މަސްތުވާތަކެތީގެ ވަބާގައި ޖެހި، ވަންނާނެ ތަނެއް ނެތި 547 މީހުން މާލޭގައި "މަގުމަތިވެފައި" ތިބި ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިސްލާހުކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން އެންޑީއޭ، ޖެންޑާ އަދި ފުލުހުން ހިމެނޭ ގޮތަށް 11 އިދާރާއެއް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ 547 މީހުންނަކީ ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި އެކަނިވެސް ފުލުހުންނަށް ފާހަގަވެފައިވާ މީހުން ކަމަށެވެ. އެ މީހުން މަސްތުވާތަކެތި ބޭނުންކުރަނީ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ގެތަކުގައެވެ. އެފަދަ އެތައް ގެތަކެއް މާލޭގައި އެބަހުއްޓެވެ. އެ ތަންތަނުގެ ފޯރިމަރަން ފުލުހުން ވަނީ ފަށާފައެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ޝާކިރު، އަރިހުގައި އޭސީޕީ ރިޔާޒް

ޝާކިރު ވިދާޅުވީ މަގުމަތީގައި އުޅޭ މީހުންގެ ތެރެއިން 335 މީހުންނަށް ޑްރަގް ފަރުވާގެ ނިޒާމުގައި ތިބެން ޖެހޭ ނުވަތަ ފަރުވާ ބޭނުންވާ ފަރާތްތައް ކަމަށެވެ.

މަސްތުވެގެން މަގުމަތީގައި އެންމެ ގިނައިން އުޅެނީ 30-18 އަހަރާ ދެމެދުގެ މީހުންނެވެ.

"31-49 515 މީހުން، 50 އަހަރުން މަތީގެ 31 މީހުން އަދި 20 އަންހެނުން އެބައުޅޭ" އޭނާ ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ އެ އެންމެންނަކީވެސް އެޑިކްޝަން ލެވެލްއަށް ބަލާއިރު ފަރުވާގެ ނިޒާމަށް ވަންނަން ޖެހޭ ބައެއް ކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ނިޒާމުގެ ތެރެއަށް ނުވަންނަ ބަޔަކުވެސް އެބަ ތިއްބެވެ. އެ މީހުންނަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ބޭނުންކުރާ މީހުންނެވެ. އެކަން އެހެން ދިމާވަނީ ގާނޫނުގައި އޮތް ހުރަހެއްގެ ސަބަބުން ކަމަށް ޝާކިރު ވިދާޅުވިއެވެ.

އެންޑީއޭ ޕެޓިޝަނާ ގުޅޭ ގޮތުން ކޮމިޓީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން

އެ ހުރަސް ކުރިމަތިވާ ސަބަބަކީ ހެރޮއިން ބޭނުންކުރާ މީހުންނަށް ދައުވާގެ ބާވަތަކަށް، އޯޕީއެސްއަށް ކަމަށްނުވާތީވެ އުފެދޭ ޝައްކެއްގެ ސަބަބުން ޕީޖީ އޮފީހުން ދައުވާ ނުކުރެވިގެންނެވެ.

"ހެރޮއިން ބޭނުންކުރާ މީހުން އަތުން ނުފެންނަހާ ހިނދަކު ފަރުވާގެ ރަސްމީ ޕްރޮސެސް ތެރެއަށް ނުވަދެ މަގުމަތީގައި ފަރުވާ ނުލިބި އެބަތިބި" ޝާކިރު ކޮމިޓީއަށް މައުލޫމާތު ދެއްވިއެވެ.

ކޮވިޑަށްވުރެ ބޮޑު ޕެންޑަމިކެއް

ޝާކިރު ސިފަކުރެއްވި ގޮތުގައި ކޮވިޑް-19 ބަލިމަޑުކަމާއި އެއްވަރަށް ޑްރަގުގެ ވާބައަކީ ވެސް "ބޮޑު ފެންޑެމިކް" އެއް ނުވަތަ ބޮޑު ބަލިމަޑުކަމެއް ކަމެކެވެ.

"މިއީ ކޮވިޑަށް ވުރެ ބަލިމަޑުކަމެއް" ޑްރަގް ޓްރެފިކް ކުރުމާއި ރާއްޖެއަށް ޑްރަގް އެތެރެ ކުރުމަކީ މުޅި ނިޒާމުގައި ހިނގާކަމެއް ކަމަށް ވިދާޅުވިއެވެ.

ޑްރަގްގެ ގާނޫނަށް 10 އަހަރު ފުރުނުއިރުވެސް އަމަލު ނުކުރެވޭ ގިނަ މާއްދާތަކެއް އެބަހުރިއެވެ.

އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުގެ ދައުވާ ފުރަތަމަ ފަހަރަށް ޕީޖީ އޮފީހުން ވަނީ މިދިޔަ ހަފްތާގައި އުފުލާފައެވެ.

މެންބަރުންގެ ޝަކުވާއާއި ފާޑުކިޔުންތައް

ކޮމިޓީގައި އެކި އިދާރާތަކުން ދެއްކި ވާހަކަތަކަށް ފަހު މެންބަރުންނަށް ފުރުސަތު ހުލުވާލަމުން ހުރިހާ މެންބަރުންވެސް ފާޅުކުރެއްވި ކަންބޮޑުވުމެވެ. ބަންޑުންކޮށްލީ ޝަކުވާ ތަކެކެވެ. އެއްވެސް ވަރަކަށް ހައްލެއް ނުގެނެވެނީ ކީއްވެތޯ އެތައް މެންބަރަކު ސުވާލު ކުރެއްވިއެވެ.

ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވީ މުއައްސަސާތަކުން ދެއްކި ވާހަކަތަކުން ހާމަވި އެއް ކަމަަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ހުރިހާ މުއައްސަސާއެއް ފޭލްވެފައިވާ ކަމެވެ.

"އެކަމުގެ ޒިންމާ މި މޭޒު ވަށައިގެން ތިބި ހުރިހާ ބަޔަކު ނަގަން ޖެހޭ" ސަލީމް ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި މިކަމަށް ހައްލެއް ގެނައުމަށް އެކި އެކި މުއައްސަސާތައް އުފައްދާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ކަމެއް ހައްލު ކުރެވިފައިނުވާ ކަމަށް ވިދާޅުވެ ސުވާލު އުފެއްދެވިއެވެ. ސަލީމްގެ އެންމެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ ވަބާގައި ޖެހޭ ކުޑަކުދިންގެ އަދަދު ގިނަވުމެވެ.

ޕެޓިޝަން ކޮމިޓީގައި މެންބަރު ސަލީމް ބައިވެރިވެވަޑައިގަންނަވަނީ

"ކޮބާތޯ މި އޮފީސްތަކުގެ ބޭނުމަކީ. ޒުވާން ޖީލެއް ހަލާކުވެގެންދާއިރު ކީއްތޯ މިކުރަނީ. ކޮންމެ މުއައްސަސާއަކުން ދައްކަނީ އަނެއް މުއައްސަސާއެއްގެ މައްސަލަ، ޖަލުތައް އެއޮތީ ފުރިފައި. ފުލުހުންނަށް ހުށަހެޅޭ މައްސަލަ އެހާގިނަ ދައުލަތުގެ ބަޖެޓް ކިހާ ހިސާބަކަށް ގެންގޮސްގެންތޯ މި މައްސަލަ ހައްލު ކުރެވޭނީ" ސައްލެ ވިދާޅުވިއެވެ.

"ރަށްރަށުގައި އެކަން ހިނގަނީ އެންމެ ކުރިމަތީގައި. ނުފެންނަ ކަމަށް ހަދައިގެން ސީދާ އަދި ނުސީދާކޮށް މިކަން ހިންގަން ތިބީ. ޓައި އަޅައިގެން އުޅޭ މީހުން" އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ޕެޓިޝަން ކޮމިޓީގައި މެންބަރުން ވަނީ ގިނަ ސުވާލުތަކެއް އުފައްދާފައި

ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން މުގުނީ ވިދާޅުވީ ޕެޓިޝަނާއި ގުޅިގެން އަތޮޅު ތެރޭގައި ހުރި ޑްރަގް ސެންޓަރުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ ކޮން ސަބަބަކާއި ގުޅިގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

"އެއްވެސް ސިފައެއްގައި މި މައްސަލައަށް ފަރުވާއެއް ހޯދިފައެއް ނުވެ" އޭނާ ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ މިއީ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑަނާޅައި ތިބެން ޖެހޭނެ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ކޮންމެ މުއައްސަސާއަކު ބާ އަމިއްލައިން ތިމަންނަމެންގެ މުއައްސަސާއިން އަދާކުރަން ޖެހޭ ޒިންމާ އަދާނުވެ ހުރީ" ފާޑު ކިޔަމުން ޝިފާއު ވިދާޅުވިއެވެ. ޑްރަގުގެ މައްސަލަށް ހައްލެއް ހޯދަން މަޖިލީހުގެ ތެރެއިން ކުރައްވަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އާވިމް

    ސަރުކާރަކީ ޤައުމުގައި ހިގާ މައްސަލަތައް ހައްލުކޮށް ޤައުމުގެ ހަމަޖެހުން ބެލެހެއްޓުމަށް ރައްޔިތުން ހޮވާ މުސާރަދީފައިތިބޭބައެއް. އެކަމަކު މި މީހުންގެ މަސަތްކަތަކީ މައްލަސަ ހުރިކަން ރައްޔިތުންނާ ހަމަ އަށް ފޯރުކޮށްދޭ ބަޔަކަށްވެފަ މިތިބީ. ހަބަރުތަށް ގެނެސްދޭނީ މީޑިޔާތަކުން. އެހެން ސަރުކާރުގެ މުއައްސަސާތަކުން މައްސަލަ ހައްލުކުރަންވީ. މަސްތުވާ ތަކެތީގެ މައްލަޔަކީ އިއްޔެ މިއަދު މިރާއްޖޭގަ ހިގައިގެން އުޅެކަމެއްނޫން. ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތައް ކުފޫ ހަމަނުވާކަން މީގެން ދޭހަވަނީ.

    19
  2. ހައިރާން

    ހައްލު އޮތީ ފެނިފައި. ހައްލުކުރަންވީ ރައްޔިތުންގެ މަޖިލީހުން. އެ ހައްލަކީ ޝަރުޢީ ކޯޓުތަކުގެ ބިތުގައި އެލުވާފައި އޮންނަ ދުއްރަ. އެ ދުއްރައިން މަދުވެގެން ވިއްސަކަށް އެތިފަހަރު ޖަހާފައި ގެޔަށް ފޮނުވަން ފެށީމާ އޮންނާނީ ހައްލުވެފައި.

    20
    5
  3. ހޭންޑްސް ރުގެދަރ

    މި ޕެޓިޝަން ހިށައެޅީ 1050 ސޮއިއާއި އެކު ހޭންޑްސް ރުގެދަރ

    8
    1
  4. ކޮރަލް

    މިކަމާ ކުރީގެ ރައީސް ބަހެއް ނުބުނާނެ އެވެ. ހައްދު ފަހަނަ އެޅުން ފިޔަވާ އެހެން ކަމެއް އެމީހުންނަށް ނުފެނެ އެވެ.

    12
  5. އަބްދުﷲ

    ޢެކަމުގެ ހައްލަކީ އިސްލާމީ ޝަރީޢަތް. ކަލޭމެންގެ ބަހުރުވައިންނަމަ. ހަރުކަށި ފިކުރު.

    25
    2
  6. އަދީފު

    ވެރިކަމުގައި ތިބި ބަޔަކު ދޯ ތިކަން ކުރަން ޖެހޭނީ. ހަރުކަށްޓޭ ކިޔައިގެން މި މީހުން މާ ގިނަ ނޫންތޯ؟ މަސްތުވާ ހަރުކަށި މީހުން ހައްޔަރު ކުރޭ.

    18
  7. އއ

    އަނދިރި ދައުލަތް ބޮޑުވަނީ

    17
  8. ހިނި

    ޒިންމާގެ ވާ ހަކަ ދެއްކެވީމާ އަޅުގަޑުމެންގެ ގާތަށް އަންނަނީ ހިނި ހަމަ ހިނި😆😆😆

    17
    1
  9. ބުމަރޭ

    މިޤައުމުގަ އެންމެ ނުރައްކަލީ ހަރުކަށިމީހުން...ތިއީ މިޤައުމުގަ އުޅޭ ބަލި ކުދިން..ތިއެއްގަ ޖެހި މުޅި އާބާދީ ހަފުސްވިޔަސް އޯކޭ...ހަރުކަށި މީހުން ފަހަތުން ދުވޭ..ހަޤީޤަތުގަ އެއްވެސް ސަރުކާރަކުން މިކަން ހަރުދަނާ ގޮތެއްގަ ހުއްޓުވާކަށް މަސައްކަތެއް ނުކުރޭ....އަހަރެން މިހެން ބުނީމަ ގޯސްވާނީ އަހަރެން..

    18
  10. އަޙްމަދު

    އެއްވެސް ބަޔަކު މިބަލިމަޑުކަމަށް ހައްލެއް ހޯދާދޭކަށް ނޫޅޭ! ހޯމްމިނިސްޓަރަކަށް ޝޭހަކު ހުރުމުގެ ބޭނުމެއްވެސް ނުފެނޭ!

    16
  11. ކަހުރަބު

    ގަދަ

  12. އަބުދު

    ޑުރަގު މިނައްވުރެ އިތުރައް އަތުގަހުރެގެން 15 އަހަރައް ޖަލައްލާއިރު ...... އޭނާ އެހޯދިތަނެއް އަހާބަލާ ހަދާކަމަކައްނުވޭ ކޮވިޑު ޖެހުނީމަ އޭނަޔާ ބައްދަލުވިމީހުން ހޯދަނީ ފެތުރުން ހުއްޓުވުމާއި އޭނާ އާ ހަމަޔައް އެބަލި އައިގޮތެއް ހޯދަން . މިމޭރުމުން ޑުރަގުގެ ކޮންޓެކްޓު ވީފަރާތްތައް ނުހޯދަނީ ކީއްވެބާ ؟ މިޑުރަގުގެ ސިޔާސަތު އޮތީ ދަޅަދައްކާފަ ރަށުތެރޭގަ ފުލުހުން ފަކީރުން ހިނގިޔަސް މިކަމުގެ ކުޑަނަމަވެސް ހައްލެއް އަންނާނެ ގޮތަކައްނޫން.

  13. ހުސޭނުބޭ

    ތިވެސް ބަޔަކު އަޑީގައި ތިބެ ހިންގާ ވިޔަފާރިއެއް! ސަރުކާރުގެ ބޮޑުންގެ ތެރެއިން ކޮންމެވެސް ބަޔަކަށް ތިކަމުގެ ފައިދާވާނެ! ނިކަމެއްޗަކު ކުރާ ކަމެއްނަމަ މިހާރު ތިކަން ހުއްޓުވާ އެމީހަކު ކުޑަގޮޅިއަށް ލައިފީސްކަން ކަށަވަރު!

  14. ޙައްލަކީ.....

    ޙައްލަކީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމެވެ. އުޅޭނޫޅޭ ތަނެއް ބެލުމެއްނެތި، ގެއިން ބޭރުގައި ރައްޓެހިންނާއެކު އުޅުމަށް ދޫކޮށްލުމުގެ ނަތީޖާ އަކީ ތިފަދަ ކުށްވެރިން އުފެދުމެވެ.

    1
    1
  15. ކާފަ

    މަސްތުވެގެން މަގުމަތިވެފައި 547 މީހުން، ހައްލެ ނުހޯދޭތީވެ ކަންބޮޑުވުން!
    މައްސަލައަކީ މަގުމަތިވުނަތޯ ނުވަތަ މަސްތުވުންތޯ.
    މަގުމަތިވުން ކަމުގައި ވާނަމަ ޔާމިނުގެ ކޮތަރު ކޮށިން ތީގެ ކޮންމެ ބަތޮލަކަށް ފްލެޓެއް ވެދުމަށް އަރުވާ.
    މަސްތުވުން ކަމުގައި ވާނަމަ އިސްލާމީ ޝަރީއަތް ޤާއިމުކުރަށްވާ

    5
    1
  16. މިތުރާ

    ހަ އްލުނުވާނެ، އިސްސަފުގަ އުޅެނީ ކަސްޓަމު މީހުންނާ، ޕޮލިހުންނާ، ގާޒީން، ވަކިބަޔަކު މުސްސަދިވާން ޒުވާންޖީލު ހަލާކުވެގެންދަނީ، ތީގެ 7މީހުން ނެތް ފެމިލީ އެއ އްނެތް، ތީގެ ސަބަބުން ފެމިލީ ބަ އި އއެޅި މަގުމަތި ވެ އްޖެ،

  17. ރައްޔިތުމީހާ

    ތީވެސް އަނދިރިދައުލަތުގެ އަޖައިބްކުރުވަނި ސިއްރު ވިޔަފާރިއެއް. އެއްވެސް ބަޔަކު ތިކަން ހުއްޓާކަށް އިޚްލާސްތެރި މަސައްކަތެއް ކުރުމަށް ފަސްޖެހޭ.... ތީ އަޑިނޭގޭހާ ފުން ތިޖޫރީތަކެއް. އިންތިހާބްތަކަށްވެސް މަންފާކުރޭ....ސިޔާސީ ބޭނުމަށްވެސް ފޫބެދޭ... ތީރޭވިގެން ބައިއެޅިގެން ޝެއަރހޯލްޑަރުން ގިނަ ބިޒްނަސްއެއް.... ތިކަން ހުއްޓޭނެ ދުވަހެއް ބޭބެމެން ދުނިޔޭގައި ތިއްބާ ދެކެން ބޭނުންވިއަސް+ ޕާޓީނިޒާމް އޮތްގޮތަކުން އެދުވަސް ބޭބެމެންނަށް ނުފެނިދާނެ.

  18. ދިވެހި ރައްޔިތުން

    ތިތަންތަނުގެ ފޯރިމަރާ ތިމީހުނަށް ރައްކާތެރިކަމާ ޙިމާޔަތް ދިނުން ޕޮލިހުންގެ ޒިންމާއަކީ

  19. Anonymous

    ބޮޑު މުސާރަ ނަގާފަ ބޮޑެތި މީޓިންތައް ބޭއްވީމަ ހުރިހާ ކަމެއް ހައްލުވާނެ.

  20. އިބްރާހިމް

    ރ ޔާމީނާ ތިޔަކަން ހައްލުކުރެވޭނީ

    1
    1