ރ. އަލިފުށީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަލުވިމިނެއްގައި ކުރިއަށްދާ ކަމަށް ވިދާޅުވެ، އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވައިފިއެވެ.

ރައީސް ސޯލިހް، އަލިފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާއެކު އެ ރަށުގައިިި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން އަލިފުށީގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދާކަމަށާއި، އަލިފުށީގެ ތާރީޚުގައިވެސް މިހާ ގިނަ މަޝްރޫޢު މީގެކުރިން ކުރިޔަށް ގޮސްފައި ނުވާކަން ކައުންސިލުން ފާހަގަ ކުރެެއްވިއެވެ.

އަދި މަޝްރޫއުތަކުގެ މަސައްކަތް ބާރަށް ކުރިޔަށްދާތީ ރައްޔިތުން ތިބީ ވަރަށް އުފަލުންކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަލިފުށީ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގައި ގެދޮރު އެޅުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށާއި، އަލިފުށީ ހޮސްޕީޓަލްގެ މަސައްކަތް ލަސްވާތީ ހުރި ކަންބޮޑުވުންތަކުގެ އިތުރުން އަލިފުށީގައި ކޮމިއުނިޓީ ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވުން ހިމެނެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ މަސައްކަތްކުރާނެ އޮފީހެއް ނެތުމުން ދިމާވާ ދަތިތައް ރައީސްއާ ހިއްސާ ކުރައްވައިފައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ އަލިފުށީގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނު ވަނީ އަލިފުށީގައި މިޑް ރޭންޖްގެ 30 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށާއި، ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ހިންގާ އެކި އެކި ލޯނު ސްކީމާ ބެހޭ މަޢުލޫމާތު ކައުންސިލާ ހިއްސާކުރައްވައިފައެވެ.

އަދި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި، އެ ކޮމިޓީއިން ހުށަހަޅާފައިވާ ކަންކަމުގައި ސަރުކާރުން ކޮށްދެވެން އޮތްކަންކަމަކީ ކޮބައިތޯ ބައްލަވައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތެދު

    ތިއަ އެއަރޕޯޓްއަކީ ކިހާފައިދާއެއްކުރާނެތަނެއްބާ.؟
    ޢެއްމެ ފަޅުރަށެއް އޮތީ (އެއްތިނގިލި) އެއީ ގާމަތީ މަދިރިންފުރިފައޮތް ރީތި ގޮނޑުދޮށެއްވެސް ނެއްރަށެއް..ވަކިން މާކަނޑުތެރޭގައޮތްރަށެއް...ތިވަރުގެ ހަރަދެއްކޮއްފަ ހެދުމުން ހިންގުމައް ކުރާހަރަދު ހޯދަނީކިހިނެއް.؟!
    ތިހަރަދު އެދާއިރާގެ ރައްތަކައްކުރުންމާމުހިންމު.
    އަދި ނަރުދަމާނުނިމޭ، ފެންނުލިބޭ، މަގުނެހެދޭ، ހޮސްޕިޓާ ހުރިގޮތައްހުރީ، މަދަރުސާގަ ހާލަތުދައް އަދި ފެށިމަސައްކަތްނުނިމޭ..؟! ދެން ކޮންކަމެއްބާ ބިގޭ އިންތިހާބައް ކުރާކަމަކައްވަނީނަމަ ދެންހުރިރައްތަކައް މިހަރަދުކުރެވޭނެބާ..؟؟!!
    ކާބޯތަކެތިގަތުމައް ލޯނުނަގާފަ، ރައްޔިތުންގެ އިމާރާތްތައް ރަހުނުކޮއްފަލޯނުނަގާފަ ދެންވާނީކިހިނެއްބާ.؟ ކާބޯތަކެތީގެއަގު މައްޗައްގޮސް އާއްމުމީހާއައް އަތްނުފޯރާހިސާބައް މައްޗައްދާނީ..މިހާރު ބިހެއްގެއަގު =/2ރ
    ކުރިން =/1ރ އައްލިބުނު.. ﷲ އާއި ރަސޫލާއަށް ފުރައްސާރަކުތިބަޔަކު ބޮޑުންނައްލީބަޔަކު ކޮއްމެފަދަކަމެއްވެސް ކޮއްފާނެ..
    އަލިފުށީ ރައްޔިތުންވިސްނާ..ނަމާދުނުކޮއް ބިގޭފަހަތުން ޒުވާނުންދުވުމުން އާހިރެއްގެއްލޭނީ..

  2. ގޮއެ

    ފޮއިކާދޫ ކަހަލަ ރައްރަށަށް އަރަފަ އެމިހުނަ ބޯކާލެވިދާނެ ތީ މަސްހޫރު ކޯކާދޫ ހަމަ ބުއްދި ބުރި މީހަކު މަނިކުފާނު ދައްކާ ފުނިޔެއިން ބެރު ވާހަކަ ގަބޫލްކުރާނީ އެކހަލަ ވާނުވާ ނޭގޭ ކުދި ކުދި ރައްރަށުގަ އުލޭ މިހުން ތީ ހަަމަ ޖެހޭ ވަހަކައެއް ދައްކަންއިގެ މީހެއްނުން

  3. އައްޑޫ މީހާ

    ތިޔަކަން ދަންނާނެ ރޭގަ އުފަންވި ތުއްތު ކުއްޖާވެސް އެހެންވެގެންތާ ކަލޭމެންގެ ފަޚުރުވެރިވާ ޤައުމީ އެއަރލައިންވެސް ބޭރުގެ ބަަޔަކަށް ވިއްކާލަން އުޅެނީ ވާނުވާގަ ތިބެގެން މޮޅެތި ވާހަކަ ދެއްކޭތޯ ބަލާ ކަލޭމެން، ކަންކަން އަތުން ބީވެގެން ބޮއްސުންލައިގެން ދަނީ މީގެ 100 އަހަރުވެސް ދަށަށް ނުދާވަރަށް މަޝްރޫއެއް ރޮކެޓް ސްޕީޑްގައި ހިންގައި ނިމޭއިރު ކުންފުނިތައް ބަގުރޫޓްވެ ކޮންމެވެސް ބައެއްގެ އަޅުވެެތިކަމަށް ވެއްޓިފައި! ރޮކެޓް ސްޕީޑްގައި ކަންކަން ކުރަން ދަސްކޮށްގެން ކޮށްބަލަ ފަޓުލޫނު ނުކައި ގަމީހެއް ލައިގެން ޓައީ އަޅައިގެން އޮފީހަށް ދިއުން ކަހަލަ ރޮކެޓް ސްޕީޑެއް ތިޔަކިޔާ ސްޕީޑަކީ އޯކޭ