ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތަށް ސިޓީ ކައުންސިލް ހިންގެން އަންނަނީ ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދަކީ ރާއްޖޭގެ އެންމެ ގިނަ މީހުން ދިރިއުޅޭ ސަރަހައްދަށްވާ އިރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހަމަޖައްސަން ގިނަ މަސައްކަތްތަކެއް ވެސް ކުރަން ޖެހެއެވެ. ހުޅުމާލެ އާއި ވިލިމާލެ ހިމެނޭހެން ބިމުގެ އިހްތިސާސެއް އެންމެ ބޮޑު އެއް ސިޓީއަކަށް މާލެ ސިޓީ ވި މިއީ އަދިވެސް އިތުރު ބިމުގެ އިހްތިސާސް ވެސް ބޭނުން ޖެހިފައިވާ ސިޓީއެވެ.
މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުގެ "ބޮޑެތި ނިންމުންތައް" އިސްލާހު ކުރަން ޖެހިގެން ނޫނީ މުރާޖައާ ކުރަން ފެނިގެން ސިޓީ ކައުންސިލް އަދި މި ފެންނަނީ ސަރުކާރުގައި "އާދޭސް" ކުރަން ޖެހޭ ތަނެވެ. ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށާއި، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލު ކުރަން ގުޅީފަޅު އެ ކަމަށް ޚާއްސަ ކުރުމާއި، މާލެ ސަރަހައްދުގެ ބައެއް ވަސީލަތްތައް ރަނގަޅަށް ބަލަހައްޓަން ވެސް އަދި ޖެހެނީ ސިޓީއަކުން ދަންނަވާށެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި އަމާޒު ކުރެވުނު ގިނަ ސުވާލުތަކުގެ ޖަވާބު ވެސް އައީ މިފަދަ ގޮތަކަށެވެ. ސަރުކާރުގެ ސިޔާސަތު ވެސް ކަނޑައެޅިފައި އޮތީ ހަމަ އެގޮތެވެ. ސިނަމާލެ ބްރިޖް ރަނގަޅަށް ނުބެލެހެއްޓޭއިރު އެއީ ސިޓީގެ އިހްތިސާސްގައި ހިމެނޭ ވަސީލަތެކެވެ. ގުޅީފަޅު މަޝްރޫއަށް ބޭނުންވާ ބަދަލުތައް ހުށަހެޅި ނަމަވެސް އަދި އެއަށް ޖަވާބެއް ނެތެވެ.
ސިޓީ ކައުންސިލަށް އޮތް ބާރުވެރިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ކައުންސިލްތަކަކީ ވަކި ބާރެއް ނޫން ކަމަށާއި ލާމަރުކަޒީ ގާނޫނުގައި އޮންނަނީ ސަރުކާރު ހިންގާ ބާރުގެ އެއް ފަށަލައެއްގެ ގޮތުގައި ކަމަށެވެ.
"މިއީ ޔުނިޓަރީ ދައުލަތެއް، އެގްޒެކެޓިވް ޕަވާގެ ފަށަލައެއް ގޮތުގައި ކައުންސިލްތައް މި އޮންނަނީ، ގާނޫނުގައި އޮންނަ ގޮތަށް ސިޓީ ކައުންސިލް ހިންގޭނީ ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން، ހަމަ އެ ގޮތަށް ސިޓީ ކައުންސިލުން ވެސް ސަރުކާރަށް އެއްބާރުލުން ދީގެން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ސަރުކާރަށް ދޭން ޖެހޭ ކޮންމެ އެއްބާރުލުމަކާއި އެހީތެރިކަމެއް ދެއެވެ. ސިޓީ ކައުންސިލްގެ އެހީއަށް ނޫނީ މަޝްވަރާއަކަށް ސަރުކާރުން އެދިއްޖެ ހާލަތެއްގައި މިހާރު ވެސް އެ ކަމެއް ފޯރުކޮށްދީފައި އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންވިޔަސް ސަރުކާރުގެ އެއްބާރުލުން ނުލިބޭނަމަ ސިޓީ ކައުންސިލް ހިންގަން ވަރަށް ދަތި ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ސަރުކާރުން އެ ދޭން ޖެހޭ އެއްބާރުލުން ނުދީފިނަމަ، ސިޓީ ކައުންސިލްގެ މަސައްކަތްތައް ހިންގަން ގޮންޖެހުންތަކެއް ކުރިމަތިވާނެ،" މީގެ ކުރީ ދެ ސަރުކާރެއްގައި ހައުސިން މިނިސްޓަރު ކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.
ހިޔާ ފްލެޓްސް ތަކުގެ ސައިޒު ކުޑަ ކަމާއި އަދި އެތަނުގެ ކޮންސްޓްރަކްޝަން ފެންވަރު ދަށް ކަމުން އެއީ 500 މިލިއަން ޑޮލަރުގެ ލޯން ނަގައިގެން ކުރަންވާ ވަރުގެ ކަމެއް ނޫނޭ ބަދަލުގައި އެފައިސާ އިން ހުޅުމާލޭ އިރުންނާއި ހުޅަނގުން އޮތް ފަޅު ހިއްކާ ގުޅިފަޅު ހިއްކާ ތިލަފުށި ފަޅު ހިއްކާ އުތުރު ތިލަފަޅު ހިއްކާ މިހުރިހާ ތަނަކުން ގޯތި ބޭނުންވާ ކޮންމެ މީހަކަށް 10 ހާސް އަކަފޫޓްގެ ގޯއްޗެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް ކުއްޔަށް ދިން ނަމަ މިއަދު އިގްތިސާދު ކުރިއަރާނެއޭ މިފަދަ މިސްޓޭކް ދެން މާލެ ސިޓީ ކައުންސިލުން ތަކުރާރު ނުކުރަންވީ މިހާރު އެނބޫދޫ ފަޅުގައި ރިސޯރޓް ނަހަދާ އޮތް 6 ފަޅު ވިއްކާލަން އުޅޭތީވެ ސަރުކާރުން އެފަޅު ތައް ގަނެފައި މާލެ ދެކުނުން އިތާފުށި ގާތުން އޮތް ފަޅު އެމެންނަށް ދޭންވީ 100 އަހަރަށް ހިލޭ އެއިރުން ދެން އެނބޫދޫ ފަޅު އެއްކޮށް ހިއްކާލައިގެން އެތަނުން ރާއްޖޭގެ އެންމެނަށް ގޯތި ދެވޭނެ ނޫންތޭ...
އަދި ކިރިޔާ ރޭކާލީ؟ ދިވެހިރާއްޖެއަކައް ބޭނުން އެއްޗެއްނޫން ކައުންސިލްތީކީ . މިދައުލަތް ދަރަނި ވެރިވުމުގެ މައިގަނޑު އެއްޗެއްތީ ؟ ތިޔައިގެ ވާހަކަދައްކަނީ ގައުމައް ޚިޔާނާތްތެރިން .... ނަސީދު ކަހަލަ ވަހީދުއްދީން ކަހަލަ މޮޔައިން.. .....!!!!!!!
ތި ބޭކާރު މީޙެއް!
ކުރިިން ތިވިސްނުން ހުރި ނަމަދޯ؟
މޭޔަރު ހައުސިން މިނިސްޓްރީގަ ހުންނަވައިގެން ކުރެއްވި ޖެއްސުން މިހާރު ހަނދުމަވޭތޯ
ފަޅޮ ލޭ ކިޔާބަ ލަ، ކަ ލޭމެންގެ ވެރިކަމުގަ އެއްބާރު ލުމެއް ދިނިންތަ؟
ހަމަ ރަނގަޅަށް... އެކަން މިހާރު ވިސްނިއްޖެދޯ؟ ޔާމީނާވެގެން ފާއިތުވި 5 އަހަރު ސިޓީ ކައުންސިލަށް ހެދިގޮތް ހަނދާން އެބަހުރިބާ މިހާރު؟
މިހާރު ކީކޭ ތިޔަ ކިޔަނި. ދަނގަޑު ކެނޑޭނީ ދަނގަޑުންނޭ ބުނަނީ މިހެންވީމަ ދޯ
ބަ ލަ މިހާރުތޯ ތިކަންއެގުނީ ކަ ލޭމެންސަރުކާރުގަ ކީކޭބާ ބުނީ.
ނޫނޭ، ކޮންމެ ބްލޮކަކުން ވެރިއަކު ހޮވާފަ ރަމްޒީ މަގާމު ދީފަ މަނިކުފާނު ފިލާހުރޭ. އޭރުން ސިޓީ ކައުންސިލް ހިންގޭނީ.
މުއިއްޒު ނިކަން މާލޭދެކުނުފަރާތުން ފަޅުމަތީމަގާއި ބޮޑުތަކުރުފާނުމަގާދޭތެރެއިން ގޯޅިއެއް ކަނޑައިދީބަލަ. އެތާއިންނަ ބަސްސްޓޮޕުން ރަށުތެރެއަށް އަރަން ކައިރިހިސާބަކު މަގެއްއޮތިއްޔެއްނޫން. ވަށާލާފަގޮސް ވިލާކޮލެޖްކައިރިންނޫނީ އެރޭނެގޮތެއްނެތް.
ލުކް ހޫސް ޓޯކިންގ...🤭
މަނިކުފާނު ހައުސިންގ މިނިސްޓަރަކަށް ހުންނެވިއިރު ތިޔަކަން ވިސްނުނުނަމަ ހާދަހާވާ ރަނގަޅުވީހޭ.
ކުރީ ދައުރުގެ ސިޓީ ކައުންސިލަށް ކުރި ޖެއްސުން މާތްﷲ ކަލޮޔަށް ތި ދެއްކެވީ...........
ރާގު ބަދަލުވާން ފެށީ. މަގާމު ހޯދަން އުޅުނު އިރު މުއިއްޒު އަކަށް މިކަމެއް ނޭގޭ....
އެއިރުވެސް މިހާރުވެސް މިއީ ސެންޓްރަލް ބީރ ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ގޮތަށް ފަރުމާކޮށް ރައްޔިތުން އަދިރި ހޮހަޅައަކަށްލާފަ އޮންނަ ނިޒާމެއް.ޑރ.މުއިއްޒު އަކީ ހިތްވަރުގަދަ ވަފާދާރު ރައްޔިތުންގެ މަސައްކަތުގައި ދެމިހުންނެވި ވަރުގަދަ ކ މިނިސްޓަރެއް. 2015 ގައި އެއިރުގެ ސަރުކާރުން މާލެ ސިޓީގެ ބައެއް ކަންކަން ނަގަންޖެހުނީ ރައްޔިތުންނަށް ޖެއްސުންކޮށް ޚިދުމަތް ނުދޭތީ. މާލޭގެ ގެއެއްގެ ކުރެހުމެއް ފާސްކުރަން 3 މަސްނެގިއިރު އެއިރު 3 ދުވަހުން އެފަދަ ކުރެހުން ފާސްކުރިއެވެ.މާލޭގެ މަގުތައް ވީރާނެ ހަލާކު ވިއިރު އެއިރުގެ ސިޓީ ކައުންސިލް ހަމައޮތީ ޖެއްސުމުގަ. އެއިރުވެސް މިހާރުވެސް އެމްޑީޕީގެ ރަގަޅު ކައުންސިލަރުންތިބޭ. މިހާރުގެ ކައުންސިލުން ތަފާތު ދައްކާނެ. މުއިއްޒު އަކީ ފުރަތަމަ ފަހަރަށް ސީދާ ރައްޔިތުން އައްޔަންކުރި މޭޔަރ. މާލެއިން ތަފާތު ފެންނާނެ.
ހަނދާންވޭތޯ މުއީޒް މެންގެ ވެރިކަމުގައި ކައުންސިލް ތަކަށް ހަދާލިގޮއި މައްޔަތުން ވަޅުލުންފިޔަވާ ކޮންކަމެއްތޯ ހަވާލުކުރީ
މުއީޒް އޮފިސް އާސަހަރާ ގޯތިތެރެއިން ތަންކޮޅެއް ހަދަން ފެނޭ.
މުއްޒި ތިބޭފުޅާއަކަށް ތިޔަކަން ނުވާނެ ިސތިއުފާ ދެއްވާފަ މަޑުން ހުރެވޭތޯބެލުން ބުއްދިވެރި ހުކުމަކާއި ހަމައަށް ދާންވާއިރަށް ކުރިން ހިންގާފަ ހުރި ޖަރީމާތަކުގެ ލަދުވެސ ކުޑައެއްނޫންދޯ
ކަރުބުޑުގަ ހިތިރަހަލައިފި ދޯ؟ ބޭފުޅާމެން ސަރުކާރުގަ އަމަލުކުރިގޮތް މިހާރު ހަނދުމަފުޅުވާނެ. ތި ގޮތަށް އެއިރެއްގަ އޮންނަ ސަރުކާރަކުން އެއްބާރު ލުން ނުދިނީމަ ހަޤީގަތުގަ ގެއްލުންވަނީ ރައްޔިތުންނަށް. ދެންމުސާރަ ނަގައިގެން އަޅާފަ ހުރި ބޮޑުގެއިން ލިބޭ އާމްދަނީއިން ތިބޭޅާޔަށް އުޅެވޭނެ. ޖަވާބުދާރީ ވާންޖެހޭ ދުވަސް އޮތީ އަދި. ޙިޔާފުލެޓޭ ކިޔާފަ ރައްޔިތުންނަށް ދިން އަނިޔާޔަށް ވެސް އެދުވަހުން ޖަވާބު ދެއްވަން ޖެހޭނެ…..