މިދިޔަ މޭއި މަހުގެ ހަ ވަނަ ދުވަހު އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ދިޔަ ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އެ ހަމަލާގެ ސަބަބުން އެމަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާ ލިބުނުކަން ފާހަގަކުރައްވައިފައެވެ. އެގޮތުން މިހާރުވެސް ކަނާތުގެ ތިން އިނގިލި މުޅިން ރަނގަޅުވާނެ ކަމުގެ އޮތީ ފަނޑު އުންމީދެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކަނާތުގެ ތިން އިނގިލި އައްސިވެފައި އޮންނާތީ އެ ތިން އިނގިލި އަދިވެސް ބޭނުން ނުކުރެވޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ލިބުނު އަނިޔާ އަށް ބަދަލު ބޭނުންވެ ވަޑައިގަންނަވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ދިޔަ ނަގަން ބޭނުން. އަޅުގަނޑުގެ ވަކީލަށް ތިޔަ ކަންތަކާ ބެހޭގޮތުން ބޮޑަށް ސާފުވެވަޑައިގަންނަވާނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ބޭރަށް ވަޑައިގެންނެވި ގޮތަށް އެނބުރި ރާއްޖެ ވަޑައިނުގެންނެވޭ ފަދަ ހާލަތްތަކެއް އޮތް ކަމަށް އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވިދާޅުވެއެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ފުލުހުން ކުރާ ތަހުގީގު ފުރިހަމަ ނުވުމެވެ. އެއީ ހަމަލާ އަށް ފަންޑު ކުރި މީހުން ހޯދުމުގައި ކަމާބެހޭ ފަރާތްތަކަށް ނުކުޅެދިފައި އޮތުމުން ކަމަށް އެމަނިކުފާނު ކުރިން ވަނީ ވިދާޅުވެފައެވެ.

ސަލާމަތީ ސަބަބުތަކަށްޓަކާ ރާއްޖެވަޑައިގެންނެވެން ނެތުމުން މަޖިލީހުގެ ޗުއްޓީ އިތުރު ކޮށްދެއްވުމަށް އެދިވަޑައިގެން މަޖިލީހުގެ އިދާރާއަށް ނަޝީދު ފޮނުއްވި ސިޓީއެއްގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި، އެ ހަމަލާ ރާވައި ހިންގި ފަރާތްތައް ނުހޯދޭހާ ހިނދަކު ރައްކާތެރިކަން ކަށަވަރު ނުވާނެތީ ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާ ކަމަށެވެ.

ނަޝީދަށް މިފަދަ ހަމަލާ އެއް ދީފައި ވާއިރު ރައީސް ނަޝީދު ގެންދެވީ ނިރުބަވެރި ޖަމާއަތްތައް ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި ތިބި ކަމަށާއި އެ މިހުންނަށް ފުލުހުންނާއި އެމްއެންޑީއެފްގެ އިސް މީހުން ހިމެނޭ ގޮތަށް ވާގިވެރިވާ ބަޔަކު ތިބި ކަމަށް ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ.

މާލޭ ނިލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައިގެން ރައީސް ނަޝީދު އަށް ހަމަލާ ދިނުމަށް ބޭނުން ކުރި ގޮވާ އެއްޗަކީ 2007 ވަނަ އަހަރު ސަލްޓަންޕާކުގައި ގޮއްވާލި އައިއީޑީއަށްވުރެ އެތައް ދަރަޖައެއް ބާރުގަދަ އެއްޗެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ފާހަގަ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހިހިހި

    އޮރެންޖެއް ދެވިދާނެ 🤭

    12
    1
  2. ލޮލް

    ލާރިގަނޑެއް ލިބެން އޮއްވާ އެހޯދަން ދެކޮޅު ހަދާނީ ކާކުތޯ؟ މިހާރުވެސް މަސައްކަތަށް ހާޒިރުނުވެ ބަރާބަރަށް މުސާރަ ނަގަމުން އެގެންދަނީ. މާދަމާވެސް ޕޯޑިއަމެއް އަތުޖެހޭ އިރަށް ރައްޔިތުމީހާ ވެގެން އުޅޭނެ. އަންނި އަކީ ލަދުހަޔާތުގެ ޒައްރެއްގެމިންވަރުވެސް ހުންނަ އާދަމުގެ ދަރިއެއްނޫން.

    20
    2
  3. ޑޫރާމާ ގެރި

    ފޮޓޯގަނޑުގަ އެ އޮތީ ބޮޑު އޮޅުވާލުމެއް މޫނާ އެއްކޮއް އެންމެ ފޮޓޮއެއްވެސް ނުނަގަ.. ދޮގު ހަދާ ފާސިގެއް

    18
    2
  4. ޖާބިރު

    އަަދޭ! މިގޭގެ ބޮޑުފެންވަޅު ދިޔަ ނުހިއްކާތާ ވަރަށް ދުވަސް ވެއްޖެ.. ބޭނުން ވަރަކަށް ގެންދޭ.... ދިޔަ!

    16
    2
  5. Anonymous

    ފަރުވާ ކުރި މީހުން ކައިރީ ބުނިންތަ ތިޔަތައް ރައްކާ ކުރަން ، ދައުވާ ކުރާ ވަރުގެ ވަރަށް ބޮޑު މައްސަލައެއް އެނެކާ ތިޔަ ޖެހުނީ.

    18
    2
  6. އަހުމަދު

    މިދެން ކިހާ ބޮޑުވެއްޖެކަމެއް. މިގައުމުގަ ނެތީތަ އެލެކްސް އާ ރާގޮނޑި ރާޖާ ފިޔަވާ އިތުރު މީހަކު؟

    މިދެމީހުންގެ ކަންތަކުގަ ޖެހި މުޅިޤައމު ހަފުސްވަނީ.

    ކުށެއްނެތް ކިތައް ރައްޔިތުން ރާއްޖޭގެ ޖަލުތަކުގައި އެބަތިބިކަން ދަންނަ މީހަކު އެބަ އުޅޭތަ ؟

    ހައްގު ގެއްލިފައިތިބި ދިވެހި އަދި މުސްލިމު ރައްޔިތުން ބައިވަރު.

    އެކަމު މިހާރުވެސް ދައުލަތުން ބޮޑު ހޭދަތައް ކޮށްގެން ގެންގުޅެންޖެހޭ މިދެ މީހުންނާހެދި މިތަން މުޅިން ހަފުސް ކުރަނިއްޔޭޭ މިވެރިން.

  7. ހުސޭނުބޭ

    ކަލޯ ދިޔަނަގަން މަރުވީތަ؟ މަރުގެ ދިޔަ އޮންނަނީ! ދެން އޮތީ ގެއްލުމުގެ ބަދަލު ނެގުން! ޔޫކޭގައި ހުރެގެން ދިޔަ ނަގަންޏާ ޖެހޭނީ މުރަގަފަތު ދިޔައާއި ގަރުދިޔައާއި ގަންޖާފަތު ދިޔަ ނަގަން!

  8. ބޯހަލާކު

    ރާއްޖެ ވަޑައިނުގެންނެވޭ ހާލަތުގައި ދުވަސްތައް ދިގުދެމިގެންދާއިރު ވެސް ރައީސްކަމުން އިސްތިއުފާދެއްވުމުގެ ވިސްނުނުންފުޅު ނެތީތޯ؟

  9. ބީރުމީހާ

    މިހާރުވެސް ދިޔަ ދެމުންދެމުންދަނީ ރައްޔިތުން ފެލައިގެން އަދިވެސް ހިތްޕުޅު ނުފު ރެނީތޯ ދެން ދެވޭނީ ގަރުދިޔަ

  10. މަރިންދީ

    ދިޔަވެސް ނުނަގަންވީ ސަބަބެއްނެތް.މިހާރުވެސް މަޖިލިސް މުސާރަވެސް ނަގަނީ ވިއްޔާ.ސިވިލްސާވިސް މުވައްޒަފަކު އެއްދުވަހު މިނިޓެއް ގަޑި ޖެހުންސް ގަޑީ ލާރިވެސް ކަނޑާލާ.މިގައުމުގަ މިއޮތީ ކުޑަކާށި ބޮޑުކާށި އުސޫލު.

  11. ނީސް

    ރައްޔިތުންގެ ޓެކްސްލާރިން ބޭސްކުރަނީ ދެންކޮން ދިޔައެއްގެ ވާހަކަތަ ތިދައްކަނީ ނުޖެހޭނެ ދިޔަ ދޭކަށް

  12. Anonymous

    ޓި ދޮގެއް އެމަކުފާނު ބޭނުމެއްނުވާނެ އެއްވެސް އެއްޗެއް

    މިމަނިކުފާނު އެމީހުނަށްަ ދިޔަދެއްވާނެ