އެމްއެމްއޭގެ ގާނޫނު އޮންނަ ގޮތުން މާލީ އިދާރާއަކުން ދޫކުރާ ލޯނުތައް ލިބޭ ފަރާތްތައް ނޫނީ އެ އިދާރާއެއްގެ ކަސްޓަމަރުންގެ މައުލޫމާތު ދިނުމަކީ ކުރެވޭނެ ކަމަކަށް ނުވާނެތީ ރައްޔިތުންގެ މަޖިލީހަށް އެ މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެސްއެމްއީ ކުންފުނި މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރަމުންދާ ލޯނުގެ މައުލޫމާތާއި ލޯނުގެ ފައިސާ ލިބެމުންދާ ފަރާތްތަކުގެ މައުލޫމާތު ލިޔުމުން މަޖިލީހަށް ފޯރުކޮށްދިނުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއެވެ.

މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަލީ އާޒިމް އެދިވަޑައިގެންނެވި މައުލޫމާތުތަކުގެ ތެރޭގައި ލޯނު ލިބުނު ފަރާތްތަކުގެ ތަފްސީލީ މައުލޫމާތުތައް ވެސް ހިމެނެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ އިއްވައިދިން މިނިސްޓަރު ފައްޔާޒުގެ ސިޓީގައި ފާހަގަ ކުރައްވާފައިވަނީ އެސްއެމްއީ އިދާރާއަށް ލައިސަންސް ދޫކުރީ އެމްއެމްއޭގެ ގާނޫނުގެ ދަށުން ކަމުގައިވާތީ ގާނޫނުގައި އޮންނަ ގޮތުން ކަސްޓަމަރުންގެ މައުލޫމާތަކީ ސިއްރު ކުރަން ޖެހޭ މައުލޫމާތެއް ކަމަށެވެ.

މި ކަން އެމްއެމްއޭއިން އިކޮނޮމިކް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް މިނިސްޓަރުގެ ސިޓީގައިވެއެވެ. ނަމަވެސް މަޖިލީހުގެ ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރުމަށާއި މިނިސްޓްރީއަށް އިލްޒާމްތައް ވެސް ބަޔަކު އަޅުވަމުން ގެންދާތީ މައުލޫމާތު ދެވެން އޮތް ވަރަކަށް ދިނުމަށް އެސްއެމްއީގައި އެދިފައިވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ޚިއްސާ އޮންނަ ގޮތަށް ވަކި މާލީ އިދާރާއެއް އުފައްދައި ލޯނުތައް ދޫކުރަން ފަށާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރަން ރައީސް އިބްރާހީމް މުހައްމަދު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ފުއްދެވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާޢަބްދުﷲ

    އެސްއެމްއީ ލޯނު ދިން މީހުންގެ މައުލޫމާތު މަޖިލީހަކަށް ނުދިން

    17 ސިކުންތު ކުރިން ( ސެޕްޓެމްބަރު 7, 2021 )

    ކޮބާ ކަމެކޭ ހީވެއްޖެތާ ؟ އަދި ލީކުވާނެ .އޭރުން މަޖްލިހަށް ވެސް ލިބޭނެ.

    # India Out # India Out # India Out

    رئيس يامين عبد القيوم ވަގުން ވަގްތައް މިނިވަންކުރޭ

  2. މަގޭ ޚިޔާލު

    ނުދޭނެއެއްނު..އެދިނީ ރީދޫ ކުދިންނަށް ވިއްޔަ

  3. ޞާރި

    ދީގެން ނުވާނެ

  4. އަބުދު

    އެއްވެސް ގާނޫނެއްގަ އެބުނާ ސިއްރުލަފްޒު އޮތްކަމުގަވާނަމަ އަވަހައް އެކަނޑާލަން އަލީ އާޒިމް ހުށަހަޅާލަދީބަލަ. އެއިރުން ތި ފޮށިފަޅަން ގެންގުޅޭ ދައުލަތުގެ ސިއްރޭކިޔާ ދަތްދަނގަނޑު އެމީހުން އަތުން ގެއްލިދާނެ.

  5. ަަަަަަަަައިބްރީ

    ލޯނެއް ދިންނަމަތާ ދޭނެ ނަމެއް އޮތީހީ.............................

  6. ނާދިރާ

    ފާޓީ މީހުނަށް ބަހާލީތަ