ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައި ދިނުމަށް ބޭނުން ކުރާ އިސްލާމް ފޮތްތަކުގެ ގިނަ ސޫރަތްތަކެއް ނުބައިކޮށް ލިޔެވިފައިވަނީ އިސްލާމިކް މިނިސްޓްރީ ތެރޭގައި އޮންނަ ފޮތް ފާސް ކުރާ ކޮމިޓީން އެންމެ އެކަށީގެންވާ ވަރަށް ބެލިފައިނުވާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

އިސްލާމް ފޮތްތަކުގައި އެކި ސޫރަތް ނުބައިކޮށް ލިޔެފައި އޮތް މައްސަލަތަކެއް ވަނީ ފެންމަތިވާން ފަށައިފައެވެ. މި މައްސަލަތައް ފާހަގަކޮށްދެމުން ދަނީ ދީނީ އިލްމުވެރިންނެވެ. އޭގެ ތެރޭގައި ގްރޭޑް އެކެއްގެ ގުރުއާން ފޮތުގައި އައްނަބައު ސޫރަތާއި އައްނާޒިޢާތު ސޫރަތުގެ އާޔަތްތައް އެއްވެ، އެއް ސޫރަތެއްގެ ގޮތުގައި އޮތްކަން ވަނީ ހާމަވެފައެވެ.

މީގެ އިތުރުން ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ނުބައިކޮށް ކަން ފާހަގަ ކުރައްވައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގައި އެ ކަންކަން ސަމާލު ކަމަށް ގެނެސްދީފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް ވިދާޅުވެފައިވަނީ ގްރޭޑް އެކެއްގެ ފޮތުގައި ހުރި މައްސަލަތައް ފާހަގަވެގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ގްރޭޑް ދޭއެއްގެ ފޮތާއި ގްރޭޑް 12 ގެ ފޮތުގައި ހުރި މައްސަލަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

އާންމުކޮށް އަމަލު ކުރަމުން އަންނަ އުސޫލުން ނަމަ، ގުރުއާން ފޮތާއި އިސްލާމް ފޮތްތައް ޕްރިންޓު ކުރުމުގެ ކުރިން ނޭޝަނަލް އިންސްޓިޓިއުޝަން އޮފް އެޑިއުކޭޝަން (އެންއައިއީ) އާއީ އިސްލާމިކް މިނިސްޓްރީން ޗެކް ކުރެއެވެ. މިނިސްޓްރީން ފޮތްތައް ޗެކްކުރަނީ "ފޮތް ފާސްކުރާ ކޮމިޓީ" އިންނެވެ. އެ ކޮމިޓީގައި ހަތް މެންބަރަކު ހިމެނިވަޑައިގަންނަވައެވެ.

ޒާހިރު "ވަގުތު"އަށް މިއަދު ވިދާޅުވީ ކޮމިޓީން ފޮތްތައް ފާސްކުރާއިރު އެ ފަދަ އެއްވެސް މައްސަލައެއް މީގެ ކުރިން ދިމާވެފައިނުވާ ކަމަށެވެ. މި ފަހަރު އެ މައްސަލަ ދިމާވީ އެންމެ ރަނގަޅަށް ފޮތްތައް ބެލިފައިނުވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އާޔަތެއް ވަދެފައި އިންނަނީ އާޔަތެއް މެދު ތެރެއަށް. އަތް ދަށުން ގޮސްފައި އޮތީ" ޒާހިރު ވިދާޅުވިއެވެ.

އެކަން އާދައިގެ ގޮތުގައި ނެގުމުގެ ބަދަލުގައި ވަރަށް ސީރިޔަސް ކަމެއްގެ ގޮތުގައި މައްސަލަ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ފޮތްތައް ބަދަލުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށާއި އެއީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ތަކުރާރު ނުވާނެހެން މަސައްކަތް ކުރާނަން" ޒާހިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ތެދު

    ދީނޭކިޔައިގެން ތިބޭ ކާލަކާލަ ﷲއާއި ރަސޫލާއަށް ފިރައްސާރަކުރިބަޔަކު އަދަބުނުދީފަ ދެންކޮންކަމެއް ކުރެވޭނީ...!!؟؟ ބަޔަކު ކުފުރުވީމަވެސް ހަމައޯކޭ..ވައިޔާޒްބިﷲ

    16
  2. ޙހހހ

    ދެން މިނިސްޓަރަކީ ކީއްކުރާމީހެއް ، ހަމަ މަސްނުބޭނުނީމަ ކަނޑުގޯސްވާ އުސޫލު

  3. 4 ފޮތްވެއްޖެ

    ގްރޭޑް 10 ގެ ފޮތުގައިވެސް ކުށެއް އެބައިން

  4. އިބްރާ

    ދެން ކަލޭގެ ޒިންމާއަކީ ކޮބާ ؟

  5. އައްޗީޑިޔާ

    ދުނިޔޭގެ އެހެން ގައުމެއްނަމަ މިނިސްޓަރުގެ މަސްއޫލިއްޔަތުގެ ދަށުން ހިނގާ ކޮމިޓީއެއް ފޭލިވެގެން މިވަރުގެ ކަމެއް ވެއްޖިއްޔާ މިނިސްޓަރު އިސްތިއުފާ ދޭނެ. އަދި ކޮމިޓީވެސް އިސްތިއުފާ ދޭނެ. އެން.އައީ.އީ.ވެސް އިސްތިއުފާ ދޭނެ. ބަލަ ގަސްދުގަ ފަރުވާކުޑައެއް ނުކުރެޔޭ ބުނާއިރު ދެން ކޮންކަމެއް ކޮށްގެންތަ މިއުޅެނީ؟ ސޯޓުކަޓު ނަގާފަ އަވަސްއަރުވާލުމަށްވެސް ކިޔަނީ ފަރުވާކުޑަކޮށްލުމޭ! މަސްހުނިވެގެން މިއުޅެނީ އިންސާނަކު ލިޔެފަ އޮތް އެއްޗެއް ނޫނޭ. ކިރިޔާވެސް ގޮތެއް ހުރިއްޔާ އިސްތިއުފާ!

  6. އަލީ

    މާފަށް އެދުމެއްނެތްދޯ.

  7. ކޮމެ ޓީ

    ކޮން ޓީއެކޭ؟ ކޮމެ ޓީ؟ ކޮން ބައެއް އުޅޭ ކޮމެޓީއެއް. ކޮމެޓީ އެއްކޮށް އާކުރޭ....

  8. ދަރި

    ކޮމިޓީ މެމްބަރުން ކޮވިޑް ޖެހިގެން ހިނގި ކަމެއް ދޯ؟

  9. Anonymous

    ހަމަ ގަސްތުގަ ގުތުއާން އޮޅުވާލަނީ. ޒާހިތު އޮޅާލާފަ ނަރަކައަށް ޖަހާފާނެތީ ބިތުވެތިވެބަލަ.

  10. ނަޒީ

    އަމާ ކައިރިޔަށް ވަންމީހާވެސް ފަޅާއެރީމާ ބުނީ މިއައީ އަމާގެ ހުނިގުރާބު ބަލަޔޭ! މިއިރު ހުނިގުރާބަކީ އަމާ ދަންނަވެސް އެއްޗެއްނޫން.

  11. މުހައްމަދު

    މަތީ މަޤާމުތަކުގައި ކިޔަވައިގެން ތިބި 7 މީހުންގެ ލޮލުގައި އަޅައި ނުގަތުން އެއީ އަރަތެތް!

    • ޜަނާ

      ކޮމިޓީގަ ހަތްމީހުުން ތިއްބަސް ފޮތްތައް ބައްލަ ވަނީ ކިިތައްމީހުުން ކަމެއް ނޭގެއެއްނު. މަޖްލިސް ކޮމިޓީތަކުގަ ވެސް ގިނަ ވާނީ ހާޒިރު
      ނު ވާ މެމްބަރުން.

  12. ދިދަ ދަނޑި

    ކޮމިޓީގެ މެމްބަރުންނަށް ފިޔަވަޅު އަޅާ…އާދައިގެ މީހެއް ކުރި ކަމެއްނަމަ މިހާރު ގައިން ހަން ވެސް ދަމާނެ..

  13. ބަރުގޮނު

    ވަޒީފާގެ މަސްއޫލިއްޔަތު އުހުލައި ޒިންމާ ނެގުމުގައި ހުރި ފޭރާން މިއޮތީ ހާމަވާން. މިމީސްމީހުން ބަރާބަރަށް ކުރާ ހަމައެކަނި ކަމަކީ ، މަސް ނިމުނީމާ މަހު އެއްޗެތިކޮޅު ޖަމާވިތޯ ބަލާލަން އ/ކ ޗެކްކޮށްލުން.

  14. ސޯލޭ

    ދެން ކޮންބަޔެއް ޒިންމާވަނީ؟ ޔާމީން ތަ؟