ޅ.ކުރެއްދޫ ރިސޯޓުގައި މޫދަށް އެރި އުޅުނިކޮށް ގެނބުނު ފަަތުރުވެރިޔާ މަރުވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ކުރެއްދޫ ރިސޯޓުގެ މަނާ ސަރަހައްދަކަށް މޫދަށް އެރި އުޅެނިކޮށް ގެނބުނީ އިންޑިއާގެ ފަތުރުވެރިއެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެ ރިސޯޓްގައި މޫދަށް އެރި އުޅުނު އިންޑިއާގެ 40އަހަރުގެ ފިރިހެން ފަތުރުވެރިއަކު ހަރަކާތެއް ނެތި އިއްވާ ފެނިފައިވާކަަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:40 ހާއިރު ކަމަށވެ.

އަދި އެ މީހާ ޅ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެެވެ.

ފުލުހުން ވަނީ މިހާދިސާއާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ވިދާޅުވެފައެވެ.