ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅަން އަނެއްކާ ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި އެމްއާރުއެމް އިން އެއްބަސްވެފައިވާ ކަމެއް ކަމަށް ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ފަރުވާގައި ހަތަރު މަހެއްހާ ދުވަސް ހޭދަކުރެއްވުމަށް ފަހު ނޫސްވެރިންނާ އޮންލައިންކޮށް މިއަދު ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އެމްޑީޕީގެ ގިނަ މެންބަރުން ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނެވި މެނިފެސްޓޯއަކީ ކޯލިޝަންގެ ޕާޓީތަކުން އެދުނު ގޮތަށް އެއްބަސްވި ކަމަށް މެނިފެސްޓޯ ކަމަށެވެ. އެކަމަކު ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްނުވީ ޖުމްހޫރީ ޕާޓީ އެކަނި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޕާޓީތަކުން އެދުނު ގޮތްތައް އަޅުގަނޑުމެން މެނިފެސްޓޯއަށް އެއްބަސްވިން. ޖުމްހޫރީ ޕާޓީ ފިޔަވައި އަދާލަތު ޕާޓީއާއި އެމްއާރުއެމް އިން ވަނީ ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްވެފައި." ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް އަދާލަތު ޕާޓީއާއި އެމްއާރުއެމް އިން އޭރަކު އެފަދަ ވާހަކައެއް ދައްކާފައެއް ނެތެވެ. ފުރަތަމަ އެމްޑީޕީން ނެރުނު މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމުގެ ވައުދު އޮތް ނަމަވެސް ކޯލިޝަންގެ މެނިފެސްޓޯގައި އެ ބައިތައް އުނިކޮށްފައިވެއެވެ.

އޭރު ވަކިވަކި ޕާޓީތަކުން ފުރަތަމަ މެނިފެސްޓޯއެއް ނެރުނެވެ. ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން ނެރުނު މެނިފެސްޓޯގައި ވެސް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކަތަކެއް ނެތެވެ.

އެހެންވިޔަސް އެ ކަމަކީ ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގެ އެއް އަމާޒެވެ. 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ނަޝީދާއި އެމްޑީޕީން ތާއީދު ކުރީ ވެސް ބަރުލަމާނީ ނިޒާމަކަށެވެ.

މިހާރު ނަޝީދުގެ އިރުޝާދުގެ ދަށުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ ހަރަކާތެއް މުޅި ރާއްޖޭގައި ދަނީ ހިނގަމުންނެވެ. މިހާތަނަށް އެ ޕެޓިޝަންގައި 50،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެ ކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

އެމްޑީޕީގައި ވެސް މިހާރު ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހުން ވަކި މަދެއް ނޫނެވެ. ރައީސް ސޯލިހްގެ ފެކްޝަންގެ ބޭފުޅުން ވެސް ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރައްވާފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވިދާޅުވެފައިވަނީ ވަކި ވެރިކަމުގެ ނިޒާމަކަށް އެމްޑީޕީގެ ގުނަވަނަކުން ފާސްކޮށްގެން އެންޑޯޒް ކޮށްފައި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. އޮޅާލާ

    ބަރުލަމާނީ ނިޒާމް އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ޖަހާ ފާރުބުޑަށް ދެން..

    19
  2. ޒަމީ

    ނަޝީދުއާއި، މައުމޫން އަދި އިމްރާނާއި ތިންގައްދާރުން!!!!

    27
    1
    • ޙައްގުބަސް

      ސަފަކަށް އެތުރިގެން މިތިބަ ފެންނަ ބައިގަނޑަކީ މިރާއްޖޭގެ ހަލާކު!! އިންޑިޔާއަށް މިރާއްޖެ ވިއްކާލައިގެން އުޅޭ ބައިގަނޑު މިއީ!! މިއީ މިރާއްޖޭގެ ޙަގީގީ ހަލާކަކީ!! މިއީ އަމިއްލަ އެދުން އިސްކޮށްގެން ހުރިހާ ނުބައެއް ހަދަމުންދާ ބައިގަނޑު! މިރާއްޖެ ދަރަނިވެރިކުރުވަމުންދާ ބައިގަނޑު މިއީ!! ދިވެހި ރައްޔިތުންނޭ މިބައިގަނޑާ ދޭތެރޭ ވިސްނާތި ނިކަން ރަގަނޅަށް!! ވޯޓްކައިރިވާ ވަރަކަށް މިބައިގަނޑު ތިލަވަންފަށާނެ!! މިގުރޫޕްތެރެއިންވެސް އެކަކު އަނެކެއްގެ “މަސްކައި” ދޮގުތައް ހަދަމުން ދިވެހި ރައްޔިތުންގެ ވޯޓް ހޯދަން ތަފާތު އުކުޅުތައް ބޭނުންކޮށް ދޮގުވައުދުވެސް ވާނެ!! ވޯޓް ގަންނަން ފައިސާ ބަހާނެ!! ފައިސާކޮޅު އަތުލި ކަމުގައިވިޔަސް މިއިން އެކަކަށްވެސް އެންމެ ވޯޓެއްވެސް ނުދޭތި ރައްޔިތުންނޭ!! ނިކަން ވިސްނާތި މިގުރޫޕާ ދޭތެރޭ!!

  3. ޢަދާލަތު

    ޢަސްތާ ނަޝީދޫ މީހަމަތެދެއްތަ މައުމޫން އާއި އިމްރާނަކީ މި ދެއނގަޔާ ދެދޫ އޮނަ ކުދިންބާ ؟؟؟؟؟

    23
  4. ސަލީ

    މިއޮތްގެން ފަޅާއަރަނީ

    27
  5. އިސްތިއުފާ

    ރައީސް މައުމޫނު އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ ޔުމްނާ އިސްތިއުފާ

    15
  6. ދިސްވޭ

    ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަދަލު ކުރަންވީ ބަރުލަމާނީ ނިޒާމަށް ވެސް ނޫން އަދި ރިޔާސީ ނިޒާމަށް ވެސް ނޫން ޗައިނާގައި އޮންނަ ގޮތަށް ޓޯޓަލިޓޭރިއަން ނިޒާމަށް ބަދަލު ކުރަންވީ އެކަމަކު ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަން އިންތިހާ އަށް އޮވެފައި ނޫސް ތައް މެދުވެރިކޮށް ކޮމެންޓް ކުރަން ރައްޔިތުންނަށް ފުރުސަތު ދީ ނޫސް ތަަކުން ޕަބްލިޝް ކުރާ ކޮންމެ ކޮމެންޓަކަށް 5 ރުފިޔާ މަހަކު ދޭގޮތަށް ހަދާނީއޭ ރައްޔިތުންގެ މަޖްލީސް އުވާލާނީއޭ އެއީ ވައްކަން ކުރަން އޮންނަ ތަނެއް ނޫނޭ ތިޔާ ކައްޕަޅި ފެނަކައިގެ އެމްޑީ އެހުންނަނީ މަޖްލީހުގެ 12 މެމްބަރުން ގަނެފައި ރައީސް އިބޫ ބުނެގެން ކޮންމެ މެމްބަރަކަށް މަހަކު 1 މިލިއަން ރުފިޔާ ފެނަކައިގެ އެމްޑީ ދޭ ދެން އޭނާ ބަނޑުއަޅާނީ ކިހާވަރަށް ކަން ވެސް ނޭގޭދޯ އާންމު ސަޕްލަޔަރުންނަށް ފައިސާ ނުދީ އެބައޮތޭ މިތިން އަހަރު 25 ބިލިއަން ރުފިޔާ..

    7
    1
  7. ނިމޭނެއޭ

    ތިޔާ އަޑުއެހުން މިއަދު ލަސްވީ އެއީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކޯޓް ގާޒީ އަށް ގުޅައިގެން ބިރު ދައްކައިގެން އޭނާ ބުނާ ގޮތަށް ޝަރީއަތް ކުރަން ވެގެންނޭ މިސަރުކާރުން ރައްޔިތުންނަށް އެއް ވެސް ކަމެއް ކޮށް ނުދޭއިރު އިދިކޮޅު ސިޔާސީ ފަރާތް ތަކަށް ނުހައްގުން ދައުވާ ކޮށް ނާއިންސާފުގެ މަގުން އަމިއްލަ އަށް ކޭސް ތައް އުފަން ކޮށްގެން އިދިކޮޅު ނައްތާލައިގެން ފިރުއައުނު ވެރިކަން ކުރި ގޮތަށޭ ރައީސް އިބޫ ވެރިކަން ކުރަން ދިމާ ކުރަނީ ރައީސް އިބޫގެ ވެރިކަން އަފްއާންގައި އޮތް ވަގުވެރިކަން ވެއްޓުނު ގޮތަށް ވެއްޓޭނެއޭ އެއީ ޔަގީން ކަމެކޭ ރައީސް އިބޫގެ ވެރިކަން ނިމޭނެއޭ ނިމޭނެއޭ ނިމޭނެއޭ

    13
    1
  8. Anonymous

    އަހަރުން ތިކަން ގަބޫލުކުރާނީ އަދާލަތާ އެމްއާރުއެމުން ތިއީ ތެދެއްކަމަށް ބުނީމަ. އެހެންނޫނީ ގަބޫލެއް ނުކުރާނަން.

    15
    1
  9. މަސްކަނީއޭ

    މިސަރުކާރުގެ 3 ވަނަ އަހަރު މިހިނގަނީ ރާއްޖޭގައި ވަޒީފާ ނެތް ދިވެހިންގެ އަދަދު އެބައަރާ އާބާދީގެ %75 އަށް އެކަމަކު ރިސޯރޓްސް ތަކުން ވާރކް ވިސާ ދެނީ އިންޑިއާ އަދި ލަންކާ މީހުންނަށް މިކަން ކަން ނޫސްވެރިންގެ ރާޑަރަށް ނާރާ އަބަދު އަބަދު ސިޔާސީ ވާހަކަ ތައް ދެއްކުމުން ގައުމަށްވާ ފައިދާ އެއް ނެތޭ މިރާއްޖޭގެ ނޫސްވެރިން ވެސް އެބަޖެހޭ އަމިއްލަ އަށް ދިރާސާ ކޮށްގެން ނޫސްވެރިކަން ކުރަން ދަސްކުރަން މިހާރު ތިޔާ ކުރަނީ ނޫސްވެރިކަމެއް ނޫނޭ ތިޔާއީ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ މަސްކަނީއޭ

    10
  10. މުޖޫ

    ގައުމުގެ މި ހާރުގެ ހާލަތު އޮތްގޮތުން ވިސްނުންޖެހ ހޭނެ ބަދަލު ކުރަން. މި ހާރު މިއޮތީ ނިޒާމީ ވޯޓަކަށް ޚަރަދު ކުރަން ހެޔޮވާވަރުގެ ދުވަސް ވަރެއްނޫން.

    16
    1
  11. އަލީ

    މައުމޫނާ އިމްރާނު މިހާރު އެއްބަސްވާނެ އެމީހުންގެ އަނބިންވެސް އެމް.ޑީ.ޕީގެ އިސްވެރިންނައްދޭން މިއީ ހަގީގަތް. މީ ވަރަށްވާހަކަ.

    19
    2
  12. އެހެންތޭ

    ކޮން ފެންނަ ނުފެންނަ ވޯޓެއްތޭ ފެންނަ ނުފެންނަ ވޯޓް ތަމެން އޮޅާލަބަލަ ބަރުލަމާނީ ނިޒާމެއް އަތުވެއްޖެނަމަ މިހާރަށް ވުރެން ބޮޑަށް މަޖްލީހުގެ މެމްބަރުން ވައްކަން ކުރާނެއޭ މިހާރު ސަރުކާރުން ޕްރޮޖެކްޓެއް ހިންގާނަމަ މަޖްލީހުގެ 80 މެމްބަރުންނަށް ބައިއަޅަން ޖެހޭ ތިއޮތް ފެނަކައިން މަހަކު 1 މިލިއަން ރުފިޔާގެ ކަޓް ދީގެން އެބަކޮންޓްރޯލް ކުރޭ އެތާ އެމްޑީ 12 މެމްބަރުން އެހެންވެ އޭސީސީގައި އޮތް ފެނަކައިގެ ވައްކަމުގެ މައްސަލަ އޭސީސީން އޮޅާލާ ނަގާ ފާރުބުޑަށް ޖެހީ

    11
  13. ނެތީމޭ

    މިސަރުކާރަކީ އަދުލު އިންސާފުގެ މަގުން ހުރިހާ ކަމެއް ކުރާނެ ކަމަށް ރައްޔިތުންނަށް ވައުދު ވެގެން މަކަރާއި ހީލަތް ހަދައިގެން ރޯ ބުހުތާނު ދޮގު ހަދައިގެން ވެރިކަމަށް ވޯޓް އިން ވައްކަން ކޮށްގެން އައި ބަޔެކޭ މިރާއްޖޭގެ ބައިތުލް މާލު ދަވާލި ބްރޯ އަށް ދައުވާ ނުކޮށް ދެން ރައީސް ޔާމީނަށް ދައުވާ ކުރުން އަދި އެމްއެމްޕީއާރުސީން ވައްކަން ކުރި އެމްޑީޕީ މަޖްލީހުގެ މެމްބަރުން ޚާއްސަ ކޮށް ޕީޖީ ގްރޫޕްގެ ލީޑަރު އާސިމް އަށް ދައުވާ ނުކޮށް ދެން ރައީސް ޔާމީނަށް އެކަނި ދައުވާ ކުރުމުން މިއޮތީ ތަމެންގެ އިންސާފު އޮޅާލާ އޮޅާލާ އޮޅާލާ ތަމެން ބެކަށް ޖަހާފައޭ މަމެން ބުނަން ނެތީމޭ..

  14. އަހުމަދު

    ނަޝީދު މިގައުމު ލާދީނީ ކުރަން އަހަރެމެންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަންނަން އެ މަސައްކަތް ކުރަނީީ. އޭނާ ހުއްޓުވަން ޖެހޭ

    12
  15. ސަކަލަބޫމްބޫމް

    ހަމަ ކުއްލިއަކަށް އާޚަބަރެއް ނުކުމެއްޖެ. ހުސްދޮގު ބޮޑުބެއްޔާ. މައުމޫނު އިހަށްދުވަހުވެސް ބުނީ ބަރުލަމާނީ ދިވެހިރާއްޖެއަށް ގެންނާކަށް ނުޖެހޭކަމަށް. ދެން ތިޔައޮތީ އަދާލަތު ކިޔާ ތަނެއް . އެއީ މުނާފިޤު އަދާލަތެއް . މުނާފިޤުންގެ ކިބާއިގައި ހުންނާނެމަށް ހަދީސްކުރެއްވި ތިންސިފައިން ދެސިފަ، އެޕާޓީން ދައްކާ ކޮންމެ ވާހަކައެއްގައި ހުންނާނެ. އަނެއްސިފަ ތެދުބަހަށް ވެދާނެ.

    10
    2
  16. ދިސްވޭ

    މިރާއްޖެ އަށް ބޭނުމެއް ނުވޭ ބަރުލަމާނީ ނިޒާމެއް މިރާއްޖެ އަށް ބޭނުންވަނީ ވަރަށް ބޮޑަށް ޓޯޓަލިޓޭރިއެން އުސޫލު ހިމެނޭ ރިޔާސީ ނިޒާމެއް އަދި ރިޔާސީ ނިޒާމް ގައި ކެބިނެޓް މެމްބަރުންނަށް މަޖްލީހުގެ ރުހުން ވެސް ހޯދަން ނުޖެހޭނެއޭ އަދި މަޖްލީހުން ވަޒީރުން ނަގާ ހޫރާ ވެސް ނުލެވޭނެއޭ އެއީ ވާނޭ ކަމެއް ނޫނޭ މަމެން ޕިންކީން ދެން ވެރިކަމަށް އަތުވެއްޖެނަމަ ސްޕްރީމް ކޯޓުގެ ހުކުމް ތަކުން މިކަންކަން ކުރާނަމޭ އެމްޑީޕީ އަށް ރާއްޖޭގައި ވެރިކަމެއް ނުކުރެވޭނެއޭ ހުސްވަގުން ވިއްޔާ ކެބިނެޓާއި އަދި ސަރުކާރުގެ ކުންފުނި ތަކުގެ ބޮޑުންނަށް ތިބީ އެމްޑީޕީގެ ވެރިކަން ނިމޭނެއޭ އެމްޑީޕީގެ ސިޔާސީ ނިމުން ވެސް އަންނާނެއޭ ދެން ކެނެރީގެ ނަޝީދެއް ރާއްޖެ އަށް ނާންނާނެއޭ އަދި އެމްޑީޕީ ވެސް ނޯންނާނެއޭ އެމްއެންޕީ އަށޭ ދެން އެމްޑީޕީގައި ތިބި މީހުން ބަަދަލު ކޮށްލާނީ ދެން ޖޭޕީ އެއްވެސް އަދި އަދާލަތެއް ވެސް ނޯންނާނެއޭ އެއި ޔަގީން ކަމެކޭ ރާއްޖޭގައި ދެން އޮންނާނީ ޕީޕީއެމް ޕީއެންސީ އަދި އެމްއެންޕީ މި ދެ ސިޔާސީ ޕާރޓީ އެކަނިއޭ ދިސް އިޒް އިޓް..

  17. އަބްދޫ

    ނަސީދު ތެދެއްހަދާނެތަ؟ ފުރަތަމަވެސް ބަރުލަމާނީއަށް މައުމޫނު ދެކޮޅު ހެއްދެވީ. މިގައުމަށް ބަރުލަމާނީ ނުގެނެވޭނެ. ނަސިދު ވެރިކިަމުގަ ހުންނަވަން ގަޔަށް މަހާލަން އުޅޭ ބަރުލަމާނީ ކޯރިއަކުން ގައުމަށް ފައިދާ ނުކުރާނެ. ބަރުލަމާނީގަ އަތިރީގެ އިބްރާހިމް ދޮށިމޭނާ ކިލެގެފަނައި އަބްދުލްމަޖިދު ރަންނަބަނޑޭރި ކިލެގެފާނައި އިބްރާހީމަ ފާމުލަދޭރި ކިލެގެފާނާއި އިބްރާހީމް ނާސިރު ބޮޑުވަޒީރުކަންކުރެއްވެވި. އަމީނަށާ ނާސިރު އަށް އެގިވަޑައިގަތީ ބަރުލަމާނީގަ ގައުމަށް ކުރި އައުމެއްނެތްކަން. އެހެންވެސް ރިޔާސީ ނިޒާމަކަށް އަމީނު އައި ނާސިރު ވަޑައިގަތީ ގައުމަށް މިހާތަނަށް އައި ކުރިއެރުމެއް އޮތީ ހަމައެކަނި ރިޔާސީ ވެރިކަމުގަ.. މިހާރުވެސް ރިޔާސީވެރިކަމެއްގަ ގައުމަށް އެންމެ ބޮޑުގެއްލުމެއްދިނީ ނަސީދުގެ ވެރިކަމުގަ. .ނަމަށް ގެންނަ ބަދަލަކުން ގައުމަށް ވާނެ ފައިދާއެއްނެތް.

  18. ބަލާތި

    ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެނެސްފިނަމަ މަޖްލީހުގެ މެމްބަރުން ދައުލަތުގެ ޚަޒާނާ ވަގަށް ނަގާ ހުސްއަރުވާލާނެއޭ އެއީ އެއްގޮތަކަށް ވެސް ބޭނުން ނިޒާމެއް ނޫނޭ ބަދަލުގައި ކުރަންވީ ކަމަކީ ރިޔާސީ ނިޒާމް އިތުރަށް ހަރުދަނާ ކޮށް މިނިސްޓްރީ ތައް ގިނަ ކުރަންވީ މާލެ ސިޓީ ކައުންސިލް އެހިންގާ ގޮތަށް ސީދާ ރައްޔިތުންނާއި ބައްދަލު ކޮށް ރައްޔިތުންގެ މަޝްވަރާ ކޮންމެ ތިން މަހުން އެއް މަހު ކޮންމެ މިނިސްޓްރީ އަކުން ހޯދައިގެން ރައްޔހިތުން އެދޭ ގޮތަށް މިނިސްޓްރީ ތައް ހިންގަންވީ އެއިރުން ރައްޔިތުންނަށް ފައިދާ އެއް ވާނީ މިނިސްޓަރުން މިސަރުކާރުގައި ތިބެނީ ފިލާ އެއްބަސްވުން ތަކުގައި ސޮއި ކުރަނީ ވެސް ދެން މިނިސްޓްރީ ތަކުގަިއ ތިބި ވާނުވާ ނޭގޭ މީހުންނޭ...

  19. ނުވާނެއޭ

    ރާއްޖޭގެ އިގްތިސާދު މިއޮތީ ފުނޑު ފުނޑުވެފައި ސަރުކާރުން ކުރާ ޚަރަދު އިންތިހާ އަށް ބޮޑު ދެން މިރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދު އާބާދީގެ %75 ގައި އެންމެ ގިނަ ވަޒީފާ ތައް ހުރި ރިސޯރޓްސް ތަކުން ކޮވިޑް ތެރޭގައި ދިވެހިން ކަނޑާ ނަގާ އެއްލާލާ އެގެންނަނީ އެހުރިހާ މަގާމް ތަކަށް ދިވެހިންނަށް ވުރެން ބޮޑު މުސާރައިގައި އިންޑިއާ ލަންކާ މީހުން ވާރކް ވިސާ ދެނީ ސަރުކާރުން ޓޫރިޒަމް މިނިސްޓަރު އަޑީގައި ހުންނަނީ މިގޭމް ކުޅުވަން މިކަން ކަމުގެ ވާހަކަ ނޫންތޭ ދައްްކަންވީ ކޮން ބަރުލަމާނީ ނިޒާމެއްގެ ވާހަކަ އެއްތޭ ދައްކަންވީ އެއީ ބޭކާރު ވާހަކަ އެކޭ ކޮންމެ ނިޒާމަކަށް ރާއްޖޭގައި ވެރިކަން ކުރި ނަމަވެސް ދިވެހިންނަށް ފައިދާ އެއް ނުވާނެއޭ އެމްޑީޕީ ރާއްޖޭގެ ވެރިކަން ކޮށްގެން އެއީ ވާނޭ ކަމެއް ނޫނޭ..

    • ބޮސް

      ޢަހަރުމެން ނިކުންނާނަން ރިޔާސީ ނިޒާމަށް ބޮޑުތަނުން އާއެކޭ ބުނަން. ބޭނުމެއްނޫން ބަރުލަމާނީއެއް. ނަޝީދެއް. ޢިބޫ ނުހޮވަންޏާ މިފަހަރު ވޯޓްއަޅާ ފުރާލާނީ ޕްރޮފިސަރ އަށް. ޥަރަށް ވެދުން

  20. އައުޓް

    ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ބޭނުމެއް ނުވޭ ރާއްޖެ އަށް ބޭނުންވަނީ މިހާރު މާލެ ސިޓީ ކައުންސިލުން އެހަދާ ގޮތަށް ކޮންމެ މިނިސްޓްރީ އަކުން ވެސް އެމިނިސްޓްރީން ކުރާ މަސައްކަތް ސީދާ ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ޓަކައި ރައްޔިތުންނާއި އެކު މާޅޭގައި ބައްދަލުވުން ތައް ބޭއްވުން އެއިރުން ބަރުލަމާނީ އެއް ނޫނޭ އެއިރުން އޮންނާނީ ރައްޔިތުމާނީ ނިޒާމެކޭ އެއީއޭ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކީ އިންޑިއާ މީހުން ބޭނުންވާ ގޮތޭ ކެނެރީގެ ނަޝީދު ބޭނުންވަނީ އިންޑިއާ އައުޓް އެމެރިކާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  21. ނާދިރާ

    މައުމޫނޫ.... ނިކަން ކެރެންޏާ ނޫނެކޭ ބުނެބަލަ. އިމްރާނު ބުނެފާނެ ކޮންމެފަދަވާހަކައެއްވެސް. އޭނަ ގެ ވާހަކަ ބާއްވާ

  22. ހަވާސާ އިބޫ

    ނަސީދަކީ ދޮގުވެރިޔެއް މަކަރުވެރިޔެއް ލާދީނީ ފިކުރުގެ މީހެއް ދިވެހިނާއި އިސްލާމްދީނާއި ބީރައްޓެރިމީހެއް

  23. ކޮރަލް

    މީނަ ދައްކާ ވާހަކަ ގަބޫލު ކުރަން ހެޔޮ ނުވާނެ އެވެ.

  24. ތަމެންދޯ

    މީ ރައްޔިތުން އިންޑިއާ އަށް ބްރިޖް ނޭޅޭނެ ކަން ޔަގީން ވެގެން އެވާހަކަ ދައްކާތީވެ އެކަން މަތި ޖަހަން ވެގެން އިންޑިއާ މީހުން ފައިސާ ކޮޅެއް ދިނުމުން ދެން ޖައްސާ ފޭކް ގޭމޭ ތިޔާއީ ތިއަށް ވުރެން މުހިއްމު ނޫންތޭ ނޫސްވެރިން ސުވާލު ކުރިނަމަ ހިޔާ ފްލެޓްސް ތަކުގެ ކުލި ސަރުކާރުން ކުޑަ ނުކުރާއިރު މަޖްލީހުން އެކަން ކުރަން އިސް ރައީސް ނަޝީދު ނުނަގަނީ އެއި ކިއެއްވެތޭ ސުވާލު ކުރިއްޔާ މިރާއްޖޭގެ ނޫސްވެރިން ވެސް އަމިއްލަ އަށް ފެނިގެން އެއްވެސް ސުވާލެއް ނުކުރޭދޯ

  25. ނަސީ

    ބޭކަރު ލާރި ދައުލަތުން އެއްމެ ލޯލާރިއެއްވެސަ މިބަރުލާމާނީ ކަންތަކައް ހަރަދުކޮއްގެންނުވާނެ، ރައްއިތުން ހަމަ ތިބެނީ އަދާލަތާ ޖުމްހޫރި ޕާޓީއަކުނޫން އަދިވެސް މެޖޯރެޓީ މީހުން ތިބީ އެއްވެސް ޕާޓީއެއްގައި ނުހިމެނި

  26. ޖައްސާތި

    ދުނިޔޭގެ ނިޒާމް ހިނގާ ގޮތަކީ އެއީ ކެޔޮ ގަނޑު ކަނޑާލީމާ ގަހުގެ ބޭނުންދިޔާއޭ އެއީ އެކަން އޮންނަ ގޮތަކީ މިހާރު ކޮންމެހެން ދައުލަތުން މުސާރަ ދީގެން ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުގައި ބަހައްޓާނެ ކަމެއް ނެތޭ އޭނާގެ އެއްވެަސް ބާރެއް މަޖްލީހުގައި އަދި އެމްޑީޕީ ގައި ވެސް ނެތޭ ދެން ރިޔާސީ ނިޒާމަށް ރައީސް އިބޫ އާްއި އަދި ގާސިމް އާްއި ޕީޕީއެމް ތާއީދު ކުރާނަމަ މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ވަކިކުރަން ވީއޭ ބަރުލަމާނީ ނިޒާމް އެއިރުން އޮޅާލެވުނީއޭ ދެން އޭނާ މަޖްލީހުގެ މެމްބަރު ކަމުން ކެނެރީގެ ނަޝީދު ވަކި ކޮށްލާނީ ގާނޫނު އަސާސީ އަށް ބަދަލުގެނެސްގެން އެއިރުން ދެން މަޖްލީހުގެ މެމްބަރުން ވެސް ބޭނުން ގޮތަށް ނުވެސް އުޅޭނެ ނޫންތޭ..

  27. ކައުންސެލަރު 🙌

    މީނާ ނޫންގޮތެއް ރާއްޖެއިން ހޯދަންވެއްޖެ

  28. ސިމާ

    އަދާލަތުންނާއި އެމްއާރުއެމް އިން އެބުނަނީ ނިޒާމީ ވޯޓަކަށްދާން އެއްބަހެއްނުވަމޭ.އެކަމަކު މީނަ މިކިޔަނީ ކީކޭ؟ދޮނގުހަދާ އޮޅުވާލިޔަސް ބޮޑުވަރު.މީ ހަމަ ސީދާ އޮޅި ސަރުކާރެއް.