އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ބައްދަލު ކުރެއްވި ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމުން ޖުޝިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ އިސްމެޖިސްޓްރޭޓް ހާޝިމް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކެއްގެ 'ޚަސްމަކާ' ބައްދަލުކުރިކަމަށް ބުނާ މައްސަލައެއް ތަޙްޤީޤުކުރުމަށް ކޮމިޝަނުގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާތީ، މިމަހުގެ އެއްވަނަ ދުވަހު ބޭއްވި އެކޮމިޝަނުގެ މިއަހަރުގެ 66 ވަނަ ޖަލްސާގައި މި މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވާ ކަމަށެވެ.

ހާޝިމްގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމާފައިވާއިރު، އައްޑޫސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުގައި ތިބި ގޯތިތައް ކައުންސިލަށް ނެގުމަށް ނިންމި ނިންމުން ބާތިލު ކުރުމަށް އާންމުން ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް މޭޔަރު ނިޒާރު ވަނީ ހާޝިމް އާއި ބައްދަލު ކުރައްވާފައެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ގޯތީގެ މައްސަލަ ކޯޓަށް ވެއްދި ފަރާތްތަކުގެ ތެރެއިން ފަރާތެކެވެ.

ގޯތި މައްސަލައިގައި މޭޔަރު ނިޒާރު މެޖިސްޓްރޭޓް ހާޝިމް އާއި ބައްދަލުކުރި ނަމަވެސް، ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ކައުންސިލާއި ދެކޮޅަށެވެ. އެގޮތުން ކޯޓުން ވަނީ އެ ބިންތައް ކައުންސިލަށް ނުނެގޭނެ ކަމަށާއި ބިންތައް ނެގުމަށް ނެރުނު އިއުލާނު ބާތިލުވާނެ ކަމަށް ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޖުމީ

    ހަބަރު ގޯސް އެހުކުމް ކައުންސަލް އެކޮޅަށް ފަހުމައްސަލަ ދެކޮޅައް

    5
    1