އެއްވެސް ފަރުދަކަށް ތަފާތު ކުރުމެއް ނެތި ގާނޫނު ތަންފީޒުކުރުމުގައި ކުރިޔަށްދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައީސް އެހެން އެދިވަޑައިގެންނެވީ އަލިފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނާއެކު ބޭއްވި ބައްދަލުވުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފުލުހުންގެ އިސްވެރިން ވަނީ ފުލުހުންގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާއި ހިދުމަތް ތަރައްގީ ކުރުމަށް ބޭނުންވާކަންކަމާއި ހިދުމަތްދިނުމުގައި ހުރި ގޮންޖެހުންތައް ރައީސް ހިއްސާ ކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ފުލުހުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްގަމާއި ކަނޑުގެ އުޅަނދުތައް މަދުކަމުގެ ދަތިކަމާއި އިންސާނީ ވަސީލަތްތަކުގެ ދަތިކަމާއި ބައެއް ޕޮލިސް ސްޓޭޝަންތަކުގެ މަރާމާތަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވި ސަރުކާރު އައިސް ފުލުހުންގެ ހިދުމަތް ރިފޯމުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު ފުލުހުންގެ ހިދުމަތަށް މީހުން ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ލާމަރުކަޒުކޮށް ހިދުމަތް ދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެކަމުގެ ސަބަބުން ފުލުހުންގެ ހިދުމަތަށް ލިބިގެންދާނެ ކުރިއެރުންތަކާއި ފައިދާތައް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ފުލުހުން އެދިވަޑައިގެންނެވި ކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރިޔަށްރޭވިހުރިގޮތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މިހާރުން މިހާރަށް ހައްލުކުރަންޖެހޭ ކަންކަމަށް ހއްލެއް ހޯދައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ އަލިފުށީގެ ބޯޓްޔާޑްތައް ހިމެނޭ ސަރަހައްދަށް ޒިޔާރަތްކުރައްވައި ހަތަރު ބޯޓުޔާޑެއް ބައްލަވާލައްވައި އެތަންތަނުން މަސައްކަތްތައް ކުރިޔަށްދާގޮތާ ބެހޭގޮތުންނާއި ދިމާވާ ދަތިތަކާ ބެހޭ ގޮތުން އެތަންތަނުގެ އިސްފަރާތްތަކާ ހިޔާލު ބަދަލުކޮށްލައްވާފައެވެ.

ރައީސުގެ ދެކަނބަލުން މިހާރު ރ. އަލިފުއްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ ހަތަރު ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސް އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މަޑި

  މީނާ ކީކޭ މިކިޔަނީ! އިހައްދުހުގައިމު އަލީ ވަހީދު އެބުނީ ސަރުކާރުންނޭ ތިމަންނަ ފޮނުވާލީ. އިއްޔެ މީރާ އިންބުނީ 3އޭ ރެއިޑް ކުރަން އުޅޭކަން އެމީހުންނައް އެގިގެން ހުރިހާ ލިޔެކިޔުންތައް ފޮރުވައިފަޔޭ އޮތީ މީރާ ދިޔައިރު، ސަފާރީ ރޭޕް، މިކަހަލަ ކިތައްކަންތައް! ދެންމީނަމި ދިވެހިންގެ ދުލުގަހުފާދަމަނީއެއްނު.

 2. ......

  މިހެން ބޭނުންވާ މީހުން ތަންފީޒްކުރާނީ އިސްލާމީ ޝަރީއާ...އަމިއްލައަށް ގާނޫނު ނުހަދާނެ ހަމަހަމަ ކަން ބޭނުންވާ ބައެއް...މީ ޝައްކެއްވެސް ކަމެއް...

 3. ނާދިރާ

  ހަހަހަ... މުނާފިގު އަނގައެއް

 4. ވިސްނާލުމަށް އެދެމޭ

  އަހަންނަ ސިފަވަނީ ފިރުއައުނު މުސް ލިމުންނަ މިސްކިތެއަޅާދިނުމާ މީނާ ގާނޫނު އެއްމެންނަ އެއްހަމަކުމާ އެއްފަދަ....ހަމަބުއްދިހުރި ޖީބަށް ނުވިކޭ ކޮއްމެކަމެ ވަރިހަމަނުވާ ހަސަދައިން ހިތްކަޅުވެފަނެތް ކޮއްމެ މީހަކު ވިސްނާފިކުރުކޮއްބަ ލަ މީނަ މީހަތަނަށް ކަންކުރާގޮތާ ދައްކާވާހަކަޔާހުރި ގުޅުމެއް...އިތުރަށް ޓެސްޓްކުރަން އަޖުމަބަ ލަން ޖެހޭނެބާ...ﷲވެޑިގެންވާކަން ހަދާންކޮއްދެން..

 5. އޮޅުވާލި ވޯޓު

  މުނާފިގަކު ދައްކާވާހަކަ ގަބޫލުކުރާނީ ވެސް މުނާފިގުން މާޒީގަދައްކާފަ ހުރިވޤހަކަތައް އަދިހަދާނުންފިލާގެނެނުދޭެ

 6. ހަސަން

  ދިވެހިންތިބީބުއްދިފިލާފަކަމައް
  ހީނުކުރާތި

 7. ސަންތި

  ނުވާނެ ތިހެނެއް ތިކަމެއް ރައީސް ގާނޫނު ތައް ހެދިފަ ހުރީކީ ހަމަ ހަމަ ކުރުމަކައްނޫން ގަދަމީހާ ގަދަވާން ބަލި މީހާ ބަލިކޮށްލުމަށް މިދިވެހި ފަސްގަނޑުގައި އެބަތިއްބޭ ގާނޫނު ތަކުން ނާޖާއިޒު ފައިދާ ނަގާ ބަޔަކު ދިވެހިރާއްޖޭގައި މިހާރަކައް އައިސް ބަޔަކު ދެބަސްވެ ބަދަލު ހިފުމަށް ބޭނުން ކުރަނީ ހަތިޔާރަކަށް ހަދާން ކުޑަ ކުދިން ނޭކިޔާ ގެންތިބި ބާލީޙްވެފާ ތިބޭ ބޮޑެތި އަންހެނުން ނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން މީ ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް