ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރ. ވާދޫ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެރަށު ސްކޫލްގެ ލައިބްރަރީއަށް ދެ ވާހަކަ ފޮތް ހަދިޔާ ކުރައްވައިފިއެވެ.

އެ ދެ ވާހަކަފޮތަކީ ގަނާކުރުމާ ބެހޭގޮތުނާއި، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތެވެ.

މެޑަމް ފަޒްނާ އެރަށު ސްކޫލަށް ޒިޔާރަތްކުރައްވާފައި ވަނީ މިއަދު ހަވީރުއެވެ. އެ ބައްދަލުކުރެއްވުމުގައި ސްކޫލްގެ އިސްވެރިން ވަނީ ސްކޫލަށް ބޭނުންވާ އެކި ކަންތަކާއި ގުޅޭގޮތުންނާއި، ދިމާވާ ދަތިތަކާއި ސްކޫލް ހިންގުމުގައި ގެންގުޅުއްވާ އުޞޫލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެ ބައްދަލުވުމުގައި އެކަމަނާ އެދިވަޑައިގެންނެވީ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން ތައުލީމީ ދާއިރާގައި މީހުންބިނާ ކުރުމަށް ވެސް ހާއްސަ އިސްކަމެއް ދެއްވުމަށެވެ. މިގޮތުން އެކަމަނާ މަތީ ތައުލީމުގެ ފުރުސަތުތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއިރު، ކުދިން ކެރިއަރ ގައިޑަންސްއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށާއި ޓީޗަރުންގެ ގާބިލުކަން އިތުރުކުރުމާގުޅޭގޮތުން ވާހަކަފުޅުދައްކަވާފައިވެއެވެ.

ސްކޫލްގެ އިސްވެރިން ވަނީ މިވަގުތު ވާދޫގައި ދިރިއުޅޭ ސްކޫލް ނިންމާފައިވާ ހުރިހާ ދަރިވަރުންވެސް ތިބީ ސަރުކާރުގެ އެކި މަޝްރޫއުތަކާގުޅޭ ވަޒީފާތަކުގައިކަން އުފަލާއެކު ފާހަގަކުރައްވާފައެވެ.

އަދި މެޑަމް ފަޒްނާ ވަނީ ރަށުގެ މިފަދަ ކާމިޔާބީތަކުގައި ތަޢުލީމު އުނގަންނައިދެއްވާ ފަރާތްތަކުގެ ދައުރު ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ވާދޫ ސްކޫލަކީ 108 ދަރިވަރުން އެލްކޭޖީއިން ފެށިގެން ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙުދުމާ

    ކޮއްޔާމެންނޭ ދާ ކޮންމެ ފަހަރަކު ކިހިލީގަ އެއަރޕޯޓެއް ޖަހައިގެން ނުދަންޏާ އެއްޗެއްކަމަކަށް ނުވޭދޯ. އެ ފޮތުން ރަމްޒުކޮށްދެނީ ކިއުންތެރިކަން. ދިވެހިންގެ ނެގިގަޅި ގަމާރުކަން ފިލާނީ ކިއުންތެރި ބައަކަށްވެގެން. އަބަދު ރަޑޭ ރަޑޭ ކީމަ ފަތަށްބަރުވާނީ. ކިއައިގެން އުގެނިިގެން މަސައްކަތްތެރި ބަޔަކަށްވެބަލަ. ތާއަބަދު ރަދުންގެ ފިޔަވަޅުގުނާބަޔަކަށް ނުވެ. މުޅިތަން އޮންނަނީ ސިޔާސީވެ ދެހާޖަތުން ހާޖަތްވެފަ

    10
    21
  2. ހުސޭނުބޭ

    ހާދަ ބައިވަރު ފޮތެއް!

    29
    1
  3. ދީދީ

    ނަސީބެެއް މެޓާ ޕެކެޓެއް ނުދިން ކަން

    32
    1
  4. ނުރަބޯ

    108 ދަރިވަރުން. އެހެންވީމަ ލކގ އިން 10ށް ކަމަށް ބަލައިފިއްޔާ ކްލާހަކަށް 9 ދަރިވަރުން.

  5. އަމްރު

    ފަޒްނާ މެޑަމް ބަރާބަރު. ކުރިންވެ ސް އުޅުއްވި ވަރަށް މުއް ސަނދި މެޑަމްއެއް. އެކަމަކު ވެރިކަމާއެކު އެ މުއްސަނދިކަން ދިޔައީ. މިއަދު އުޅޭމީހެއްކަމެއްވެ ސް ނޭނގޭ.

    4
    3
    • Anonymous

      މީގެކުރިންވެސް ފަޒުނާ އުޅުނު. އޭރު އުޅޭ މީހެއްކަމެއްވެސް ނޭގޭ. ސޯލިހަށް ރައީސްކަން ލިބުމުން މެޑަމް ފަޒުނާއަށްވީ. އުޅޭކަންވެސް އެނގުނީ. އަމްރަކަށް އެކަމެއްނޭގުނު.

  6. ހެހެހެހެ

    އައްޗީޑި

    6
    1
  7. Anonymous

    ޙެހެހެ ކުދިން ބޭނުންވާނީ ވާހަކަފޮތެއްނޫން އެކުދިންގެ ކުރިމަގު ބަދަލު ކޮށްލުމަށް ގާބިލު މުދައްރިސެއް ނުވަތަ ބަސްނާހާ ކުދިން ނާ ދިމާލައް ތީ ވަރަށް މޮޅު ލޯބިވާ ކުއްޖެކޭ ބުނުމުގެ ހިތްވަރު ހުރި މުދައްރިސެއް ކޮމޮޕިއުޓާ ލެބެއް މަސައްކަތައް ތައްޔާރު ކޮށްދޭނެ އާރު ކާޓީން މިޔުޅެނީ ވާހަތަ ނުކިއިގެން

  8. ހުސެން

    2 މިލިއަނެއްހާ ރުފިޔާ ދޭޙާ މުއްސަންދި ބަޔަކު ދެފޮތް ދިނުމަކީ ލަދުވެތިކަމެއް .މަވެސް ދީފާނަން ދެ ވާހަކަ ފޮތް