައްޑޫ މީހާ

    ތިޔަކަން ސާބިތުވާވަރަށް ހެކި ހުއްޓަސް ސާބިތެއް ނުވާނެ ރައީސް އޮފީހުން ކުރިކަމެއްގައި ކަންވާނެ ގޮތް އެބަ އެގޭ ވަރަށް ސާފުކޮށް އަހަރުމެން އިތުބާރެއް ނުކުރާނަން ތިޔަ ބައިގަނޑަކަށް ޔާމީނުގެ ޝަރީއަތަކީ މީޑިއާ މެދުވެރިކޮށް ހިންގި ޝަރީއަތެއް އަހަރުމެންނަށް އެގޭ ނުފޫޒު ފޯރުވިވަރު އިންސާފުވެރި ޝަރީއަތެއް ނޫންކަން ކުރީ ، އިންސާފުން ޝަރީއަތް ކުރިނަމަ ހުކުމެއް ނުކުރެވޭނެ މިކަންކަމަކީ ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް ވާނެ ކަމެއްނުން މިކަންކަން ރެކޯޑްކުރެވިފައި ހުންނާނެ ތިމާމެން ހެދި ގޯސްތައް ފަޅާއެރީމަ ދެން މަތި އޮމާން ކުރަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ