ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލަން މަޖުބުރޫވެފައިވާއިރު މިއަދު އެ ޕާޓީގެ ރިޔާސީ ޓިކެޓާއި މެދު ކޮންގްރެސް އިން ގޮތެއް ނިންމާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭ ފަރާތުން އެކަން ދޫކޮށްލާ ހާލަތެއްގައި ކަން ކުރާނެ ގޮތް އެ ޕާޓީގެެ އަސާސީ ގަވާއިދުގައި ނެތް ކަމަށާއި އެހެން ކަމުން މިއަދު ކުރާނެ އެންމެ ބޮޑު މަސައްކަތަކީ، އެފަދަ ހާލަތެއްގައި ކަންކުރާނެ ގޮތުގެ އިސްލާހެއް އަސާސީ ގަވާއިދަށް ގެނައުން ކަމަށެވެ.

އިބޫ ވިދާޅުވެފައި ވަނީ ކޮންގްރެސް އިން ނުވަތަ ގައުމީ މަޖިލީހުން ކެންޑިޑޭޓެއް ނެގުން، މިިއިން ކޮންމެވެސް އެއްގޮތަކަށް ކަންތައް ކުރެވިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރިޔާސީ ކެނޑިޑޭޓުގެ ކަންތަކުގައި އެމްޑީޕީއިން ކުރިއަށްދާނެ ގޮތް މިއަދު ނިމޭނެ ކަމަށާއި، ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް މިއަދު ގެންނާނެ ކަމަށެވެ.

އިބޫ އިތުރަށް ވިދާޅުވެފައި ވަނީ ކޮންގްރެސް އިން ނިންމާ ނިންމުންތަކަކީ ރައީސް ޔާމީން ބަލި ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ނިންމާ ނިންމުންތަކަށް ވެގެންދާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ޓިކެޓު ދޫކޮށްލެއްވުމާއި ބެހޭގޮތުން އިބޫ ވިދާޅުވީ އޭނާ ގަބޫލުފުޅު ކުރައްވާ ގޮތުގައި ނަޝީދު ނިންމެވުމަކީ ރައީސް ޔާމީން ބަލި ކުރެއްވުމަށް ކޮންމެހެން ނިންމަވަން ޖެހިވަޑައިގެންނެވި ނިންމުމެއް ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް މިހާރު ކުރިއަށްދާއިރު ރޭ އިދިކޮޅު އިއްތިހާދުން ނިންމައި އިއުލާނުކޮށްފައި ވަނީ ރިޔާސި އިންތިހާބަށް އިދިކޮޅުން ރިޔާސީ ކެޑިޑޭޓޭއްގެ ގޮތުގައި ނެރޭނީ އެމްޑީޕީގެ ކެޑިޑޭޓެއް ކަމަށާއި، ރަނިން މޭޓަކަށް ވެގެންދާނީ ޖޭޕީގެ މެމްބަރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައިޝަތު ނައީމާ

    މިފަހަރު ކަނބަލުންގެ ފަހަރަކަށް ހައްދަވަންވީ ނޫންތޯ..؟

  2. ލިމްނާ

    ގޮތް އޮތީ ނިމިފަ! އަންނިގެ ޕަޕެޓެއްގެގޮތުގައި ހުރުމަށް ޝަރުޠުކޮށް އިބޫއަށް އޮތީ އެކަން ހަމަޖެހިފަ! ކީކޭތޯ ތިޔަ ކިޔުއްވަނީ؟

  3. ޒަކީ

    ތިޔަ ހިންނަވަރު އިބޫ އަކީ ރައީސް ޔާމީނު ބަލިކުރެވޭނެ މީހެއް ނޫން. ރައީސެއްގެ ހުންނަން ޖެހޭ ތަޢުލީމީ ފެންވަރެއް ނެތް. ތިޔައީ ސިއްކަމެން ކުޅޭ ޕަޕެޓެއް. އަންނި އަކަށް ވެސް އެއްވެސް ބާރެއް ނޮއޮންނާނެ. އިބޫ އަށް ވެރި ކަމެއް ލިބިއްޖެއްޔާ

  4. ނިކާރާގުއާ

    އެމްޑީޕީ ހަލާކުނުވާކަހަލަކޮމެންޓެއްނޫނީ ނުޖަހާތި އޭރުން މަހުމުސާރަ ކަށަވަރު.

  5. ވިސްނާތި

    މީ ހުސްކުޅޭ ކުޅިގަނޑެއް.. އުޤައިލު ނެރެން އެއޮތީ ރާވާފަހެން ހީވަނީ.. ފުރަތަމަ އޭނާގެ ނަން ޓެސްޓުކޮށްލީ.. ދެން އަންނި ލައްވަ ގުނބޯހެއްދުމުގެ ނަމުގަ ޑައިވާޒަން އެއް އުފެއްދީ.. ދެން އެންމެން ހުރިނެތްގޮތް ހޯދުމަށްފަހު އެއުޅެނީ އަސްލުހާމަކުރަން..