ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވަން އަންގައި ވަޒީރަކު ޓެލެގްރާމް އިން ސީކްރެޓް މެސެޖެއް ކުރި ކަމަށް ޓްވީޓް ކުރައްވާފައި ނުވާނެ ކަމަށް ޔާމީންގެ މައްސަލަ ފުރަތަމަ ބެއްލެވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަށް ވަޒީރަކު މެސެޖް ކުރެއްވި ކަމަށް ނޫސްތަކުން ޚަބަރު ގެނެސްދީފައި ވަނީ ފޭކް ސްކްރީން ޝޮޓެއް ބަލައިގެން ކަމަށެވެ. އޭނާ ވަނީ އެޚަބަރު ރިމޫވް ކުރުމަށް ފަހު ނޫސްތަކުން މާފަށް އެދެން ވެސް އަންގާފައެވެ.
2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ހައިލަމް ނެރުއްވި ބަޔާނެއްގައި ވެސް ވަނީ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރު ކަން ދިނުމަށް، މިސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެދިވަޑައިގަތް ކަމަށް ވިދާޅުވެފައެވެ.
"މި [ނުފޫޒު ފޯރުވުމުގެ] މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހެވެ." އޭރު ހައިލަމް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
ހައިލަމަށް ވަޒީރަކު މެސެޖް ކުރެއްވި ކަމަށް ވިދާޅުނުވާ ކަމަށް ހައިލަމް މިހާރު ވިދާޅުވާތީ، "ވަގުތު" ގައި އެފަދަ ޚަބަރެއް ގެނެސްދެވުމުން "ވަގުތު" އިން މާފަށް އެދެމެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދަނީ ޔާމީންގެ މައްޗަށް ހުކުމް އިއްވި ބެންޗްގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އޯޑިއޯ ލީކް ވުމުންނެވެ.
ޙެއްހެއްހޭ ތި ލިއުނީ އަލީ ޒާހިރު ކަންނޭނގެ
ބޯ ހަމަ ޖެހޭ ސޮރެއް ހެން ހީނުވޭ....
ދެން ކީ ކޭތޯ ޕޯޑިއަމަށްއަރާއެ ކިޔަނީ ؟ ފިތުނަފަސާދައުފެއްދުންނޫން ކަމެެއްނެތް !!
ދެން ހަމަ މާފް ކުރަންވީތަ... ތިގޮތަށް ކިތައް ޚަބަރު....
ހާދަ ލަހަ ކުންނޭ ހައިލަމާހަމަޔަށް ޙަބަރުތައްދަނީ އެވާހަ ލިޔުނުތާ ތިންހަތަރުދުވަސްވީފަހުން ރޭ ކާލީ ބަޔާނެނެރެން...ތިފަޑިޔާރު ރަގަޅޭ ގޯހީ ކިޔުންތެރިން. ނުފޫޒެނެތް ކަން އިގޭ ތި ކަމުންވެސް.. އަލްހާނުފަހުމީވެސް ގަބޫލު ކުރާނެ ތިފަޑިޔާރުގެ ނަޒާހަތްތެރި ކަން....
ހެޔޮވާނީ ކިހިނެއްތޯ؟ މަނިކުފާނު އެވާހަކަ ޓްވީޓާގައި ލިޔުއްވާފައި ކުޑައިރުކޮޅެއްގެތެރޭގައި ޓްވީޓް ޑިލީޓް ކުރެއްވިއިރު އެ ޓްވީޓްގެ ސްކްރީންޝޮޓްތައް ހަމަ އެދުވަހު ދައުރުވާންފެށި! މިއަދު ތިޔަ ވިދާޅުވަނީ ވަޒީރަކު ގުޅުއްވިއޭ އެކަމަކު އެވާހަކަ ޓްވީޓާގައި ނުލިޔުއްވަމޭ! ދެން ކިހިނެއް ކާކަށްތޯ މިޒަމާނުގައި އަޅުިގަނޑުމެން ޢިތުބާރުކުރަންވީ؟
ހައިލަމް އެހެރީ ވައިލަމަށް ވެފައި
ބޮޑު ވެއްޖެއޭ ދޯ 🤦♂️ ބައްދޫރު ދޮގުވެސް ހަދަން ދަނެއޭ ދޯ ފިސާރި. ތި އުޅުން އިސްލަހު ކޮށް ބަލަ! ޕިސް ޕިސް.