ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތްތަކުގެ ސްޓޮކް މަދުވަމުންދިއުމާއި، ކުނީގެ ސަބަބުން ކަނޑުތައް ތަަޣައްޔަރުވަމުން ދާތީ އެންވަޔަރަމެންޓް މިނިސްޓަރ އައިމިނަތް ޝައުނާ ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

ކަނޑުތައް ހިމާޔަތްކޮށް އެތަންތަން ބެލެހެއްޓުމަކީ އެންމެންނަށްވެސް އޭގެ ފައިދާ ކުރާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ މިހާރު ފްރާންސް މާރސޭގައި ކުރިއަށްދާ އައި.ޔޫސީ.އެން ވާލްޑް ކޮންޒަވޭޝަން ކޮންގްރެއސް ހައި ލެވެލް ޑައިލޮގްގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ހިމާޔަތް ކުރުމުގެ މުހިންމުކަމުގެ މައްޗައް އަލިއަޅުވާލެއްވިއެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމުތަކަށް މިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވާ އިގްތިސާދުތަކަށް، ކަނޑުތަކާއި، ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތަ ހިމާޔާތްކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަމަކީ ވަކި ގައުމުތަކަށް ކުރެވޭވަރަށް ވުރެ ބޮޑު ކަމެއް ކަމަށާއި، ހުރިހާ ގައުމެއްގެ އެއްބާރުލުން މިކަމުގައި ބޭނުންވާނެ ކަމަށެވެ.

ރާއްޖެ އަކީ މަސްވެރިކަމުގައި ތިމާވެއްޓާއި ރައްޓެހިގޮތްތަކެއް ބޭނުންކުރާ ގައުމެއް ނަމަވެސް، ރާއްޖެ ބޯޑަރުން ބޭރުގައި ބައެއްބާވަތްތަކުގެ މަސްވެރިކަން ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް މަސްވެރިކަމަށް ބަރޯސާވާ ރާއްޖެ ކަހަލަ ގައުމަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އދގެ 'ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޓިކްސް' ގެދަށުން 2030ވަނަ އަހަރުގެ ކުރިން ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ހުރިހާ ގައުމަކުން ވެސް މަސައްކަތް ކުރުމަށް މިނިސްޓަރ ޝައުނާ ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ީަަްއަހުމަދު

  ާތީހުސްފޭކު،ތިމިނިސްޓަރު އައިސްގެން ނޫންތޯ މިގައުމަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރަން ހުއްދަދިނީ..ދެންކޮން ތިމާވެއްޓޭ ކިޔާކަށް

  12
  1
 2. ާހހަހަހަހ

  ތިކަހަލަ ކުނި ގިނަވީމަ އަހަރުން މާ ކަންބޮޑުވޭ

  18
 3. އިނގޭތޭ

  ކޮން ކަނޑެއްތޭ ތައްއްޔަރު ވާނީ ތަމެން ތިޔާ ނޫން އެހެން ކަނޑު ކޮހެއް ގޮވޭތޯ ބަލަގަ އިނގޭތޭ

 4. މިތުރާ

  ށައުނާ ތިހެންބުނި ވަގުތު ތެރޭ ،ރާއްޖޭގެ ގޮޑުދޮށަށް ލައް ކައިން ޕުލާސްޓި ކު ކޮތަޅާ ކުނި އު ކާ، ތަންތަނަށް އަރާ މޮޅެތި ވާހަ ކަ ނުދައް ކާ ، ހަރަ ކާތް ތެރިވާންވީ، މީހުން ހޭލުން ތެރި ކުރުވާ، ކުނި އަޅާމީހުން ބޮޑު އަދަދުން ޖުރިމާނާ ކޮށް، ކުނި އު ކާލެވޭނެ ގޮތް ހަމަޖަސްސާ،،މޫދަ ކީ ގޮޑު ކުނި އު ކަން އޮންނަ، ގޮޑެއްނޫން! މޫދުގަ އުޅޭ ދިރޭ އެއްޗެހީގެ ބަންޑުގަވެސް ޕުލާންޓި ކު މައި ކުރޯ ޕުލާސްޓި ކު، މޫދަށް ފީނާ މީހުންގެ ބަންޑުންވެސް ޕުލާސްޓި ކު ފެންނާނެ ފަހުން، އެންމެން ވެސް މޫދައް ކުނި ނާޅަންވީ! ރީތި އެންމެނަށް ވެސް ރީތި،

 5. ޙހހހ

  ކަންބޮޑުވެޔޭ ބުނީމަ ޒިންމާ ކެނޑުނީތޯ ، ބަލަ ރާއްޖެ އެތަށް މަސްވެރިންނެއް ތިވާހަ ކަ ކިޔަ ކިޔާ ހުއްޓާ ޝައުނާމެން އުފަންވީވެސް ، ތި ހުރިހާ ކަމެއް ގުޅިފާ އޮންނަނީ މުއްސަނދި މަހްޖަނުންނާއި ބޮޑެތިވެރިންނާ ، އެމީހުންގެ ނުބާ ކަމާއި ކަންޏެއް ކަން ބަލާލީމަ ފެންނާނެ ހުރިހާ މުޑުދާރު ކަމެއްގެ އަސްލަ ކީ އެއީ ކަން

 6. ކުނިކޮތަޅު

  ދެން ބުނޭ މިނިސްޓަރުގެ ގެއަށް ހުރިހާ ކުނި ގެންނާށޭ

 7. ހއ

  ކަންބޮޑުވެގެން ކުރެވޭކަމެއް އެބައޮތްތަ ހުސްއަގަ ގަޑިފުރަން

 8. Anonymous

  ދައުލަތުގެ މިނިސްޓަރ އަކައް އެތީސްޓް މުރުތައްދުވެފައިވާ މީހުން ލުމުކީ ގައުމުގެ ކުރިމަގު ބަނަވާ ކަމެއް

 9. ތަމެންދޯ

  ތަމެން މިހާރުން މިހާރަށް ބުރުގާ އަޅާ އަދި ތަމެންގެ ވަނާ ތައް ފޮރުވޭ ގޮތަށް ހެދުން އަޅަން ވިސްނުން ގެންގުޅެން އެބަޖެހެއޭ އިސްލާމީ ގައުމެއްގެ މިނިސްޓަރުން ނަކީ އެއީ ޕާރޓޭން ގޮތަށް ބޯހާވާލައިގެން ދީނުގައި މަނާ ކުރާ ވައްތަރު ހެދުން އަޅައިގެން އާންމުންގެ ތެރެެއަށް ނިކުންނަން ޖެހޭނެ ބައެއް ނޫނޭ އިނގޭތޭ ތަމެން އިސްލާހު ވާން މަސައްކަތް ކޮށް އެމަގުން ތަމެން މަސައްކަތް ފަށާ ހުށި ކަމޭ އިނގޭތޭ..