އައްޑޫ ސިޓީގެ މަގު ހެދުމުގެ ބޮޑު ޕްރޮޖެކްޓު 21 މަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން މިގޮތަށް ވިދާޅުވެފައި ވަނީ ރޭ އައްޑޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމަށް ކްލަބްހައުސްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އައްޑޫގެ މަގުތައް 21 މަސްތެރޭ ނިންމުމަށް ހަވާލު ކޮށްފައިވަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ. 21 މަސް ތެރޭ ނިންމާނެ ކަމަށް މޭޔަރު ވިދާޅުވި ނަމަވެސް، އަސްލު މަސައްކަތް ނިންމުމަށް ދީފައިވަނީ 24 މަހެވެ. އަދި އެޕްރޮޖެކްޓަށް ބަލާއިރު، މީގެ ކުރިން ބުނެފައިވަނީ 40 ކިލޯ މީޓަރުގެ މަގުތަކުގައި ސިމެންޓް އަދި 60 ކިލޯ މީޓަރުގެ މަގުތަކުގައި ތާރު އެޅުމަށެވެ.

ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، އައްޑޫގެ ތިން ސަރަހައްދެއްގައި އެފްކޯންސް އިން ސައިޓުތައް ގާއިމުކޮށް، އެ ކުންފުނީގެ ޓީމުތައް މޮބިލައިޒް ކުރަމުންދާ ކަމަށެވެ. އަދި އެބޭފުޅުންގެ މަސައްކަތް ކައުންސިލަށް ހިއްސާ ކުރާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، މީގެ ކުރިން ޕްރޮޖެކްޓްގައި 40 ކިލޯ މީޓަރުގެ މަގުތަކުގައި ސިމެންޓް އަދި 60 ކިލޯ މީޓަރުގެ މަގުތަކުގައި ތާރު އެޅުމަށް ނިންމާފައިވީނަމަސް، އެފްކޯންސް އާއި ވާހަކަ ދައްކައިގެން ހުރިހާ މަގެއްގައި ވެސް ތާރު އެޅޭނެ ގޮތެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަން އެގޮތަށް ވެއްޖެނަމަ، އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ތަކުލީފަށް ނިނުމެއް އަންނާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އައްޑޫގެ ހުރިހާ މަގެއްގައި ތާރު އަޅާނެ ކަމަށް މޭޔަރު ހިއްސާ ކުރައްވާފައިވާއިރު، އެކައުންސިލުން ވަނީ އިއްޔެ އާއި ހަމައަށް އައްޑޫގައި ކުރިއަށްދާ 5 ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގެ ތަފްސީލް އާއްމު ކޮށްފައެވެ.

އޭގެ ތެރޭގައި އައްޑޫ ސިޓީ މީދޫގައި ޖުމްލަ 09 މަޝްރޫއެއް، މަރަދޫގައި 11 މަޝްރޫއެއް، މަރަދޫފޭދޫގައި ހަ މަޝްރޫއެއް، ފޭދޫގައި 11 މަޝްރޫއެއް، ހިތަދޫގައި 27 އަށްވުރެ ގިނަ މަޝްރޫއެއްގެ އިތުރުން ގަމުގައި ދެ މަޝްރޫއުއް ކުރިއަށްދާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލޯބިވާ ވަޠަން

    ކޮން ބައެއްގެ ލޮލަށް ތި މަޝްރޫޢްތައް ފެންނަނީ؟ މޭޔަޔަރަށް އެކަނި ދޮތަ؟

    15
    1
  2. ސައިމަލާ

    އޯވހ ޕްލީޒްޒްޒްޒްޒްޒް

    8
    1
  3. ދީދީ

    އައްޑޫގެ ތިން ސަރަހައްދެއްގައި އިންޑިޔާ (އެފްކޯންސް) ސިފައިންގެ ޓީމުތައް މޮބިލައިޒް ކުރަމުންދާނެ..... ބިރު ކޮބާ؟؟؟

    11
    1
  4. ށުމަން

    21 މަސް ތިކަނީ އައްޑޫ މީހުން ނަކީ ގަމާރު ބައެއްކަމަށް ދެކޭތީ ތަ؟ 21މަހަކީ
    1 އަހަރާ 9މަސް ދުވަސް....

    11
    1
  5. Anonymous

    ވޯޓަށް ކުރާކަމެއް ދޯ

  6. ރަން ރީނދޫ

    ނިޒާރު. ބެނަތާ،އިންޑިއާ މީހުން ލައްވައި އެޑުވާފެހޭ 21 އަހަރު ބޭނުން ވޭހެއް.

  7. ރަދީފް

    ހީނުކުރައްޗޭ އައްޑޫގަ ތިބި ހުރިހާ ރައްޔަތުން އެއީ ކަނޑުކޮހުންނޭ.