އެނބޫދޫ ފަޅު ކައިރިއަށް ޑައިވިންގއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ހާލު ދެރަވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެއީ ސަފާރީއަކުން ޑައިވިންގއަށް ދިޔަ 49 އަހަރުގެ ޖަރުމަން ފަތުރުވެރިއެއް ކަމަށެވެ. އަދި އެ ފަތުރުވެރިޔާ މާލެ ގެނައުމުގެ މަސައްކަތް ކޮށްފައި ވަނީ އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެެވެ.

އަދި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 14:10 ހާއިރުކަަމަށްވެސް އެމްްއެންޑީއެފް އިން ވިދާޅުވިއެވެ.

މިއީ ކަނޑުމަތީގައި މިއަދު ހިނގި ދެވަނަ ހާދިސާއެވެ.

މީގެ ކުރިން މިއަދު ހެނދުނު ޅ.ކުރެއްދޫ ރިސޯޓުގައި މޫދަށް އެރި އުޅުނިކޮށް ގެނބުނު ފަަތުރުވެރިޔާ ވަނީ މަރުވެފައެވެ.

ޅ.ކުރެއްދޫ ރިސޯޓުގައި މޫދަށް އެރި އުޅުނިކޮށް ގެނބުނު ފަަތުރުވެރިޔާ މަރުވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ކުރެއްދޫ ރިސޯޓުގެ މަނާ ސަރަހައްދަކަށް މޫދަށް އެރި އުޅެނިކޮށް ގެނބުނީ އިންޑިއާގެ ފަތުރުވެރިއެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެ ރިސޯޓްގައި މޫދަށް އެރި އުޅުނު އިންޑިއާގެ 40އަހަރުގެ ފިރިހެން ފަތުރުވެރިއަކު ހަރަކާތެއް ނެތި އިއްވާ ފެނިފައިވާކަަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:40 ހާއިރު ކަމަށަވެ.