އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު، ވަރަށް އަވަހަށް ކަނޑައެޅިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރ. އަލިފުށީގައި ޖޮބް ސެންޓަރުގެ ހިދުމަތް އިފްތިތާހް ކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ލަސްތަކެއް ދިމާވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް ދާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން އަވަސް މުސްތަގުބަލެއްގައި މިނިމަމް ވޭޖް ކަނޑައެޅިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ރޭގެ ހަފްލާގައި ދެއްވައިފައެވެ. އަދި އެކަމާއި އެއްވެސް ރައްޔިތަކު ޝައްކު ނުކުރެއްވުމަށް އެދިލެއްވިއެވެ.

"އަޅުގަނޑުމެން ބޭނުންވާ ވަރަށް ވުރެ އެކަން އޮތީ ލަސްވެފައި. ނަމަވެސް އަނެއްކާ ވެސް މިފަހަރު ވެސް ފާހަގަކޮށްލެވޭނީ ވަރަށް އަވަސް މުސްތަގުބަލެއްގައި އެކަން ކަނޑައެޅިގެންދާނެކަމާ މެދު އެއްވެސް ޝައްކެތް އެއްވެސް ބޭފުޅަކު ނުކުރެއްވުމަށް." ފައްޔާޒް ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން އިކޮނޮމިކް މިނިސްޓަރަށް ވަޒީފާއާއި ބެހޭ ގާނޫނުން ލާޒިމް ކުރެއެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ރާއްޖޭގައި ހިންގާ ނުވަ ސިނާއަތަކަށް ވަކިވަކިން ރިޔާއަތްކޮށް، އެއިން ކޮންމެ ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައިގެ އަދަދާ މެދު ބޯޑުން ލަފާ ދޭން ޖެހޭނެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މިނިސްޓަރަށް ލަފާ ދިނުމަށް 11 މެމްބަރުން އެކުލެވޭ ބޯޑެއް އޮވެއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތައް

  1. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް
  2. ޓޫރިޒަމް ސިނާއަތް
  3. ކޮންސްޓްރަކްޝަން ސިނާއަތް
  4. ދަތުރުފަތުރުގެ ސިނާއަތް
  5. ސިއްހީ ހިދުމަތުގެ ދާއިރާ
  6. ތައުލީމީ ހިދުމަތުގެ ދާއިރާ
  7. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް
  8. އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ
  9. މެރިޓައިމް، ޝިޕިން ސިނާއަތް

މަސައްކަތްތެރިންނަށް މިނިމަމް ވޭޖެއް ކަނޑައެޅުމާއި، ވަޒީފާ ނުލިބޭ ފަރާތްތަކަށް އިނާޔަތެއް ކަނޑައެޅުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއިން ހުށަހެޅި "އެޖެންޑާ 19" ގެ ކަރުދާހުގައި ވެސް ހިމެނޭ ގާނޫނީ އޮނިގަނޑެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަޙްމަދު

    ބޭކާރު ވާހަކަ ނުދައްކާ! އަހަރުމެން މިތިބީ ކަލޭމެންމަތީ ވަރަށްބޮޑަށް ފޫހިވެފައި! އަހަރުމެން އަހަރުމެންގެ ހާލާ އުޅެން ދޫކޮށްލާ! ޓްރިޒަން އަޅުން ހުޅުވިގެން އައިރު ވަޒީފާއިން ކަނޑާލި ދެވެހިން އަދިސްތިބީ ގޭގައި! އެވަޒީފާތަކަށް ބޭރުމީހުންގެނެސް އިތިބީ ދިވެހިން މަގުމަތިކޮށްފައި! ދެންކޮށް އުޖޫރައެއްގެ ވާހަކަ ދައްކާކަށްތޯ!!!

    22
  2. އެޖެންޑާ19

    އަބަދު ވެސް ތިބަދިވަރު ކޮމެވެސް ކަމެއް ހާސިލު ކުރަން ބޭނުން ވީމަ ކުޑައުޖާރަ.

    19
  3. އިސްޢާފް ސަލީމް

    ބަލަގަ ތިޔައީ ފުރަތަމަ އަހަރުތެރޭގައި އެންމެ ކުޑަ އުޖޫރައިގެގޮތުގައި 10000 ރުފިޔާ ކަނޑައަޅަން ވަޢުދުވެގެން އައި ބައިގަނޑެއްނޫންހެއްޔެވެ< ؟ އިބްލީހުގެ ކައިވެންޏަށް ދިގުދެމެމުން ، އަންނަ އަހަރު ، އަންނަ މަހު ، އަންނަހަފްތާ ، އަންނަދުވަހު ކިޔާލަކިޔާލަތިއްބާ ތިއޮށް ހަފުސްވަނީއެވެ. މަސްކިލޯއަކަށް ދަށްވެގެން 30 ރުފިޔާ އެބަ ދެމުހެއްޔެވެ؟ ފުރަތަމައަހަރުތެރޭގައި މިފްކޯއަކީ ފައިދާވާކުންފުންޏަކަށް ހެދިއްޖެހެއްޔެވެ؟ ވިހާދަރިފުޅަށް ފޮއްޓެއް އެބަ ދެވޭހެއްޔެވެ؟ 100 މޭލުދުރުގައި 7 ، މަސް ޕްލެޓްފޯމުތައް ޤާއިމު ކުރެވިއްޖެހެއްޔެވެ؟ ރަށްރަށުގައި ގޭދޮށު މަސްފެކްޓަރީތައް އެޅިއްޖެހެއްޔެވެ؟ ކުނިން އާމުދަނީ އެބަ ހޯދޭހެއްޔެވެ؟ ކަރަންޓާ ފެން އިންޓަނެޓް އަގުހެޔޮ ކުރެވިއްޖެހެއްޔެވެ<؟ އޯވަރޓައިމް ލިމިޓް ކަނޑާލެވިއްޖެހެއްޔެވެ؟ އަޅަންބުނި 4 ބްރިޖް އެޅިއްޖެހެއްޔެވެ؟ ގއ ގދ ގައި 8000 ޓުރިސްޓް އެނދު ރެޑީކުރެވިއްޖެ ހެއްޔެވެ؟ ގެއްލުވާލާ މަރާލެވުނު މީހުންނަށް އިންޞާފް ހޯދައިދެވިއްޖެހެއްޔެވެ؟ މިއީ ވަޢުދުތަކުގެ 1 ޕަސެންޓް. ވީމާ ފޮނި ނުބުރުއްސާ އިސްތިޢުފާ ދޭށެވެ.

    19
    1
  4. ސަރަނގު

    ސިވިލް ސާވަންޓުންގެ ވޯޓް ބޭނުމެއްނޫން އުތަ؟

    16
  5. ޢަބްދުލްމުހައިމިން

    ފައްޔާޒު އަށް ދަންނަވާލަން އޮތީ އަޅުގަނޑުމެން ރަށު މީހުން ތިބާވަތުގެ ކަންކަމަށް ނިސްބަތްކޮށް ބުނެ އުޅެނީ " ފައިނު ކަތީބު ނުހުއްޓުނު ސޫރަތް" ކަމުގައި.

    14
  6. ޒޫނާ އަބްދުލް ވައްޙާބު

    ތިޔަ ކިޔަނީ ވެރިކަމަށް 100 ދުވަހު ކުރާނެ ކަމަށް ބުނިކަމެއް ، ސިޔާސީ ވެރިންނަށް ވާނެ ދެގުނަ ބޮޑު އަދަދެއް ކަނޑައަޅަން

    10
  7. ޙަސަން

    ދުވަހަހަކު އަތުނުޖެހުނު މިނިމަމްވޭޖް ވ ޝުކުރިއްޔާ!

  8. އައްނި

    ޝައްކެއް ނުކުރަން ޔަގީން ކުރަނީ ތިކަމެއް މި ސަރުކާރަކުން ނުވާނެކަން.

    13
  9. ޖ

    ކޮންބޭކާރު ވާހަކައެެއްތަ މީނަމިދައްކަނީ

  10. ކޮވިޑް

    އެންމެ ކުޑަ އުޖޫރަ އަށް ޝައްކެއްނޫން ކުރަނީ ޔަޤީން ކުރަނީ . ތިން އަހަރު ވީއިރު ނުވީ ކަމެއް 2023 ވާއިރު ވެސް ވެދާނެ ކަމާމެދު ޝައްކު ވަނީ. މިސަރުކާރުގެ ބޭނުމަކީ ރައްޔަތުންނަށް ދަޅަ ދައްކަން އަންނަނީ ، ވަނީ ، ހިތަށް އަރަނީ ، ކުރަން ބޭނުން، މާދަމާ ވަނީ ، ކިޔާ ރައްޔަތުން ގުބޯހެއްދުން .

    6
    1
  11. ވަޒީރު

    ކޮބާތަ ފައްޔާޒް މުޅި މަޖީދީމަގު ފުރާ މުޅި ގަލޮޅު ދަނޑު ފުރާ އެއްކުރި ބިދޭސީންގެ ކަންތައް؟ ވެދާނެ އެކަމުން ޖީބް ފަޅުފިލީމަ ނިއްމާލީކަމަށް . މިހާރު މުޅި މާލެ ބަންޑުން ވަނީ އިންޑިއާ މީހުނާ ހެދި ކޮބާ ހޯދަ ދެވުނު ހައްލަކީ؟ އަނގަ އެއް އޮތީމަ އެއްޗެކޭ ކިޔަކަސް ނުވާނެ ފައްޔާޒޫ އިސްތިއުފާ ދީފަ ގެއްލެން އުޅޭ.

  12. ދިވެހި ދިދަ

    އަނެއްކާ އެއްކަލަ ސޮރު ކޮސްގޮވަން ފަށައިފި

  13. ކަޅުމަންޖެ

    ފައްޔާޒޫ ކަލެއަށް އެގޭނީ ރައްޔަތުންނަށް ދުއްޕާން ކުރަން. ތިޔައުޅެނީ އޮފީސްގަނޑެއް ހިންގަން ނޭގިގެން. މީހަކުގެންނަން ތިޔަތަނަށް އެޕްލައި ކޮއްގެން މަސް 2މަސް ވާ އިރު ޢެކަމެއްނުވޭ. ކަމާ ގުލުން ހުރި މީ ހަކާނުގުޅެ. ކަމާ ގުލުން ހުރި މީ ހުނާ ތިޔަތަނުން ވާހަކަ ދެއްކުމަކީ މަނާ ކަމެކޯ. ތިޔައީ މަތިން ފައިބާ ތިބި ބައެއްތަ. ؟ 2023 ހަނދާން ނައްތާލާ. ޥޯޓު ހޯދަން ވީމަ ރައްޔަތު މީހާ މަތިން ހަނދާންވާނެ

  14. ޫމޫސާ

    މިއީ ދެހަަފްތާތެރޭ ކަނޑައަޅާނަމޭ ބުނި މިނިވަންވޭޖު ކުދިންނޭ އަދި ދެހަފްތާ ނުވެއޭ؟؟ ރައިސްކަމުގެ ހުވާކުރިތާން އަދި 100 ދުވަސް ނުފުރޭ؟؟؟ ހުރިހާ ސިވިލް ސާވަންޓުންނަށް ގޮވާލަން ދެން މިސަރުކާރަށް ވޯޓް ނާޅަށް ޝުކުރިއްޔާ ރާއީސް/ ޝުކުރިއްޔާ ފައްޔާޒު

  15. ސަންފައްތަ

    އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭން ތެރޭގައިވެސް ތިބުނާ މިނިމަމް ވޭޖެއްގެ ވާހަކަ ދެއްކި. އޭރުބުނި ތިމަންނަމެންގެ ވެރިކަމެއްގައި ސަރުކާރުގެ އެންމެ ދަށުފަންތީގެ ވަޒީފާތަކުގެ ބޭސިކް މުސާރަ ދިހަހާސް ރުފިޔާއަށް ހަމަޖައްސާނަމޭ. މިހާރު މިއޮތީ ދެވަނަަފަހަރަށް އެމްޑީޕީ ވެރިކަމަށް އައިސް. 14 އަހަރު ވީއިރުވެސް އެކަން ޙަޤީޤަތަކަށް ނުހެދުނު.

    4
    1
  16. އާކުރާ

    ބަލަ ކަލޭމެން . މިގައުމު ކާލާފި . ކެނެރީގޭ ކުއްޖާ އައް މިކަންވާނީ . ނުކިޔަވާހުރި ކިބުލެއް ވެރިކަމައް އައީމަވާނީ މިހެން .

    2
    4
  17. ސަމީރު

    އިކޮނޮމިކް މިނިސްޓްރީގެ ބިދޭސީންނާ ބެހޭ ޚިދުމަތަކީ ދިވެހިންނަށް ދިމާވެފައި އޮތް މުޞީބާތެކެވެ.މީހަކާ ބައްދަލެއް ނުވެއެވެ.ގުޅާއިރަށް ދެނީ ޓިކެޓް އައިޑީއެއް.މެއިލް ފޮނުވާއިރަށް ދެނީ ޓިކެޓް އައިޑީ.

  18. މިތުރާ

    އިކޮނޮމިކު މިނިސްޓަރޫ، ގައުމަށްވަންނަ ރުފިޔާ ގައުމުން ބޭރުކުރާމީހުން ގިނައީ، ގައުމު ހިންގަނީ ބިދޭސިން، ސްކޫ ލްނިންމާފަ ޒުވާނުން ދަނީ ޑުރަގަށް ،ފަސޭހައިން ޖޮބު ލިބެނީ އެތަނުން، ގައުމު ހިންގަން ތިބި ޒުވާނުން ފަނާވަނީ ، އާދައިގެ ލޭބަރެއްގެ ކުޑަ މުސާރަ މަދުވެގެން 500ރ 1000ރ ދެމެދުން ލިބެން ޖެހޭ 8ގަޑި އިރު މަސައްކަތް ކުރުވާފަ، އެެއްވެސް އެއްޗެއް އުފައްދާ ތަނެއްނޫން، އިންޕޯޓު މުދާ ހުންނަނީ ،އެހާ އަގު ބޮޑު، ކާއެއްޗިސް ، ލާއެއްޗިސް އަގު އުޅެނީ އުޑަށް އަރާފަ އަގު، ދުވާ ލާ ރޭގަޑު އެއްކޮށްގެން މަސައްކަތް ކުރާއިރުވެސް އަގަޔާ، އަތާދިމާނުވޭ، މަޖި ލިސް މެމްބަރުން ވެސް އެބައިމީހުންގެ މުސާރަ މަހަކު 60ހާހުން ބައި އަޅާގެން އެތިބީ އެވަރުވެސް މަދުވެގެން އުޅެނީ، އަހުން ކެޔަސް ނުކެޔަސް ހެޔޮ، ވޯޓު ލިބުނީމަ އެވީ ،

  19. ާައަލީ

    އަވަަސް މުސްތަގުބަލްއަކީ 5 އަހަރު ދުވަހުން ކަމެއްކުރުންތަ..

  20. ޙަބީބު

    ބާކީއޮތީ އިންތިހާބައް ކެންޕޭންކުރުން އެޖެންޑާ 19 އޮތްބާ ހިޔާފުލެޓު ލިބުން މީހުނައް މި ފަދަ ބުރައެއް ޖައްސަން އެންމެދެކޮޓަރިޔައް 8500 ރު ފިޔާ ދުވަހަކުވެސް ތިޔަ އެމްޑީޕީޔަކީ ތެދެއްހަދާނެ ބައެއްނޫން

  21. ައަންހެންމަންޖެ

    ވަރަށްފުރިހަމަ ތިގޮތައް ހިފަހަށްޓާލާ ވެރިކަންނިމެންދެން މިކުރަނީ މިހާރު މިކުރަނީ ދެންލަހެއް ނުވާނެ މިކުރަނީ ކޮސްމޯ

  22. ފަޔާ

    މިނިވަން ވޭޖް ޕްރައިވޭޖެއް ޕްރައިވެޓް ސެކްޓަރ އަށް ސިޔާސީ ބޭނުމަކަށް އަތްބާނައިގެން ކަނޑައަޅަން ތިއުޅެނީ އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން ކޮންކަމެއް ސަރުކާރުން ކޮށްދީގެން ތޯ ވިސްލާލަން ރަގަޅު. ސަރުކާރުގެ އަމާޒަކީ އަބަދު ވެސް ވަކިބައެއްގެ ޖީބަށް ބޮޑުވާގޮތަށް ކަންކުރުން . ނިކެމެތި ގޮތެއްނެތިފަ ހުންނަ މީހާ އެމީހާގެ ވިޔަފާރިއާއިގެން ކުރިއަށް ދާނެ މަގެއް ނުފެނިފަ. ސަރުކާރުން ނުޖެހޭނެ ޕްރައިވެޓް ސެކްޓަރ އިން ކޮންމެހެން މިނިވަން ވޭޖް ކަނޑައަޅަން . ސަރުކާރުން އަތްބާންނަން ޖެހޭތަންތަނަށް އަތްބާނައިގެން ތިކުރާކަމެއް ކުރީމަ ރަގަޅުވާނެ.