ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމްގެ ތާއިދު ހޯއްދެވުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިފިއެވެ. ނަޝީދު މިމަސައްކަތް ފެއްޓެވީ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައެވެ.

ބޮޑުވަޒީރު ކަމަށް ގާސިމް ރަނގަޅު ކަމަށް ވިދާޅުވެ ވާހަކަފުޅު ފެއްޓެވީ ނަޝީދުގެ އަރިސް މެންބަރެއް ކަމަށްވާ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) އެވެ.

ދޮންބިލަތް ވިދާޅުވީ ބޮޑުވަޒީރުކަން ކުރެއްވުމަށް ގާސިމަކީ ގާބިލް ބޭފުޅެއް ކަމަށެވެ. މި ރާއްޖެއަށް ގާސިމަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ، އަދުލުވެރިކަންމަތީގައި ރައްޔިތުންނަށް އެ މަނިކުފާނުގެ ބޮޑުވަޒީރުކަމުގެ އިންގިލާބީ ބަދަލެއް ގެނެސްދިނުން ކަމުގައި ދޮންބިލަތް ވިދާޅުވިއެވެ.

ގާސިމް ބޮޑުވަޒީރަކަށް ގެންނަން ދޮންބިލަތް ތާއިދު ކުރެއްވި ނަމަވެސް ނަޝީދުގެ ފެކްޝަންގައި ބަރުލަމާނީ ނިޒާމް ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވަނީ ގާސިމަށް ބޮޑުވަޒީރުކަން ދިނުމާއި ދެކޮޅު ހައްދަވާފައެވެ. ބޮންޑޭ ވިދާޅުވީ ގާސިމަށް ބޮޑުވަޒީރުކަން ދެއްވަން އޭނާއަށް ތާއިދު ނުކުރެއްވޭނެ ކަމަށެވެ.

ބޮންޑޭގެ ވާހަކައަަށް ރައްދުދެއްވައި ދޮންބިލަތް ވިދާޅުވީ، މި ވާހަކައަކީ ބައެއް ބޭފުޅުންނަށް އުނދަގޫ ވާހަކައެއް ނަމަވެސް މިއީ ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ގޮތް ކަމަށެވެ. ޒާތީ ނަޒަރަކުން ބެލީމަ ކަމުނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދޮންބިލަތްގެ ވާހަކައަށް ތާއީދުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވެސް ވާހަކަ ދެއްކެވިއެވެ. އެމަނިުފާނު ވިދާޅުވީ، ގާސިމަކީ ބޮޑު ވަޒީރު ކަަމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށާއި، ހަލީމަކީ ދުރު ވިސްނޭ މީހެއް ކަމަށެވެ.

ގާސިމް ވިދާޅުވީ، ބޮޑު ވަޒީރުކަން ކީއްކުރަން ޕިއޯނުކަން އެމަނިކުފާނަށް ދޭން ވެސް އެމްޑީޕީން އެއްބަސްނުވާނެ ކަމަށެވެ. އެވަރު ދިނަސް ވަރަށް ރަނގަޅު ބަޔަކަށް ވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

މިއަށް ރައްދު ދެއްވައި، ރައީސް ނަޝީދު ވިދާޅުވީ، މިހާތަނަށް ވެސް ގާސިމް ބޭނުންވެލެއްވި ގޮތްތައް އެމްޑީޕީން ހަދާފައިވާނެ ކަމަށެވެ. "ގާސިމް ތިހެން ނުބުނުއްވާ. މިހާތަނަށް ވެސް ގާސިމް ބޭނުންވެލެއްވެވި ގޮތް ހަދާފައި ވާނީ އެމްޑީޕީން." ނަޝީދު ވިދާޅުވިއެވެ.

ދޮންބިލަތް ދެން ވިދާޅުވީ ރާއްޖެ ބަދަލުކޮށް ޕާޓީ ނިޒާމް ގެނައުމަށް ގާސިމްގެ ހިއްސާ ބޮޑު ކަމަށާއި، މިއަދުވެސް ގާސިމަށް ސިޔާސީ ގޮތުން ހައްގު މިންވަރު ލިބެންޖެހޭ ކަމަށެވެ. އަދި އެ މިންވަރަކީ ބޮޑު ވަޒީރުކަން ކަމުގައި ވިދާޅުވިއެވެ. ދޮންބިލަތްގެ ތާއީދުކުރައްވަމުން ނަޝީދު ވިދާޅުވީ، ގާސިމް ކުރެއްވި މަސައްކަތް އެންމެ ގާތުން ފެނިވަޑައިގެންނެވީ އެމަނިކުފާނަށް ކަމަށެވެ.

ގާސިމް ބޮޑުވަޒީރަކަށް ގެންނަން ނަޝީދު ތާއިދު ކުރައްވާ ވާހަކަދެއްކެވިއިރު ބަރުލަމާނީ ނިޒާމާއި ދެކޮޅަށް އެންމެ ފާޅުގައި ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާ އެއްބޭފުޅަކީ ގާސިމެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

 1. މައްކާރު

  ހަމަ އޭނާ ބުނީ މަޖިލިސް ރައީސްކަމަށް ރަނގަޅީ އަސްލަމްކަމަށްވެސް.

  49
  • ޚާރު

   ޗިޕް ޖަހަނީ... ވައްޓާލަން ފަސޭހަ

   29
   1
   • ޙައްގުބަސް

    ޔެސް ޗިފްޖަހަން އެއުޅެނީ ސޭޓު ބޮލަށް!! ވަރަށް ފަސޭހައިން ތިކަހަކަ ޗިފް ޖެހޭނެވެސްމެ!! ސޭޓަކީ ބަރުލަމާނީއާ ދެކޮޅު މީހެއްވީމަ އޭނާ ބޮލަށް ޗިޕް ޖަހައިގެން ބަރުލަމާނީއަތް ތާޢީދު ހޯދުން ބޭނުމަކީ!! ސޭޓަކީ ވަރަށް ބޮޑަށް ވެރިކަމަށް ފެންބޮވައިގެންފައި ހުންނަ ދަރިއެއް!!! އަމިއްލަ އެދުން އިންތިހާއަށް ބޮޑު މީހެއް!! ސޭޓަށް ލިބެންޏާ މޮޅުވަންޏާ ދައުލަތުން ސޭޓަށް ބޭނުންވާ ހުރިހާ މޮޅެއް ދެންޏާ ހުރިހާ ކަމެއް ވަރިހަމަކޮށްލައިގެން ހުންނަ މީހެއް!! ދައްކަންޖެހޭ ޓެކްސް ދައްކަން ސޭޓަށް އަންގާ ބޭނުންވާ ފަޅު ރަތްތަކާ ގިރިތަކާ ތަންތަން ނުލިބޭގޮތްވާއިރަށް ސަރުކާރާ ދެކޮޅަށް ނިކުންނަ މީހެއް!! މިވަރުގެ މީހުން ހައްދަން ނަޝީދަށް ވަރަށް ރަގަނޅަށް އެނގޭނެ!!

 2. މައްކާރު

  ހަމަ ތިސޮރު ބުނީ ވެރިކަން ބޭނުންވެގެން ނޫޅޭކަމަށް. ނމަވެސް ވަގުތު ޖެހުނު އިރު އިބްރާ، މުނައްވަރު ނަގައި ހޫޜާލާފައި ވެރިކަމަށްވެސް އެއީ

  53
  1
  • Anonymous

   މިވެރިކަމުގައި ސިޔާސީ ކަމަކާ ނޫޅޭނެ ކަމަށް. އޭނާ ހުންނާނީ ދިވެހިރާއްޖޭގައިހުރި ރުއް ގުނަންކަމަށް ބުނި.

   24
   1
 3. ކޮއްޕަން

  އެބަ ރަނގަޅުވޭ. ހުވަފެން ދައްކާފައި ކުރަން އުޅޭކަން ކޮށްލީމާ ރަނގަޅުވާނެ. ތިއޮތީ ސިޔާސީ މީހުންގެ ދޮންކެޔޮގަނޑު. ކޮށްމެދިމާލަކުންވެސް އައިސް ވަކެއް އުފުރާލައިގެންދާންވީ.
  ކެޔޮގަނޑުހުސްވީމާ ދަޅިގަނޑު އުކާލީމާ ރަނގަޅުވާނެ

  52
  1
 4. ކޮވިޑް

  ގައިމު ގާސިމް ބުނި ދޯ ނަޝީދު ހުންނަނީ ހަމަހޭގަހޭ؟އޭނާ މޮޔަފުޅުވީތޯ؟ ކީއްކުރާނަމޭ ހިތާތޯ ތި އުޅުއްވަނީ؟ އެކަމް ނަޝީދަށް ކަށަވަރުވޭ ގާސިމަކީ ބޭނުން ވަގުތަކު ޗިޕް ޖަހާލެވޭނެ މީހެއްކަން އެހެންވެ މިހާރު ބަރުލަމާނީ އަށް ގާސިމް ބޮލަށް ޗިޕް ޖަހަން ފެށީ އެ. ހީވަނީ މިހާރު ގާސިމަށް ފެންނާނެ ހެން ބޮޑުވަޒީރުގެ ބޮޑު ގޮޑި . ޕިސް ޕިސް ޕިސް...........

  46
 5. ޙަބޭ

  ކޮންމެ ފަހަރަކުވެސް، ވޯޓާއި ހަމަޔަށް ދެވޭރަށް، ފައިސާގިނަ އެންމެ ފަސޭހައިން ބޯކާލެވޭ މަހުޖަނު މީހަކަށް އެންޑީޕީ އަށް މި ފެންނަނީ ސޭޓް. ޏިޒާމީ ވޯޓަށް ފައިސާ އަޅައިގެން ނޫނީ އެފަދަ ބަދަލެއް ނުގެނެވޭނެކަން އެނގޭތީ ސޭޓްގެ ފައިސާ މުހިންމުކަން މި އެނގުނީ. މިހާތަނަށް ތި ޕާޓީ އަކުން ސޭޓަށް ރަނގަޅުކަމެއް ކޮށްދީފައެއްނެތް.

  42
  1
 6. ލޮލް

  އަންނި މިފަހަރު ބުރުމާ ބޮލަށް އެޖެހީ ސީދާ ފަންސަވީހަކަށް އެމްއެމްގެ ފުލެޓު ބިޓެއް. އެނގެދާނެތާ ވާއެއްޗެއް.

  39
  1
 7. މެން

  ކީރިތި ޤުނުގައިވާ ވަޙީގެ ބަސްފުޅޫގައި ވަނީ ޝައިތޯނާ ބުނެއެވެ. ތިމަންނަ އެބައި މީހުން މަގުފުރެއްދުމައްޓަކައި އެބައި މީހުންގެ ކުރުމްތިންނާއި ފުރަގަހުން.، ދިމާހުރާ ހުށީމެވެ. އެއްކޮތައްވުރެ ގިނަގޮތްގޮތްތައް ދިމާކުރާ ހުށީމެވެ. ﷲއައް ފުރިހަމައައް އީމާވާބަޔަކުމެނުވީ އެހެން އެންމެން މަގުފުރައްދާ ހުށީމެވެ.

  40
 8. އަލްޖިބްރާ

  ޤާސިމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަންޖެހޭ އެއްވެސް ކަމަކާ ކައިރި ކުރަންވާ ވަރުގެ މީހެއްނޫން !

  32
 9. އާބިދާ

  ގާސިމުގެ ބޯކާލަން ޖައްސާ ގޭމުތީ. އަތަށް ގޮވާނީ. ފޭލިބޯ

  43
 10. ލުލް

  ގާސިމް ގުނބޯ ހައްދަނީ! ނިޒާމު ބަދަލުކުރެވުނީމަ ގާސިމްގެ ނަންވެސް ޖޯކަކަށް ހަދާނެ ރަސްމީކޮށް!

  34
 11. Anonymous

  ގާސިމް ހައްދަންފެށީ!!! ގާސިމަކީ ކިތަންމެ ފަހަރަކުވެސް ކަށިޖެހިދާނެ މީހެއް.
  މުއުމިނެއްގެ ގަޔަށް 2 ފަހަރު އެއް ހޮރަކުން ހަށި ނުޖެހޭނީ..

  26
 12. އަމީ

  އިބިލީހައް ވެސް މިނަޝީދު ވަރުގެ ހީލަތްތެރި ވަސްވާސް ނުދެވޭނެ ކަން ޔަޤީން. ގާސިމް ބަރުލަމާނީ ގެންނަން ހެޔޮނުވާނެކަމަށް ބުނީމަ މިހާރު އެފަކީރަށް ބޮޑުވަޒޫރުކަން ދޭން ކަމަށް ހަދާފަ މަޖިލިހުން އޭތި ފާސް ކުރަން މޮޅު ރޭވުމެއް ރާވާލީ. ގާސިމް އަކީވެސް ފާޑެއްގެ މީހެއް ވިއްޔަ. ހަމަ ޖެހިދހާނެ މި އިބިލީހުގެ ކެިވެރި ކަމުގަ.

  25
 13. ޙުސައިން

  ޤާސިލް ގޯނި ފުލަށް އަންނި އެ ވައްޓާލީ

  24
  1
 14. ފާއިޒު

  ކޮންމެވެސް އެއްޗެކޭ ކިޔައިގެން ބަރުލަމާނީ ނިޒާމަކަށް ޤާސިމުގެ އެހީތެރިކަން ހޯދުމަށް އެ ސޮރު ވައްދާލުމުގެ މަސައްކަތް އެ ފެށީ.

  24
 15. ހުސެން

  ހަމަ އޭނާ ބުނީ މަޖިލިސް ރައީސްކަމަށް ރަނގަޅީ އަސްލަމްކަމަށްވެސް، ގާސިމްގެ ބޮލަށް ސަވާރުވެގެން ނިޒާމީ ވޯޓަކަށް ދާން މިއުޅެނީ . ހާދަ މަކަރުވެރި ހީލަށް ތެރިއެއްމިއީ.

  23
 16. ޙހހހ

  ތިޔަ އުޅެނީ ޤާސިމް ބޯކާލަން

  21
 17. ޖަމަލު ފޮޑި

  ތިޔަ ޖަހަނީ ބޮލުގެ އެއްޗެއް... ބޭނުމަކީ ބަރުލަމާނީ ނިޒާމު ގެނައުން...

  22
 18. ސަންފައްތަ

  ގާސިމުގެ އެހީތެރިކަމަށް ބޭނުންވާ ކޮންމެ ފަހަރަކު ނަޝީދުގެ ނަޒަރުގައި ގާސިމަކީ ރަންގަނޑެއް. އެކަމެއް ހާސިލުވެ ނިމުމުން ގާސިމަކީ ގުއިބުރިއެއް. މިފަހަރުވެސް ބޯ ކާލެވިދާނެބާ.

  28
 19. ހދހ

  މަނެތިން އެއްޗެކޭ ބުނާކަށް. ހާދަހާވާ މޮޅޭދޯ ޖޯކު ވާހަކަ ދައްކައިގެން މީހުން ހައްދާލަން.

 20. ހެހެހެކެކެ

  ގާސިމު އުފަލުން ނަށާނެ. ދެން އަންނި ވަރެއް ނުހުންނާނެ

 21. ކަނބާ

  ސޭޓުގެ ބޯ ކާލައިގެން ފާއިސާ ޚަރަދުކުރާނެ މީހަކު ހޯދަން ރާވާ ޙީލަތްތެރި ރޭވުމަކަށްނޫނީ ތިވާހަކަތަކެއް ނުވާނެކަން ޔަޤީނެވެ. ސޭޓަށް ވާނެޔޭ ސޭތުނޫން މީހަކަށް ނުވާނެޔޭ ކިޔައިގެން މިފަހަރުވެސް ބޯ ކާލާނެއެވެ. ސޭޓަށް މިހާރު ހުވަފެނުގައި ބޮޑުވަޒީރުގެ ގޮނޑި ފެންނާނެއެވެ. ސޭޓުގެ ހިއްވަރެއް ހުރިއްޔާ އެނގިދާނެތާއެވެ. އަހަރެން ކުޅިބަލަން ލިބޭނަމެވެ.

 22. އަޙްމަދު

  ޤާސިމް ކީއްކުރަންތޯ މައުމޫނުއޭ ބޮޑުވަޒީރަކީ ބުންޏަސް ތިކަން ޤަބޫކު ކުރަނެ ބަޔަކުނެތް! އަސްލަމް މަޖްލީސް ރައީސްކަންވެސް އެބަކުރައެއް ނޫންތޯ! ހިތަދޫ އުތުރުދާއިރާ މީހުން މޮޔަހައްދައިގެން އެހެރީ އެނާއަށް މަޖްލީސް ރައިސްކަންވެސް ދީފައި!

  މީގެ އެންމެ ދެރަ ތަންކޮޅަކީ ޤާސިމް މިހާރު ހުންނާނީ ބޮޑްވަޒީރުވެގެން! މިހާރު އެނާ ނިކުންނާނެ ބަރުލަމާނީ ގެންނަށް! 7 ފަހަރު ހުވާކޮށްފައި ބުނަން މިހުރީ ބަރުލަމާނީ ނިޒާމު ގެންނާކަށް ވޯޓެއް ނުދޭނަށް އަދި ދަންނަ ތިމާގެ ބަޔަކުވެސް ނުދޭނެ!

 23. ސަޅި

  ރަނގަޅުވާނެ. އެއްދުވަހު ބޮޑުވަޒީރު ކަމުގައި ބަހައްޓާފައި އަނެއްދުވަހު އިތުބާރުނެތްކަމަށް ވޯޓްނަގާފައި ބޭރުކޮށްލާނީ.

 24. ހުސެން

  މިފަހަރަކު ހިއެއްނުވޭ ސޭޓުގެ ބޮލަށް ޗިޕްޖެހޭނެހެނެއް. އަންނިއަކީ ބަހާއި އަމަލާއި ދިމާވާ މީހެއްނޫން. ނުކުރާނަމޭ ބުނެފިއްޔާ އެކަމެއް ކުރާނެ. މިފަހަރު ސޭޓް މޮޔަހެއްދިއްޖެއްޔާ ސޭޓަކީ ގަމާރެއް.

 25. ޢަގީލަންބާ

  ޤާސިމް ސިޔާސީ މީހުން ބޭނުން ކުރަނީ ރިހަ މީރުކުރަން އަޅާ ހިކަނދިފަތް، ރާނބާފަތް ގޮތުގަ. ރިހަ ކާންވީމަ ފަތް ކޮޅު ނަގާ ތަ ށީގެ އެއްކައިރީގަ ބާއްވާނެ. ސޭޓް ވިސްނަބަލަ

 26. ޢަދުރޭ

  އެމްޑީޕީ އިން ދެކޮޅަށް ބައި ބެހިލައިގެން ގާސިމް އަށް އެއްބަޔަކު ތާއީދު ކުރާނީ އޭ އަނެއް ބަޔަކު ތާއީދު ނުކުރާނީއޭ . މިހެން ގޭމް ކުޅެނިކޮށް ގާސިމް އަމިއްލަޔަށް އައިސް ތާއީދުކުރާމީހުންނާ ގުޅިގެން ވާހަކަ ދައްކަން ފެށީމާ އެއޮތީ ބަރުލަމާނީ ވަދުގައި ގާސިމް ބާނާފަ އޭ ބުނަން ހިޔަޅު ބުއްދީގެ އެމްޑީޕީ މިއުޅެނީ . ރާއްޖޭ ރައްޔިތުންނައްވެސް ވަރަށް ގިނަދުވަހު އޮޅުވާލައިގެން އުޅެފި . މިޘާލް އަކައް. 1 ރައްވެހި ފަތިސް . މީ ކޯއްޗެއް؟ ރައްވެހިންނަކީ އިންސާނުން. ރަށެއްގެ ރައްވެހިންނަކީ އެ ރަށުގެ މީހުން. ފަތިސް ރައްވެހިވާނެތޯ؟ 2 ޖަޒީރާ ރާއްޖެ .މީ ކޯއްޗެއް ޖަޒީރާ މާނައަކީ ރައްރަށް . ރާއްޖެ މާނައަކީވެސް ރައްތައް .! " ނޫކުލައިގެ ނޫކުލަ " އެ ބުނެވުނީ އެމްޑީޕީ މީހުން ހިތުން ވަރަށް މޮޅު އެއްޗެއް . މިކަހަލަ ހެއްލުންތެރި ބައެއް އެއީ

 27. އަލިބެ

  މިއުޅެނީ ނިޒާމު ސަކާރާތްވެގެންހެެއްޔެވެ؟ މިރާއްޖޭގެ މީހުން ވެރިކަމުގެ ނިޒާމު ބަދަލުކުރާކަށް ނޭދެއެވެ. ނަޝީދު ހީކުރީ އޭނާ ބޭނުންހާގޮތަކަށް މިރާއްޖޭގެ ރައްޔުތުން ހެއްލޭނެކަމަށް ހެއްޔެވެ. އެއްގޮތަކަށްވެސް އެހެން ހީނުކުރާށެވެ. އަންނިއަށް އޯކޭދިން ޒަމާން ފަހަނައަޅައި ހިނގައްޖެއެވެ. މީ އެހެން ޒަމާނެކެވެ. މިރާއްޖޭގެ މީހުން ވަރަށް ރަނގަޅަށް ފުރުޞަތު ނަޝީދަށް ދިނެވެ. ނަމަވެސް ތިމާގެ ޤާބިލްކަން ނެތުމުގެ ސަބަބުން ފޭލްވެގެން ދިޔައީއެވެ. އެހެން ކަމުން ދެން އިތުރަށް އެފުރުޞަތުދޭކަށް ބޭނުމެއް ނުވެއެވެ. ޙަޤީޤަތަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްވެސް އަންނިއަށްވުރެ ވެރިކަން ކުރަން ރަގަޅެވެ. އެއީ ވިޔާނުދާ އަނގަނުތަޅައި އެބަ ކުރިއަށް ގެންދެއެވެ.

 28. ކަތީބު

  ކުރީގަ ވެސް ތިގޮތައްބުނި އިބުރާއޭ ރައިސް އަކައް އެއްމެ ރަނގަޅީ އެހެންކިޔާފަ އޭނަގޮވައިގެން އަތޮޅުތެރެއަށްގޮސް ހެދީމަ މީހުންގެ ތާއީދު ލިބޭހެން ހީވީމަ އޭނަ ބޭރުކޮއްލީ ތިވެސް ހަމަ އެކަހަލަ ސްޓަންޓެއް މިހާރު ބަރުލަމާނީއަށް މީހުން ނޫނެކޭ ބުނާތި ގާސިމް ދައްކާގެން އެކަން ކުރަން އެއުޅެނީ ހަމަ ރައްޔިތުން ވާވައްދައިގެން އެކަން ވާއިރައް މިކަލޭގެ އެތަނައް ދެމިގަންނާނީ، މިހާރު ގާސިމް ވެސް ހުންނާނީ އޭނައަކީ އެބުނާހެން ބޮޑުވަޒީރަކައް އޭނަޔައްށޭ އޭރުން ލިބޭނީ، އަސްލު މީނަޔަކީ ބޮލުގަ މާބޮޑު ތެއްކަމެއް ހުރި މީހެއްނޫން، ދެން މާދިގު ވެއްޖެ މިހާރު !

 29. ޢަލީ

  މޮޔަސޭޓް ގުބޯހައްދާގެން ބަރުލަމާނީ އަށް ސަޕޯޓް ހޯދަނީދޯ

 30. މައިނާ

  ހެއްހެއްހެއް... އެކަމަކުވާ ހަމަ ސާބަސް. އަދި މިދިވެހިރާއްޖެއަކުން އަންނި ވަރުގެ ބޯހަމަޖެހޭ މީހެއް ނުއުފެދެ. ޤާސިންބެޔާ މައުމޫނާ ތާއީދުކުރިޔަސް ނިޒާމުބަދަލުކުރާކަށް ދިވެހިރައްޔިތުން ބޭނުމެއް ނުވާނެ. ވޯޓްލައިގެން ދިވެހިރައްޔިތުންގެ ފައިސާއިން ޚަރަދުބޮޑިއެއްކުރެވިދާނެ. ތާއިދުލިބޭނީ ކުރިންވެސް ލިބުނުވަރަށް. ބަރަބޮލަށް ތާއިދުކުރާނީ އެމްޑީޕީ ގުންޑާ ފެކްޝަންގެ ކުދިންކޮޅު... އޯކޭ

 31. މަހުޖަނު

  މިރާއްޖޭގެ ސިޔާސީ ގޮތުން އެންމެ ވިސްނުންކޮށި ލީޑަރެއްގެ ލަގަބު ޖުމްހޫރީ ޕާރޓީގެ ލީޑަރ ޤާސިމުއަށް ލިބިއްޖެ. ރައީސް ނަޝީދު މަލާމަތް ކުރީމަވެސް ޤާސިމް ހީކުރަނީ ބޮޑުވަޒީރުކަން ދޭން އުޅޭހެން. ހާދަ ސިކުނޑި ޅަ ރޫފަ ރަގަޅު ސިޔާސީ ލީޑަރެއްތާ!.. ބޯހަލާކު،،...

 32. ހުސާމް

  ގާސިމެއް ތިހާފަސޭހަ ކޮށެއް ގުބޯއްޔެއް ނުހެއްދޭނެ

 33. ސލ

  ގާސި މް ވިސްނާވަޑައިގަތުން މުހިއްމ މެވެ ގާސި މް އާއި ޖޭޕީ
  ކުނި ވައްޓަށް ވައްޓާލު މަށްޓަކާ ޖަހާ ދަންތުރައެކެވެ.

 34. ކުރަފި

  ކުޑަކުއްޖަކައްވެސް ގާސިމްހައްދާލުމަކީ އެއްވެސް ކަމެއްނޫން
  މެޓާދޭނަމޭ ހަމަބުނީ އުފަލުންގޮސް ބުނިކޮންމެ ކަމެއްކޮއްދޭނެ
  މާނަޔަކީ މިނައްވުރެން އަމިއްލައެދުން ބޮޑީއޭ

 35. އަބްދޫ

  މި ނަސިދު ގާސިމްގެ ބޮލަށް ސަވާރުވެ ގެން ގާސިމްލައްވާ މައުމޫނުގެވެރިކަން ވައްޓާލުމަށް ފަހު ފޮނިބޯލީ . ގާސިމަށް ދިޔައީ ޗޮކުން. މިފަހަރު މި އުލެގަތީ ބަރުލަމާނި ވައިގަ ނުހިފީމަ ގާސިމް ބޮލަށް ސަވާރުވާން. މުއުނިނަކަށް އެއްހަރަކުން ދެފަހަރު ކައްތެއް ނުޖެހޭނެ.

 36. ހަވާސާ ހަމީދު

  ބޮލަށް ޗިޕެއްޖެހީދޯ ގާސިމު މޮޔަވެދާނެބާ؟

 37. ދޮންމަނިކް

  ސޭޓޮ ބޮލައް ޗިޕް ޖެހޭނެ، ސޭޓާ ވެގެން ބަރުލަމާނީ ގެންނަން އެއުޅެނީ

 38. ސައީދު

  ހީހީހަލާކު.. މީނާ އަޅެ ދެން މޮޔަވާނީ މިހާކަންހާ ވަރަށް. މިކަހަލަ ކިތައް މަޅިޖަހައިފި މިކަލޭގެ، އިބިލީސްވެސް ވަރުބަލިކަމެއް ނެތި މީހުން މަގުފުރައްދަން ކުރާކަމަކީ އެމީހަކު ހައްލަލާލެވޭނެހާ ގޮތަކަށް ވިސްނައިދީ ބޯކައިލުން. ބަލަ ޤާސިމް އިބްރާހިމް ނޫޅެއޭ ތިކަހަލަ ދިއުޅިއެއް ނުވާ މީހަކު ދައްކާހާ ވާހަކަ އަކަށް ހެއްލޭކަށް. މިހާރުވެސް ވެރިކަން ބޭނުންވެގެން ކޯލިޝަން ހަދާފައި ވެރިކަން ލިބިގެން ހަތަރު ލީޑަރުން ބައްދަލުވި ދުވަހުވެސް ތިމީހާ ކަންކުރިގޮތް އެއޮތީފެންނަން. ވެރިކަން ކުރަން ބޭނުން ނުވާކަމަށް ބުނި މީހާގެ ހާލު އެއޮތީ ފެންނަން.. އިރެއްގާ ދެއްކި ވާހަކަ އެއީ ހެޔޮހިތުން ދެއްކިވާހަކަ އެއްކަމަށް ޤަބޫލުކރިޔަސް ހުސް ހެދީ ދޮގުކަން މުޅި ގައުމު ހެކިވޭ..

 39. ސްކައިބީޗް ރިސޯޓް/ކަޒަކިސްތާން

  ބަރުލަމާނީ ނިޒާމެއް ނުގެނެވިގެން އެހާ ވަރަށް މި ތެޅިފޮޅޭ ސަބަބެއް ނުވިސްނުނު

 40. ސޮކޮޓްރާ/ޔަމަން

  ރާއްޖޭގަ މިހާރު އޮތް ނިޒާމު ކަމު ނުދަނީތަ؟ ކިހާ ބޮޑު ކަމެއް މީ ބޯ ހަލާކު

 41. ބަރުގޮނު

  ޤާސިމް ގަޅަހައްދަން ދައްކާ ވާހަކައެއް. ޤާސިމް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާތީ އެ އުޅެނީ ބޮޑުވަޒީރު ކަމުގެ ހުވަފެން ދައްކައިގެން ޤާސިމް ބަރުލަމާނީއަށް އަބުރާލަން. ... ނަޝީދުގެ މަކަރު މިހާރު ޤާސިމަށް އެގިލައްވާ.