ސްކޫލް ދަރިވަރުންގެ އެތައް ފޮތެއްގައި ކީރިތި ޤުރުއާންގެ އާޔަތްތައް ނުބައިކޮށް ލިޔުމަކީ "ހިއުމަން އެރާއެއް" ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރައީސް ސޯލިހްގެ ސަރުކާރުން ކުރާ ހުރިހާ ކަމެއް ދިފާއު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްތަނެއް ދެތަނެއްގައި ޤުރުއާން ނުބައިކޮށް ލިޔެވިފައި އޮތްނަމަ އެއީ ހިއުމަން އެރާއެއް ކަމަށް ބުނެވިދާނެ ކަމަށެވެ. "ނަމަވެސް އެތައް ތަނެއްގައި މިސްޓޭކް ހުރުން އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވޭ. ވަރަށް ފަރުވާ ކުޑަވެފައި މިއޮތީ. މިއީ ﷲގެ ކަލާމްފުޅު ވިއްޔާ." އަލީ ޒައިދު ވިދާޅުވިއެވެ.

މިހާތަނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ހަތަރު ގްރޭޑެއްގެ އިސްލާމް ފޮތުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައި އެބައޮތެވެ. އޭގެތެރޭގައި ގްރޭޑް-1 ގެ ފޮތުގެ އިތުރުން ގްރޭޑް-2 އަދި ގްރޭޑް-10 އާއި ގްރޭޑް-12 ގެ ފޮތް ވެސް ހިމެނެއެވެ. ބައެއް ފޮތްތަނުގައި ތިން ހަތަރު ތަނުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައި އެބައޮތެވެ.

އިސްލާމް ފޮތްތަކުގެ ގިނަ ސޫރަތްތަކެއް ނުބައިކޮށް ލިޔެވިފައިވަނީ އިސްލާމިކް މިނިސްޓްރީ ތެރޭގައި އޮންނަ ފޮތް ފާސް ކުރާ ކޮމިޓީން އެންމެ އެކަށީގެންވާ ވަރަށް ބެލިފައިނުވާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އިއްޔެ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެއީ ސަރުކާރުން ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައިވާ ފޮތްތައް ދަރިވަރުންގެ އަތުން އަތުލުމަށް މިހާރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޓައިޕްސެޓަރ

  ޓައިޕްސެޓް ކުރާއިރު އެކަހަލަ ކަމެއް ވެދާނެ.
  ކޮބާ ޕަބްލިޝިން އަށް ދިނުމުގެ ކުރިން ރަގަޅުތޯ ޕްރޫފްރީޑް ކުރުން ކޮބާ؟!

  2
  1
 2. Anonymous

  ކަލޭ ގަބޫލް ކުރަން ޖެހޭނެ އެއްނު.

  8
  1
 3. މާމީ

  ރަސޫލާއައް ފުރައްސާރަ ކޮއް ގުރުއާނައް ހަޖޫޖެހި ބަޔަކާ އެއްކޮއް އުޅޭ ބަޔަކައް މިދެން މާބޮޑުކަމަކައް ނުވާނެ،،،،

 4. ހުސޭނުބޭ

  ރިޝްވަތުނަގާ ގާޒީންނާއި ނާއިންސާފުން ޙުކުމްކުރާ ގާޒީން ހިމާޔަތުގައި ހުންނަ މީހެއް ތިއީ

 5. މުހަންމަދު ނަސީދު

  ބަރާބަރު

 6. 😂😂😂

  ގުރުއާން އޮޅުވާލީ ގުންޑާ ސަރުކާރު ވީމަ ތައުބާ ވާކަށް ނުޖެހޭނެތަ ޒައިދާ! އެވާހަކަ ދައްކާ މީހުން ދޯ ތައުބާ ވާން ޖެހޭނީ.