ދަރުބާރުގެ ސަރަހައްދުން ކަރަންޓް ކެނޑިއްޖެއެވެ.

މާލެ އަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ދަރުބާރުގެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.

އެމައްސަލަ ހައްލު ކުރުމަށް ގަޑިއެއްހާއިރު ހޭދަވެދާނެ ކަމަށް ބެލެވޭ ކަމަށް އެސްޓެލްކޯއިން ވަނީ ބުނެފައެވެ.

ދަރުބާރުގެ ސަރަހައްދުން ކަރަންޓް ކެނޑުމާއި ގުޅިގެން އެކަން ހައްލު ކުރުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުން އަންނައިރު، އެސަރަހައްދުން ކަރަންޓް ކެނޑިފައިވާ ވަގުތެއް އަދި އެނގިފައެއް ނުވެއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ދިމާވެއެވެ.