ކޮވިޑް-19 ފެތުރުމުންދާތީވެ މޮނިޓަރިގެ ހާލަތަށް ގެނެސްފައި އޮތް ރ.އަތޮޅު މަޑުއްވަރި މޮނިޓަރިންއިން ނަގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މޮނިޓަރިންގެ ހާލަތަށް މަޑުއްވަރި ގެނެސްފައިވަަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެ ރަށުން ހަތް މީހަކު ފައްސިވުމުންނެވެ.
ބަލި އެއްކޮށް ކޮންޓްރޯލް ނުވަނީސް އިއްޔެގެ ވަގުތެއްގައި، ކުއްލި ގޮތަކަށް މަޑުއްވަރީ ވަނީ މޮނިޓަރިންއިން ނަގާފައެވެ. އެ ދާއިރާގެ ޕީއެންސީ މެންބަރު އަދާމް ޝަރީފް ވެސް ވަނީ ކުއްލިއަކަށް މޮނިޓަރިންއިން ރަށް ނެގުމަކީ ބަލި އިތުރަށް ފެތުރިދާނެ ކަމެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރަށް މޮނިޓަރިންއިން އިއްޔެ ނަގާފައި ވަނިކޮށް ރައީސް އޮފީހުން މިއަދު ވިދާޅުވީ ރައީސް ސޯލިހު ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަޑުއްވަރީއަށް ވަޑައިގެންނެވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މަޑުއްވަރިއަކީ ރައީސްގެ ދަތުރުފުޅުތައް ފެއްޓެވިއިރު ވަޑައިގެންނެވުމަށް ޝެޑިއުލްކޮށްފައިވާ ރަށެއް ނޫނެވެ. ރައީސްއާ އަނބިކަނބަލުން ރ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލާ ސަރުކާރުގެ އިދާރާތަކާއެކު ބައްދަލުކުރައްވާ ގިނަ މަޝްވަރާތަކެއް ދަނީ ކުރައްވަމުންނެވެ.
ކޮވިޑް-19 މީގެ ކުރިން ވެސް ބައެއް ރަށްތަކުގައި ފެތުރިގެން ދިޔައީ މާލެ އިން އެކި ވަފުދުތައް ރަށްތަކަށް ދަތުރުކޮށް، ކޮވިޑުން ރައްކާތެރިވުމުގެ އުސޫލުތަކާއި ހިލާފުވެފައި ވަނިކޮށެވެ. މާލެ އިން ދަތުރުކުރާ ވަފްދުތަކުގެ ސަބަބުން ކޮވިޑް ފެތުރެމުންދާ ކަމުގެ ޝަކުވާ ބޮޑުވުމުން މިހާރު ހަމަޖައްސާފައި ވަނީ މާލެ އިން ރަށްތަކަށް ދަތުރު ކުރާ ފަރާތްތަކުން މާލެ ފުރުމުގެ ކުރިން ކޮވިޑަށް ޓެސްޓް ކުރާށެވެ.
ރައީސްގެ ދަތުރުފުޅުގައި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަތާއި އަތް ޖޯޑުކޮށް ސަލާމް ނުކުރެއްވި ނަމަވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު އެއްތަނަކަށް ޖަމާކުރާކަން ފާހަގަ ކުރެވެއެވެ.
އެޗް ޕީ އޭނިން ސަރުކާރެއްވެރިކަމުގައި ބޭތިއްބުމަށް ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ލާގެން މިހިންގަމުންދާ ޖަރީމާ ދެންއަށްނަ ވެރިކަމެއްގައިބަލާ ގާނޫނުން ދެވެންއޮތް އެންމެ ހަރުކަށި އަދަބެއްދޭންވާނެ.
މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ
ރައްޔިތުން ވަރަށް ބާރަށް އަތްޖަހަންވާނެ. ަަަަަަަަަަަަަަަަަަަ ރާއްޖޭގެ ވޭރިއެންޓް ޕޮލިޓީޝަނުންދެކެ ބިރު ގަންނާނެއެ
ފެށުނީއްސުރެ ރާއްޖޭގަ ކޮވިޑްބަލި ސިޔާސީ ހަތިޔާރެއްގެ ގޮތުގަ ސަރުކާރުން ބޭނުންކުރަނީ
އިބުރާ ދަތުރުކުރާނެކަމެއްނެތް ކަލެއައްނުލިބޭނެ ވަހީދުއައްލިބުނުވަރައްވެސް ވޯޓު
މިކަހަލަ ކަންތައް ކޮއްގެން ބަލިފެތުރިގެން މީހުން މަރުވުމުން މިގޮތައް ކަންކުރި މީހުންނަށް މީހުން މެރުމުގެ ދައުވާ ކުރެވެންވާނެ.
ކުރިންވެސް މިހެން ހަދަމުން ދިއައީ ކޮވިޑްތެރޭ. ސަރުކާރުގެ ޚާއްސަ ހުއްދަ ލިބޭ މީހުންނަށް ކޮންމެ ގޮތަކަށްވެސް ދަތުރުކުރުން އޯކޭވެފަ އޮންނަނީ. އަނެއްކާ އެ މަންޒަރު މި ފެންނަން ފެށީ. މިމީހުން ބުނާ ގޮތުން ސަރުކާރުން ބޭނުންކަމެއް ކުރަން ޖެހުނީމަ ކޮވިޑްވެސް އެބަޖެހޭ ފިޔަވަޅެއް ނާޅާ ހުރި ތަނެއްގަ ހުއްޓެން. އެކަމު އެހެންނެއްނުވާނެ.
ގާނޫނުތަށް މީނަ ބޭނުންގޮތަކަށް ކޮށާ މަށާފަ ރަށްރަށަށް ކެންޕޭނަށް އެރިޔަސް ތިޔަ ރައީސަކަށް މިގައުމުގެ ވެރިކަމެއް ދެނެއް ނުލިބޭނެ ލިބޭނެހާވެސް ވެރިކަމަކީ ޖަލުގެ ވެރިކަން.
ސާބަހޭ. ސަރުކާރުގެ ވެރިންނާ ސަރުކާރު އޮފީސްތަކުގެ މީހުން ރަށް ރަށަށް ގޮސް ރަށްރަށުގައި ކޮވިޑު ފަތުރަނީ. މާސްކް ނާޅާ ގޮސް އުޅެނީ ރަށު ތެރޭގައި. މިހާރުވެސް ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން ކުޅުދުއްފުށީގައި މާސްކް ނާޅާ މީހުންނާ ބައްދަލުކޮށް މުޅި ރަށު ތެރެ ކުޑަކުރަމުން ދަނީ. ނިމޭ އިރު ހުރިހާ ދެރައެއް ރަށުގެ ރައްޔިތުންނަށް. ޒިންމާ ނަގާނެ ބަޔަކު ނެތް.