ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ "ފިޔަވަތި" ގައި ބައިތިއްބާފައި ތިބި ކުދިންނަތަކަކަށް އެތަނުގެ މުވައްޒަފުންތަކެއް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް އެޗްއާރުސީއެމް އިން ބަލަން ފަށައިފިއެވެ.

ރޭ ފިޔަވަތި ގޭޓް ކައިރިއަށް މީހުން އެއްވެގެން އުޅޭ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވިއެވެ. އެ ސަރަހައްދަށް މީހުން އެއްވީ ފިޔަވަތި ތެރެއިން، ކުދިންގެ ހަޅޭކުގެ އަޑު އިވިގެންނެވެ. އެ މީހުން ބުނަމުން ދިޔައި ގޮތުގައި އެ ކުދިން ރޮމުން ދިޔައީ މުވައްޒަފުންތައް އަނިޔާކުރާތީއެވެ.

އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް މިއަދު ވިދާޅުވީ ރޭ މީޑިއާގައި، ފިޔަވަތިއާ ގުޅޭ ގޮތުން ފެތުރެމުންދާ ވާހަކަތައް އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައި ވާތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެއްވައެވެ.

ފިޔަވަތީގެ މައްސަލައެއް ފެންމަތިވެފައިވާއިރު މީގެ ތިން ރެއެއް ކުރިން އެތަނުގައި ތިބި ހަ ކުއްޖަކު ފިލައިގެން އުޅެނިކޮށް ވަނީ ހޯދާފައެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޖެންޑާއިން އެންމެ އެކަށީގެންވާ ވަރަށް އަޅާ ނުލެވޭ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ.