އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ބައިވެރިވެވޭނެ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުލޫފަށް އެއިންތިހާބުގައި ބައިވެރިވެވޭނެ ގޮތަށް ނިންމާފައިވަނީ އެމްޑީޕީގައި އުފެދޭ މިފަދަ ކަންކަމުގައި އެންމެފަހު ބަސް ބުނާ, އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.

މަހުލޫފަށް އިންތިހާބުގައި ބައިވެރިވެވޭނެ ކަމަށް އިސްތިއުނާފު މަޖިލީހުން ނިންމާފައިވާއިރު، މަހުލޫފް ހުންނެވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ސަސްޕެންޑް ކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި މަހުލޫފް ކުރިމަތި ލައްވާފައިވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.

އެއިންތިހާބުގައި މަހުލޫފު ބައިވެރިވާނެކަން އިއުލާނު ކުރި ނަމަވެސް، މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެމްޑީޕީން މަހުލޫފަށް ފޮނުވި ސިޓީއެއްގައި ވަނީ އިންތިހާބުގައި ވާދަކުރުމަށް އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ބުނެފައެވެ. އަދި އެގޮތަށް ނިންމީ މަހުލޫފްގެ މައްސަލައެއް އިދާރާތަކުން ބަލަމުންދާތީ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުތަކުގައި ވާދަކުރުމުގެ ޝަރުތަކަކީ އެ ޕާޓީގެ މެންބަރަކަށްވުން އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔަތުން ގުނބޯ

    މިއޮތީ ގަދަބާރާއި ނުފޫޒް، ދައުލަތް އޮރިޔާންކުރާނަމޭ ބުނީމަ ހުރިހާކަމެއްވެސްވާނެ. ދެން ތިޔަ ކޮރަޕްޝަންގެ މައްސަލަވެސް ނުބެލޭނެ މައްސަލައެއްގެ ގޮތުގައި ނިމޭނީ، ދައުވާނޫފުލާ.

    15
  2. ހުސޭނުބޭ

    މަހްލޫފް މިކަމުގައި މޮޅު! ސަރުކާރެއް ބްލެކްމެިލް ކޮށްލި މީހަކަށް މަހުލޫފްވާނެ! އެއޮތީ ސަރުކާރުވެސް ކުޑަކަކޫ ޖައްސާފައި!