ރ. އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދަން އެމްޓީސީސީއާއި ހަވާލު ކުރުމުން އަމާޒުވަމުންދާ ފާޑުކިއުންތަކަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ރައްދު ދެއްވައިފައެވެ.

އަލިފުށީގައި އެއާޕޯޓެއް އަޅަން ހަވާލުކުރިއިރު، އެ އަތޮޅު އިފުރުގައި އެއާޕޯޓެއް އޮވެއެވެ. އިފުރާ އެންމެ ދުރުގައި އޮތް އަތޮޅުގެ ދެކުނު ސަރަހައްދުގައި އެއާޕޯޓެއް އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދުފުޅަކަށްވާއިރު އެ ކަން ވެސް ނުފަށައި މި އެއާޕޯޓް މަޝްރޫއު ފަށާތީ އަތޮޅުގެ ރައްޔިތުންގެ މެދުގައި ވެސް ޝަކުވާ ބޮޑުވެ ޚިލާފްތަކެއް އުފެދިފައިވެއެވެ.

އަލިފުށީގައި އެއާޕޯޓެއް އަޅާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މަޖިލީހުގެ މެންބަރުން ވެސް ކަންބޮޑުވުން ފާޅުކުރައްވައެވެ. މެންބަރުން ވެސް ފާހަގަ ކުރައްވަނީ އަލިފުށީގައި އެއާޕޯޓް އަޅަން ސަރުކާރުން ނިންމި ސަބަބާއި އޭގެ ސިޔާސަތު ސާފު ނުވާ ކަމެވެ. ބަޖެޓް ދެވިފައި ނުވާ މަޝްރޫއެއް ހަވާލުކުރެވުނު ސަބަބާއި މެދު ވެސް ސުވާލު އުފައްދަވައެވެ. އަދި އެއީ ރައީސްގެ ޅިޔަނު، އަލިފުށި ދާއިރާގެ މެންބަރު ބިގޭ ރުއްސަން ކުރާ ކަމެއް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.

ރ.އަލިފުށި ޖޮބް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭނާގެ އެންމެ ބޮޑު ވައުދަކަށް ވެސް އޮތް އެއް ކަމަކީ އަލިފުށީގެ ދަތުރުފަތުރުގެ އިންތިޒާމުތައް ވަރުގަދަ ކުރުން ކަމަށެވެ. އެ ގޮތުން އެއާޕޯޓް މަޝްރޫއު ވާނީ އަލިފުށި ރައްޔިތުންނަށް ނުހަނު މުހިއްމު މަޝްރޫއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްގެން އަމާޒުވަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ބިގޭ ވިދާޅުވީ މި ކަމާ ގުޅިގެން ބަޔަކު އޭނާއާއި އަލިފުއްޓާއި ވެސް ޒާތީ ގޮތުން ދިމާ ކުރަމުންދާ ކަމަށާއި އެއީ އޭނާ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

"އަޅުގަނޑާއި ޒާތީ ގޮތުން ބަޔަކު ދިމާކުރުމަކީ އަޅުގަނޑު ވަރަށް ކަންބޮޑުވާ މައްސަލައެއް،. އަޅުގަނޑު ދަންނަވާލަން ބޭނުން އަލުފުށީ ރައްޔިތުންގެ އަރިހުގައި، ކިތަންމެ ވަރަކަށް ޒާތީ ގޮތުން އަޅުގަނޑާއި ދިމާލަށް އިނގިލި ދިއްކުރިޔަސް އެންމެ ތަންފުކެއް ވެސް ފަހަތަކަށް ނުޖެހި ރައްޔިތުން އަޅުގަނޑާއި ހަވާލުކުރި އަމާނާތް ތިބޭފުޅުންނާއި ހަމައަށް ގެނެސްދޭނަމޭ،" ބިގޭ ވިދާޅުވިއެވެ.

މިއީ ބަޖެޓް ކުރެވިފައި ނުވާ ކަމެއް ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ބިގޭ ވިދާޅުވީ މި އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި އަލިފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ފައިސާ ހިމެނިފައި އޮންނާނެ ކަމަށެވެ. އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ގެ ދަށުން ހިންގޭ މަޝްރޫއުތަކުގައި، ވަކި ރަށެއް ނުވަތަ ރަށްތަކެއް ބަޔާން ނުކޮށް އެއާޕޯޓް މަޝްރޫއުތަކަކަށް ފައިސާ ހިމެނިފައި އޮންނާނެ ކަން ވެސް ބިގޭ ފާހަގަ ކުރެއްވިއެވެ.

"ބަޖެޓުގައި އޮވެގެން މިކަން މި ދަނީ، އަޅުގަނޑު މިރޭ ހަމަ ދަންނަވާލަން ބޭނުން ބަޖެޓުގައި ނެތްކަމެއް ސަރުކާރަކުން ނުކުރައްވާނެ، އަލިފުށި ރައްޔިތުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން މި ކަމަކީ އޮންނަ އުސޫލުގެ ތެރެއިން އެންމެ ފުރިހަމައަށް ހުރިހާ ކަމެއް ވެސް ތަރުތީބު ވެގެން އައިސްފައި އޮތް ކަމެކޭ،" ބިގޭ ވިދާޅުވިއެވެ.

އަލިފުށީގައި ބިން ހިއްކުމުގެ އިތުރުން އެއާޕޯޓެއް އަޅަން ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ އެމްޓީސީސީއާއެވެ. މި ޕްރޮޖެކްޓަށް 451 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އޮތީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސަރީފް

    ގައުމުތަރައްގީ ކުރުމުގާ އިދާރީގޮތުން ރާއްޖެ ބަހާފައިވާ ގޮތްތަކުގެ އިތުރުން ގުތުރަތީގޮތުން ރާއްޖެ ބެހިފައިވާގޮތަށްވެސް ބަލަންޖެހޭ އަޅުގަޑަކީ މީގެތެރެއިން އެއްވެސް ރަށަކަށް ނިސްބަތްވާ މީހެއްނޫން ނަމަވެސް ސަރުކާރުގެ މިނިންމުމަށް 100 ޕަސެންޓް ތާއީދުކުރަން
    އިފުރުން އަލިފުއްޓަށް 18 ނމ
    އިފުރުން ކިނޮނަސް /މަޑުއްވަރީ /މީދޫ 17 ނމ
    އަލިފުށީ އެއަރޕޯޓުން ށ އަތޮޅު ކޮމަންޑޫ އަދި ކައިރީގައި ހުރި ރައްތަކަށް ރިސޯޓްތަކަށް ފައިދާ ކުރާނެ މީ އަޅުގަޑުގެހިޔާލް

    6
    7
  2. Anonymous

    ބިގޭ
    މޮޔަވެބަލަ.

    6
    3
  3. ޑރ. ރާމީ ޙަސަން މަނިކު ވައިނުޖެހޭގެ

    ކޮންމެ ކަމަކަށް ވެސް ވަޤުތަކާއި، ޝާޢަތެއް އޮންނަންވާނެ ކަމަށް މާތް ﷲ އަންގަވާފައި އޮވެއެވެ. މިއީ މިކަމުގެ ވަޢުތެއް ނޫނެވެ. ބޭކާރު ގޮތުގައި އެއް އަތޮޅެއްގައި ދެ އެއަރޕޯޓް އަޅަން އޮތް ވަޤުތެއް ނޫނެވެ. ކޮރޯނާ ގައި ރައްޔިތުން ނިކަމެތިވެ، ވަޒީފާ ގެއްލި، މާޔޫސް ވެއްޖެއެވެ. ގޮނޑުހޮވައިގެން-ކާ މީހުން ގިނަ ވެއްޖެއެވެ. ގޮނޑުހޮވައިގެން-ކާ މީހުން ގިނަ ވުމަކީ އިޤްތިސޯދު ކަމީނާ ވެއްޖެކަން ދައްކުވައިދޭ ހެއްކެކެވެ. މިފަދަ ދަނޑިވަޅެއްގައި އެއް އަތޮޅެއްގައި ދެ އެއަރޕޯޓް އެޅުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ މޫނުމަތީގައި އިބޫ ޖެހި ބޮޑު ތަފާވަރެކެވެ. އަހަރުމެއްނަށް މިފަދަ ފޯރުން ތެރިކަމެއް ލިބުނު ދުވަހަކުން ކޮންމެ ރަށެއްގައި ވެސް އެއަރޕޯޓް އެޅުމަކީ ގޯސް ކަމެއް ނޫނެވެ. ނަމަވެސް ކޮރޯނާ ގައި ނިކަމެތިވެ، ތިން އިރު ހަމައަށް ނުކައި މުޖުތަމަޢު ގެ މަދުނޫން ބަޔަކު ތިއްބާ، އިބޫ މިއުޅެނީ ޕްރައިރިޓީ އޮޅިގެންނެވެ. މުޙިއްމު ކަން ދޭންވީ ކަންކަން އޮޅިގެންނެވެ. މިކަން ހުއްޓުވުމަށް ޤައުމުދެކެ ލޯބިވާ ބަޔަކު ނުކުމެ ކެމްޕޭން ކޮށް، ޕެޓިޝަން ނަގަންވެއްޖެއެވެ.

    7
    2
  4. އަބްދޫ

    ދިވެހިރާއްޖޭގެ ގާނޫނުއަސާސީގަ ބުނާގޮތުން ބަޖެޓް ން ހަރަދު ކުރެވޭނީ އެކަމެއްކުރުމަސް ބަޖެޓްގަ ފައިސާ ހިމަނާފައިވާނަމަ އެކަމަށް ކަނޑައެޅިފައިވާ އަދަދަށް. މިނޫންގޮތަކަށް ފައިސާހަރަދު ކޮށްފިނަމަ އެންޓިކަރެޕްސަނުގެ ގާނޫނުގަ ބުނާ ނާޖާއިޒް ފައިދާ ހޯދުމަށް ކުރި ހަރަދަކަށް ބެލެވޭނެ. ދައުވާކުރެވޭނެ ފައިސާ ހޮދޭނެ، ޖަލުގަ އޮންނަންވެސް ޖެހިދާނެ.

  5. މުބީނު މާރނީ

    1200 ރުފިޔާ ދީފަ ދާނެތަ މީހަކު 600 އަށް ސްޕީޑް ލޯންޗް ގައި ދެވެން އޮއްވަ. ކިހިނެއް އޯވަރހެޑް ކޯސްޓް ހަމަޖައްސަނީ ؟ ބޭކާރު ކަމެއް.

  6. ތެދު

    ތިއަ އެއަރޕޯޓްއަކީ ކިހާފައިދާއެއްކުރާނެތަނެއްބާ.؟
    ޢެއްމެ ފަޅުރަށެއް އޮތީ (އެއްތިނގިލި) އެއީ ގާމަތީ މަދިރިންފުރިފައޮތް ރީތި ގޮނޑުދޮށެއްވެސް ނެއްރަށެއް..ވަކިން މާކަނޑުތެރޭގައޮތްރަށެއް...ތިވަރުގެ ހަރަދެއްކޮއްފަ ހެދުމުން ހިންގުމައް ކުރާހަރަދު ހޯދަނީކިހިނެއް.؟!
    ތިހަރަދު އެދާއިރާގެ ރައްތަކައްކުރުންމާމުހިންމު.
    އަދި ނަރުދަމާނުނިމޭ، ފެންނުލިބޭ، މަގުނެހެދޭ، ހޮސްޕިޓާ ހުރިގޮތައްހުރީ، މަދަރުސާގަ ހާލަތުދައް އަދި ފެށިމަސައްކަތްނުނިމޭ..؟! ދެން ކޮންކަމެއްބާ ބިގޭ އިންތިހާބައް ކުރާކަމަކައްވަނީނަމަ ދެންހުރިރައްތަކައް މިހަރަދުކުރެވޭނެބާ..؟؟!!
    ކާބޯތަކެތިގަތުމައް ލޯނުނަގާފަ، ރައްޔިތުންގެ އިމާރާތްތައް ރަހުނުކޮއްފަލޯނުނަގާފަ ދެންވާނީކިހިނެއްބާ.؟ ކާބޯތަކެތީގެއަގު މައްޗައްގޮސް އާއްމުމީހާއައް އަތްނުފޯރާހިސާބައް މައްޗައްދާނީ..މިހާރު ބިހެއްގެއަގު =/2ރ
    ކުރިން =/1ރ އައްލިބުނު.. ﷲ އާއި ރަސޫލާއަށް ފުރައްސާރަކުތިބަޔަކު ބޮޑުންނައްލީބަޔަކު ކޮއްމެފަދަކަމެއްވެސް ކޮއްފާނެ..
    އަލިފުށީ ރައްޔިތުންވިސްނާ..ނަމާދުނުކޮއް ބިގޭފަހަތުން ޒުވާނުންދުވުމުން އާހިރެއްގެއްލޭނީ..

  7. ބިގޭ ޅިޔަނު

    ވޯޓު ހޯދަން އިބޫ ދެން ދާންވީ އަލިފުއްޓަށް، މި ފަސް ދައުރުވެސް ހަމަވާނެ ކުރިން ވޯތު ދިނިން ދެން މިކޮޅަކުން ބޭފުޅާމެންނަށް ދޭނެ ވޯޓެއް ނެތް ވަރަށް ސަލާން. ޔާމީން ބާލަން ދެވުނު ވޯޓާ މެދު މިއަދު ހިތާމަކުރަން

    11
  8. ޢިޔާޒް

    ސޮރީ ބިގޭ. މާލެ އިން ސަޕޯޓް އެއް

  9. ސސ

    ބިގޭއަށް ކަޓުލިބޭ މަޝްރޫއެއްތޯ ތިހާވަރުން އުޅެނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހަމަ ކޮންމެ ރަށެއްގައިވެސް އެއާރްޕޯޓް އަޅަންވީ އެއީ އެންމެ ރަގަޅުގޮތަކީވެސް، ކޮންމެހެން ރަށު މީހުން އެހެން ތަނަކަށް ނުގޮސް ރަށުން ސީދާ ފުރޭނީ އޭރުންތާ ސީދާ ޑޮލަރު ޖީބަށް ވަންނާނީވެސް އޭރުންތާ!