ރ. އަލިފުށީގައި ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ގައުމީ މަޖިލީހުގެ އަލިފުށި ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ ހަސަން އަހްމަދު (ހަސަންޓެ) ވަނީ އަލިފުށީގައި ހިނގާ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯއްދަވަން ހުށަހަޅުއްވައިފައެވެ.

މި ގޮތުން އަލިފުށީގައި މި ސަރުކާރުން އަޅަން ނިންމާފައިވާ ހޮސްޕިޓަލާ ގުޅޭ ގޮތުން ހަސަންޓެ ހުށަހެޅުއްވި ސުވާލަށް ލިޔުމުން މިނިސްޓަރު ނަސީމް ފޮނުއްވާފައިވާ ސިޓީގައި ވަނީ އެ މަސައްކަތް ރަށުގެ ކައުންސިލްއާއި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ގެ ޚިޔާލާއެކު ކުރިއަށްދާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ އިއްވަވައިދެއްވި މިނިސްޓަރު ނަސީމްގެ ސިޓީގައިވާ ގޮތުން އަލިފުށީގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ މިހާރު ވަނީ ނިމިފައެވެ.

މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެ މަސައްކަތް ކުރަން ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަން ފާހަގަ ކުރައްވައި މިނިސްޓަރު ނަސީމް ލިޔުއްވާފައިވަނީ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި ފަށަން ޕްލޭން ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އަލިފުށީގައި އަޅާ އެއާޕޯޓްގެ މަޝްރޫއުއާއި އަލިފުށީގެ މަގުތައް ހެދުމުގެ މަސައްކަތުގެ ފަހުގެ މައުލޫމާތު ވެސް ސާފުކުރިއެވެ. ޕްލޭނިން މިނިސްޓަރު އަސްލަމް ފޮނުއްވި ޖަވާބުގައިވާ ގޮތުން އެއާޕޯޓްގެ މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ އީއައިއޭއާއި ޑިޒައިނިންގެ މަސައްކަތެވެ. މަގު ހެދުމުގެ މަސައްކަތް ފެށޭނީ އެ ރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއު ނިމުން ކަމަށް އޭގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތެދު

    ތިއަ އެއަރޕޯޓްއަކީ ކިހާފައިދާއެއްކުރާނެތަނެއްބާ.؟
    ޢެއްމެ ފަޅުރަށެއް އޮތީ (އެއްތިނގިލި) އެއީ ގާމަތީ މަދިރިންފުރިފައޮތް ރީތި ގޮނޑުދޮށެއްވެސް ނެއްރަށެއް..ވަކިން މާކަނޑުތެރޭގައޮތްރަށެއް...ތިވަރުގެ ހަރަދެއްކޮއްފަ ހެދުމުން ހިންގުމައް ކުރާހަރަދު ހޯދަނީކިހިނެއް.؟!
    ތިހަރަދު އެދާއިރާގެ ރައްތަކައްކުރުންމާމުހިން
    އަދި ނަރުދަމާނުނިމޭ، ފެންނުލިބޭ، މަގުނެހެދޭ، ހޮސްޕިޓާނުހެދޭ، މަދަރުސާގަ ހާލަތުދައް ފެށިމަސައްކަތްނުނިމޭ..؟! ދެން ކޮންކަމެއްބާ ބިގޭ އިންތިހާބައް ކުރާކަމަކައްވަނީނަމަ ދެންހުރިރައްތަކައް މިހަރަދުކުރެވޭނެބާ..؟؟!!
    ކާބޯތަކެތިގަތުމައް ލޯނުނަގާފަ، ރާއްޔިތުންގެ އިމާރާތްތައް ރަހުނުކޮއްފަލޯނުނަގާފަ ދެންވާނީކިހިނެއްބާ.؟ ކާބޯތަކެތީގެއަގު މައްޗައްގޮސް އާއްމުމީހާއައް އަތްނުފޯރާހިސާބައް މައްޗައްދާނީ..މިހާރު ބިހެއްގެއަގު =/2ރ ކުރިން =/1ރ އައްލިބުނު.. ﷲ އާއި ރަސޫލާއަށް ފުރައްސާރަކުތިބަޔަކު ބޮޑުންނައްލީބަޔަކު ކޮއްމެފަދަކަމެއްވެސް ކޮއްފާނެ..