އިދިކޮޅުން ނެރޭ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ އިންތިޚާބު ހަމަޖެއްސުމަށް ޖޭޕީގެ ރައީސް އަލީ ވަހީދު ގޮވާލައްވައިފިއެވެ.
ރޭ އަލީ ވަހީދު ކުރައްވާފައިވާ ޓްވީޓްގައި ވަނީ ކޯލިޝަން ސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު އަދި ނާއިބު ކަމަށް އައިޝަތު ނަހުލާ އިންތިޚާބު ކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ.
Coalition sarukaaruge Raeesuljumhooriyyaakamah MDPge PG Leader @ibusolih adhi Naib Raees kamah Madam @aishath_nahula inthikhaab kuran alhugandu thaaeedhukuran. JPge slot haqquvanee mivaguthu jalu hukumehgai hunnevi Leader Hon. @qasimibrahim aa emanikfaange hivvarugadha aailaa ah.
— Ali Waheed (@ali20waheed) June 29, 2018
" ޖޭޕީގެ ސްލޮޓް ހައްގުވަނީ މިވަގުތު ޖަލު ހުކުމުގައި ހުންނެވި ލީޑަރު ގާސިމް އިބްރާހިމް އާއި އެމަނިކުފާނުގެ ހިތްވަރުގަދަ އާއިލާ އަށް " އަލީ ވަހީދު ވިދާޅުވިއެވެ.
ޖޭޕީން ނެރޭ ރަނިން މޭޓަކާ ގުޅޭ ގޮތުން ތަފާތު ވާހަކަ ދެކެވޭ އިރު އާއިޝަގެ އިތުރުން މި ވަގުތު އެ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު ހަވާލުކުރައްވާފައިވާ ޑރ. ހުސައިން ރަޝީދު ހަސަން ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެއް ކެންޑިޑޭޓަކު ނެރުމަށް އިއްޔެ ވެފައި ވަނީ އެއްބަސްވެފައެވެ.
ރޭ އިދިކޮޅު ނެރުނު ބަޔާނުގައި އެޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭނީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށާއި އަދި އެމްޑީޕީގެ ކެންޑިޑޭޓާ އެކު ނުކުންނާނީ ޖޭޕީގެ ރަނިންމޭޓެއް ކަމަށް ވަނީ ބުނެފައެވެ.
މި ނިންމުން ނިންމާފައިވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ކުރީގެ ރައީސް ނަޝީދު ނިންމެވުމާއި ގުޅިގެންނެވެ.
އިދިކޮޅު ކެންޑިޑޭޓަކާ މެދު އެމްޑީޕީން މިއަދު ބާއްވާ ކޮންގްރެސްގައި ގޮތެއް ނިންމާނެއެވެ.
ދެން ބަތްކައްކަ ކުޅެންވި ވަގުތެއް ނޫން ..އިލްމީ ބޭފުޅަކު ޚިޔާރު ކުރައްވާ..
މިހިރަ މޮޔަގޮލަޔާ ކަރާގަހުންނާނީ ހުސްފެން މީ އިސްލާމީ ގައުމުއް
އައިދުރޫސް!!!!
ޝުކުރިއްޔާ އަލީވަހީދު...ކޮންމެ ރައްޔިތަކަށް ދުވާލަކު 2 ފޮތި ކަރާ މުޅިން ހިލޭ ލިބޭނެ!
މައުމޫން ފަޅިޔަށް ރަނިންމޭޓްކަން ނުދީފިއްޔާ އެއްވެސް ވޯޓެއް ނުލިބޭނެ.
ޢެއްކަލަ އަލީ ވަހީދު ޖުމްހޫރީ ޕާޓީ ތެރޭ ހަމަނުޖެހުން ހިންގަން މިއުޅެނީ. ޖޭޕީ އިން އިސް ސަފުގައި އުޅޭ ފިރިހެނެއް ނެރުން މިވަގުތު އެންމެ ރަގަޅީ. ޔާމީނުނުން ކަކުންޔެއް ވެރިކަމަށް އަޔަސް އެއީ ހަމަ މައުމޫނު ވެސް ހޮވުން. ޢިންސާފު މައުމޫނައް ވެސް އެހެން ލީޑަރުންނަށް ވެސް ލިބެން އޮތްގޮތްމީ.
އަންހެނަކަށް ވެރިކަމަށް ވޯޓެއް ނުދެވޭނެ. މަގޭ ފަރާތުގައިވެސް 20 ވަރަކަށް ވޯޓް އެބައޮތް. ވ. ސަލާމް
އަންހެނަކަށް ވެރިކަމަށް ވޯޓެއް ނުދެވޭނެ.
3 ރަނިންމޭޓް ނަގާންޖެހޭނެ
އެހެންނޫނީ ވޯޓެއް ނުދޭނަން
އިބޫއަށް ވުރެ ރައީީސްކަމަށް ކުފޫހަމަވޭ ޝާާހިދު
އިބޫއަށް ވުރެ ރައީީސްކަމަށް ކުފޫހަމަވޭ ޝާާހިދު
އަދި އިލްމާއި ތަޖުރިބާ ގޮތުން ބެލިޔަސް.
ދޭން ބޭނުމިއްޔާ ދެވިދާނެ.
ޢައްޔާ މިކުލޭ ކުޅޭ ޤައުމަކަށް ހަދަނީތަ
ޖޭޕީގެ ކެންޑިޑޭޓެއް ބޭނުންވަނީ. އެހެންނޫނީ ނޯ ވޯޓް
އަލީވަހީދު މަސައްކަތްކުރަނީ އަބަދުވެސް ކަންކަން ފަނިކުރަން.
އަލީވަހީދު ކޮންއިރަކުތޯ ގާސިމް ދެވަނަ ފަހަރަށް އައިސާ އާއި ކައިވެނި ބައްލަވާގަތީ. ގައުމެއްގެ ނައިބު ރައީސަކު ވާންވާނީ ކިޔަވާގެން ހުންނެވި ރަގަޅު މީހަކަށް. އެހެންނުންތޯ
މެޑަމް ނަސްރިނާ އަށް ރަނިންމޭޓްކަން ދިނީމަ ނޫނީ ވޯޓު ނުދޭނަން
ބުރުމާގެ ސައިޑުން ރައީސް މައުމޫނުގެ ސައިޑުން ނައިބް! ދުންޏާ ނައިބަކަށް ހަމަޖައްސަން ގޮވާލަން!
މިއީ އެމް.ޑީ.ޕީއިން ޖޭޕީހަލާކުކުރަން ފޮނުވާފަ ހުރިމީހެއް ،، އެމް.ޑީ.ޕީ.އާދެކޮޅަށް އެއްވެސް އެއްޗެއްނުބުނެވޭނެ.
އަލީ ތިކަހަލަ ގަޅި އަނގަތެޅީމާ ލަދުގަނޭ އައިސާ ކަމުދަނީތޯ؟
މޮޔަސޮރުކަމުނުދެޭ ވޯޓުނުލިބެޭނެަ ގަާސިމުްްަަވަެ
ޤާސިމަށް އަޅުގަނޑު ދޭންބޭނުންވާ ނަސޭހަތަކީ ބައެއްސިޔާސީވެގެން އުޅޭމީހުން މަނިކުފާނާ ދޭތެރޭގައި ދެކެނީ ކުޅޭކުޅޭ ބުދެއްފަދައިންނެވެ. އަޑީގައި ތިބޭގެން މަނިކުފާނު ބަނގުރޫޓް ކުރާނީއެވެ. ކޮންމެވެސް މީހަކު ބުނެފާނެ ޤާސިމަކީއޭ މިގައުމަށް އެންމެ ބޭނުންވާ މިހަކީ އަޅުގަނޑަށް ފެނެއޭ ރައީސްކަމަށް ކުރިމަތިލާން. މިބަސްޤަބޫލުކޮށް ތެޅިގަތީމާ ތިލިބޭ ގެއްލުމާއި ދޭތެރޭ ވިސްނާނަމަ އެމަޅިތަކުގައި ނުޖެހޭނެކަން ޔަޤީން. ޙަޤީގަތަކީ އެގޮތަށް މަނިކުފާނަށް ދަޢުވަތު ދޭމީހުންފިޔަވައި އެމީހުން އާއިލީ އެއްވެސް ބަޔަކު މަނިކުފާނަށް ވޯޓްވެސް ނުލާކަމެވެ.
މިހާރު އަލީވަހީދު އެއުޅޭނި އެމަގުން ގޮސް މަނިކުފާނު ފެލާލަން. މަނިކުފާނުގެ އަނބިކަނބަލުންނޭ ކިޔައިގެން އެއުޅޭނީ ލަންޑަނުއި އުޅޭލެވޭނެ ލަރިކޮޅެއް ހޯދަން. އަލީ ވަހީދަކީ ޔާމީނުގެ އެޖެންޓެއް. އެމްޑީޕީ ހަލާކުކުރަން ދިޔައީ ނަމަވެސް ފެއިލް ވުމުން މިހާރު އެއުޅޭނީ ޤާސިމުގެ ދުވަސްދުއްވާލަން.
ތިޔަމަޅިތަކުން ނުކުމެ މަނިކުފާނުގެ ވިޔަފާރި ކުރިއަރުވަން މަސަތްކަތް ކުރުން މާބުއްދިވެރި. ނިކަމެތިންނަށް އެކަމުން ކުރާފާއިދާ މާބޮޑު. އޭގެ ސަބަބުން ވިޔަފާރިވެސް ކުރިއަރާނެ އިރާދަފުޅުން