ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އިރުޝާދުގެ މަތިން އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ބޮޑު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ބޮޑު ކޮށްދޭން މަޖިލީހުން ފާސްކުރީ 41 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީން ނިންމާފައިވަނީ އަތޮޅު ކައުންސިލްގެ ނައިބު ރައީސުންގެ މުސާރައަށް އިތުރު 1000 ރުފިޔާގެ އެލަވެންސެއް ދިނުމަށެވެ. އެ ނިންމުމާއި އެކީ އަތޮޅުގެ ނައިބު ރައީސުންނަށް މުސާރައާއި އިނާޔަތްތަކާއި އެކީ 21،000 ރުފިޔާ ލިބިގެންދާނެއެވެ.
އެލްޖީއޭއިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަތޮޅު ކައުންސިލްގެ ރައީސް ނެތް ޙާލަތުގައި ރައީސްގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރަން ޖެހެނީ ނައިބު ރައީސްކަމުން، އެހެން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ހުންނަން ޖެހޭނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އޭޕްރީލް މަހު ފާސްކުރިއިރު، އަތޮޅު ކައުންސިލްގެ ރައީސް ފިޔަވައި ދެން ތިއްބަވާ މެންބަރުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ރަށު ކައުންސިލްގެ ރައީސަށް ކަނޑައަޅައިފައިވާ މުސާރަ އެކަންޏެވެ.
ކައުންސިލަރުންގެ މުސާރަ އާއި މެދު ނޭޝަނަލް ޕޭ ކޮމިޝަނުން މަޖިލީހަށް މީގެ ކުރިން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުން ނަމަ މޭޔަރުގެ މުސާރައަކީ 40،000ރ އެވެ. އަދ ޑެޕިއުޓީ މޭޔަރަކަށް 35،000ރ. ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ. ލިބޭ އިރު އަތޮޅު ކައުންސިލް ރައީސަކަށް 28،000ރ.، ރަށު ކައުންސިލްގެ ރައީސަކަށް 23،000ރ. އަދި ޑެޕިއުޓީ އަށް 15،000ރ.، އަދި މެމްބަރަކަށް 12،000ރ. ވަނީ ހަމަޖައްސައިފަ އެވެ. މި ހުރިހާ މުސާރަތަކަކީ، މިހާރު ދޭ މުސާރަތަކަށް ވުރެ ބޮޑު މުސާރަތައް ކަން ފާހަގަކޮށްލެވެއެވެ.
ސިވިލްސަރވިސް ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަންވީމަ ދައުލަތުގެ ބަޖެޓެއް ނުހުރޭ.. ސިވިލްސަރވިސް އުވާލަން އެބަޖެހޭ.. ތަނެއް ދޮރެއް ނުދަންނަ މީހުންނަށް 30000 ރުފިޔާއިން މުސާރަ ދޭއިރު މާސްޓަރ ޑިގްރީ ދަރާވިކިން ކިޔެވީމަ މިލިބެނީ 8530 ރުފިޔާ، ތަންކޮޅެއް ބޮޑުވަރުމީ، އެހެންތާ ވާނީ ޤާނޫނު ހަދާ މަޖިލިސްގަވެސް ތިބީ ......
މުޅި ގައުމުހިންގާ ސިވިލްސާވިސް މުވައްޒަފުންނަކީ ނެތްއެއްޗަކަށް ހަދާލަނީ އެމީހުންގެ ޚިދުމަތަކީ ބޭކާރު އެއްޗަކީތަ؟؟ އަނގަޔާ އަތާދިމާނުވެ ކުޑަ މުސާރަކޮޅަކަށް ބަރޯސާވެގެން ދިރިއުޅޭ ރައްޔިތުން ބިކަކޮށްފަ މސޖިލިސް މެމްބަރުން އަތޮޅުގެ ރައީސުން ނާއިބު ރައީސުންނަށް މުސާރަ ބޮޑުކުރީމަ އެމީހުން ބާރުގައި އަތޮޅުގެ ހުރިހާ ރައްުޔިތުން މިހާރުވެސްހުރި ވެރިމީހާ ރައީސުކަމަށްހޮވަން ވޯޓްދޭނެކަމަށް ހީވަނީތަ؟ ހިލާފަހެ އެހެނެއްނުވާނެ ރައްޔިތުން އެއަށްވުރެ ހޭލުންތެރި، މިހާރުވެސް ހޮވުނުގޮތަށް ވޯޓުންވައްކަންކޮށްގެން ލިބުނަސް ލިބޭނީ؟؟
އަތޮޅުތަކުގެ ނާއިބު ރައީސުންނާއި ރ.މަޖިލިސް މެމްބަރުންނާއި އެމީހުންގެ އާއިލާއިންއެކަނި މިސަރުކާރުގެ ރައީސް އަންނަދައުރަށްވެސް ވެރިކަމަށްހޮވަން ވޯޓްދީފަ ހޮވާލާ، ނިކަމެތި ރައްޔިތުން ބިކަކޮށް ބާކީކޮށްލި ސަރުކާރަކާއި ރައްުިތުން ހާސްގުނަ ދުރުވާނެ
ހިޔާފްލެޓް އަގު ކުޑަކުރަންޔާ އެއީ ސަރުކާރަށް ބުރައެކޯލަ..