ކްރިމިނަލް އަދި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިތުރުކޮށްފި އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ހޯދަން ޖޭއެސްސީން ކުރި އިއުލާނުގެ މުއްދަތު ހަމަވީ މިއަދުއެވެ. ނަމަވެސް ޖޭއެސްސީ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ހަތް ފަނޑިޔާރުން ތިއްބެވި އިރު ސިވިލް ކޯޓުގައި މިހާރު ތިއްބެވީ ޖުމްލަ 12 ފަނޑިޔާރުންނެވެ. ފަނޑިޔާރުކަމުގެ ޝަރުތަކީ ގާނޫނީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ.

ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ތިން މަގާމަށް ކުރިމަތިލުމަށް ހުޅުވާާލި މުއްދަތުވެސް މިއަދު ހަމަވާނެކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު