ރައީސް އާއި އެކު ށ. ފުނަދޫއަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ކުރެއްވި ދަތުރުފުޅުގައި އެރަށު ސުކޫލަށް ޒިޔާރާތް ނުކުރާ ކަމަށް ފުނަދޫ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު "ވަގުތު" އަށް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރ އެރަށަށް ވަޑައިގެން ނަމަވެސް، ރަސްމީ ސިފައެއްގައި ސުކޫލުގެ އިސްވެރިންނާއި ބައްދަލު ނުކުރައްވާ ކަމަށާއި، ސުކޫލަށް ޒިޔާރާތް ކޮށްފައިނުވާ ކަމަށެވެ.

"ހޮސްޕިޓަލުން ނުކުމެގެން ދިޔަ މަގުމަތީގައި މިނިސްޓަރާއި ފުނަދޫ ސްކޫލްގެ ޕްރިންސިޕަލް އާއި ޑެޕިއުޓީ ޕްރިންސިޕަލް ބައްދަލުކުރެއްވި. ރަސްމީކޮށް މިނިސްޓަރ ވަޑައި ނުގަންނަވާ ސްކޫލަކަށް" އަހްމަދު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ ސުކޫލަށް ޒިޔާރާތް ނުކުރެއްވި ކަމުގައި ވިޔަސް، އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބައްދަލުކުރެއްވިއެވެ. ފުނަދޫ ކައުންސިލްގެ ރައީސް ވަނީ މިއީ ތެދު މައުލޫމާތުކަން ކަށަވަރު ކޮށްދެއްވާފައެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ފުނަދޫ ހޮސްޕިޓަލަށް ޒިޔާރާތް ކުރައްވާފައިވަނީ މިހާރު އެ ހޮސްޕިޓަލުގެ ހާލަތުބަލައި، ބަލިމީހުންނަށް މިހާރަށްވުރެ ފެންވަރު ރަނގަޅު ހިދުމަތް ދިނުމަށް ބޭނުންވާ ކަންކަން އޮޅުންފިލުވުމަށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ފުނަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ސްކޫލަށް ޒިޔާރާތް ނުކޮށް ވަޑައިގެންފައިވާ ކަމަށް އަޑުފެތުރިފައިމިވަނީ ފޮތްތަކުގައި ކުށްތަކެއް ހުރި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ްއަލިބެ

  އެޑިއުކޭޝަން މިނިސްޓަރަކަށް ވުރެ އޭނަ ވައްތަރީ ސެލޫނެއްގެ މިނިސްޓަރަކާ

  60
  2
  • ދޯދި

   މިނީ ސްކޫލް އަޅަން ޖެހި ދާނެތީ ދޯ

 2. އަލީ

  މިހުރީ ހަޔާތް ކުޑަކަން.

  50
  3
  • ކާފަބޭ2020

   ޙަޔާތުގެ ބޮޑުކުޑަމިނަކަށްނުބަލާ ވޯޓުކައިރިވާއިރަށް ކޮނޑުހުޅުންނެއްޓޭވަރަށް ބާރަށްއަތްޖަހަންދަމާއެއްރޮއްޖަކަށް ފޫގަޅާފަނުކުންނާތީ މައްސަލައަކީ! ރަށަށްކަމެއްނުކޮށްދީ ކުކުޅުކާންއަންނަމީހުނަށް ސަނާކިޔަންދުވާހާދުވަހަކު ޙަޔާތުގެބޮޑުކުޑަމިނަކީ މާމުހިންމުއެއްޗެއްނޫން!

   15
 3. ފުނަދޫބައްޔާ

  އެއީ މަގުމަތީ ތެޅިބޭލި އެކްޓިވެސްޓެކޭ ،އޭނަޔަށް މުހހިއްމުވާނީ ޕާޓީ ކުދިންކޮޅު، އަޑުއަހަނީ އުޅުއްވަނީ ނައަބުރައީސް ފަހަތުން ނުނެއްޓިގެންކަމަށް، އަނެއްހެން ދެންގޯހެއްވެސް ނޫންތާ! އެޑިއުކޭޝަން ދާއިރާއަށް ފިޓުހެނެއް ހިޔެއްނުވޭ! ރަނގަޅު އަނެއްހެން މަގުމަތީ ސަޅިކަނޑާލަން...

  13
 4. ހުސޭނުބޭ

  އިސްލާމް ފޮތްތަކުގައި ބޮޑު ޖަރީމާއެއް ހިންގީމާ ގަންނާކުރައްވާ ބިރުން ސްކޫލާ ވައިއެޅެންވެސް ނުކެރުނީ!

  13
 5. އަސްލު

  ދެންމީނަ މީ ކީއްކުރަން ދިޔަ އަންހެނެކޯ...

  14
 6. ފޭރާން

  ބަލަ ޞޯލިހު އެދުވަނީ ރައްޔިތުމީހާ ބަނޑަށްޖައްސާފައި ރާއްޖެތެރޭ ކުދިން ކޮޅަށް ފައިސާ ބަހާގެން ވޯޓް ގަންނަން. އެޑިޔުލޭޑީ އަކީ ބެކްދްރައުންޑް ދިިއްލަން ގެންދިޔަ ފުޅިބައްތިއެކޭ! ސްކޫލުތައް މުހިއްމުވާނެތަ މި ލާދީނީ ބައިގަނޑަށް. އަގަޑު ބަގަޑުހައްދާ ވާނުވާ ނޭންގޭ ގުންޑާ ސަރުކާރު އިސްތިއުފާދީ ފަަަަަަަަަަަަަައި ގޭގައި މަޑުކުރޭ!

  18
 7. ޖަމީލް

  ދެއްކެން ކުރި ދަތުރެއްވިއްޔަ އެހެންވެނުދާނު! ވަފްދުބޮޑުކުރަން ތިމާގެ އިއްޒަތް ބޮޑުކުރަން ހަރަދުބޮޑުކުރަން ބޯގިނަކުރަނީ. އަދިމީނަހުންނަ ގޮތެއް ދެއަތްފުރަގަހައްލައިގެން، ފެނުނަސް ފޫހި.

  10
 8. އިސްޢާފް ސަލީމް

  ކެޔޮޅަށް މަސްވެރިކަން ނުވެގެން އަތްފުރަގަހުލާ ފުރަގަހަށް ދެއަތް ބަދެގެންހުރި މަސްވެރި ކެޔޮޅެއްތަ މީ؟ ރައީސުލްޖުމްހޫރިއްޔާއެކޯ ކަލޭނޭ!

  10
  1
 9. ޖސޖސ

  ޒިޔާރަތް ކުރަނީ ކީއްކުރަން އެނގޭވިއްޔަ ރައްޔިތުން ތިބީ ރަތަށް އަރާފަކަން. ދަރިންގެ ފޮތްތަކުގައި އިސްލާމް ދީނަށް ނަފްރަތު އުފައްދާ ޝައްކު އުފައްދަން ފިލާވަޅުތަށް ބަދަލުކޮށް އިންޑިޔާ ނޫން އެއްޗެއް ދަރިންގެ ފޮތްތަކުން މިއަދަކު ނުފެނޭ. މިބައިމީހުން ހީކުރަނީ މިމީހުންނަކީ މަރުވާނެ ބަޔެއް ނޫނޭ. އަދި އާޚިރަތްދުވަހާއި ބައްދަލު ކުރަން ނުޖެހޭނެ ބަޔެކޭ. ނޫން ކަލޭމެން ތިޔަގޮތުގައި ތިއްބާ މަރުވެއްޖެނަމަ ކަލޭމެންގެ ހާލަތަކީ ކޮބާ؟ އިންޝާﷲ ކަލޭމެންގެ ނުބައިކަމުން މިގައުމު ވަރަށް އަވަހަށް ސަލާމަތް ކުރައްވާށި. އާމީން. އިންޑިޔާގެ 5 މަނަވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބާއްވައިގެން އުޅުނަސް ﷲ ގެ ކުޅަދުންވަންތަކަށް އެޔަށްވުރެއް ބޮޑު.