މަޝްހޫރު ވިޔަފާރިވެރިޔާ އަދި މޮޑެލް ކައިލީ ޖެނާ ދެ ވަނަ ދަރިއަކަށް ބަލިވެ އިން ކަން އިއުލާންކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ޖެނާ އާއި 30 އަހަރުގެ ސްކޮޓް އަށް ދެވަނަ ދަރިއަކު ލިބޭކަން ރަސްމީކޮށް ހާމަކުރީ ޖެނާގެ އިންސްޓަގްރާމަށް ޕޯސްޓުކޮށްފައިވާ ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ޖެނާ ސްކޭން ކުރާ ތަނާއި ބަލިވެ އިންކަން ހާމަވާ ސްކޭންގެ މަންޒަރު ފެނެއެވެ.

ޖެނާ އާއި ސްކޮޓްގެ ހަމައެކަނި ދަރިފުޅު، ތިންއަހަރުގެ ސްޓޯމީއަށް ކޮއްކޮއެއް ލިބޭކަން އެނގުމުން ސްޓޯމީ ވެސް ވަރަށް އުފަލުގައި ހުރިތަން ކައިލީގެ ވީޑިއޯއިން ފެނެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ބޭރުގެ މީޑިއާ އަކުން ރިޕޯޓުކުރި ގޮތުގައި ކައިލީ ބޭނުންވަނީ އޭނާގެ ދަރިފުޅު ސްޓޯމީ އާއި ކުޑަ އުމުރެއްގެ ތަފާތު ހުންނަ ކުއްޖަކު ހޯދާށެވެ. އެއީ ކައިލީ އާއި ކެންޑެލް އާއި ދެ މީހުންވެސް އުމުރުގައި ކުޑަ ތަފާތެއް ހުންނާތީ ވަރަށް އެކުވެރިވާތީ ކަމަށް އޭނާ ބުންޏެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ކައިލީ ވަނީ ބޮޑު އާއިލާއެއް އޭނާ ބޭނުންވާކަން ހާމަކޮށްފައެވެ. އޭރު އޭނާ ބުނީ ދަރިއަކު ހޯދަން ވަރަށް ބޭނުންވާކަމާއި ދަރިއަކު ހޯދާނީ ކޮންއިރަކު ކަމެއް ބުނަން ނޭނގޭ ކަމަށެވެ.

މަޝްހޫރު މޮޑެލް އަދި ހަގު ވިޔަފާރިވެރިޔާ ކައިލީ ދަރިއަކަށް ބަލިވެއިންކަން މީޑިއާގައި ދައުރުވަމުންދާ އިރު ރަސްމީގޮތެއްގައި ކާޑޭޝިއަން އާއިލާއިން އެކަމަށް ވަކި އެއްޗެއް ނުބުނެއެވެ. ފާއިތުވި ހަފްތާގައި ކައިލީ ބަލިވެއިންކަން ހާމަކުރީ ޕޭޖްސިކްސް އިންނެވެ.

"ކީޕިން އަޕް ވިތު ކާޑޭޝިއަން" ގެ ތަރި ކައިލީ ބަލިވެއިން ރަސްމީކޮށް މިހާރު ހާމަކުރިއިރު ބައެއް ފަރާތްތަކުން ބުނަނީ އޭނާ އިނީ އެއްމާބަނޑު ދެކުދިންނަށް ބަލިވެ ކަމަށެވެ. އެކި މީޑިޔާތަކުން އެކި ވާހަކަތައް ދައްކަމުންދާއިރު އެ އާއިލާގެ ސީރީސްގައި ކައިލީ ފެންނަނީވެސް އޭނާގެ މޫނު އެކަންޏެވެ.

2017 ވަނަ އަހަރު ޖެނާ އޭނާގެ ފުރަތަމަ ދަރިފުޅު ސްޓޯމީ އަށް ބަލިވެއިންއިރު ދަރިއަކަށް ބަލިވެއިންކަން ހާމަކުރީ 2018 ވަނަ އަހަރުގެ ފެބްރުއަކީ މަހު ކުއްޖާ ވިހާފައިކަން ފާހަގަ ކުރެވެއެވެ.