އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ބިން ލިބުނު ފަރާތްތަކާއި ބިން ޙަވާލުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ސިޓީ ކުއުންސިލުން މިއަދު ވަނީ އައްޑޫ ޓޫރިޒަމް ޒޯނުން ބިން ލިބުނު އަށް ފަރާތަކާއި އެކު ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ ޓޫރިޒަމް ޒޯނުން ހަތް ބިން އަދި ހުޅުދޫ ޒޯނުން ބިން ހަވާލު ކުރެވިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން މިއަދު ހަވާލު ކުރި ބިންތަކުގެ ތެރޭގައި 3000 އަކަފޫޓުގެ 5 ބިން، 5000 އަކަފޫޓުގެ 1 ބިން އަދި 2400 އަކަފޫޓުގެ ދެ ބިން ހިމެނެެއެވެ.

މިފުރުސަތުގައި އައްޑޫ ޓޫރިޒަމް ޒޯންތަކުން ބިން ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންގޮސް، އައްޑޫ ޓޫރިޒަމް ޒޯނުން އައްޑޫގެ ރައްޔިތުންނަށް އަވަސް މުސަތަގުބަލެއްގައި މަންފާ ހޯދުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ކޮށްދޭން ޖެހުނު ކޮންމެ ކަމެއް ކޮށްދިނުމަށް ތައްޔާރަށް ހުންނެވިކަން އައްޑޫ ސިޓީގެ މޭޔާރ އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަބްދޫ

  ތިޔަ އުލެނީ ހަދާފަހުރި ތަންތަން ނުހިންގިގެން ވާނެތަ ؟ ވެއްޖިއްޔާ ވަރަށް ރަނގަޅު ނިންމުމެއް.

 2. ދޮންކަނބުލު

  ފުރަތަމަ ކަމަކަށް ހިތަދޫ އާއި ހުޅުމީދޫ ގުޅުވާދޭ ބުރިޖް އަޅާބަލަ

 3. ސސ

  ނަޒީރުބޭ ބަޔެއްގެ އަތުން ފައިސާގަޑެއް ކާލައިގެން ބަޔަކަށް ބިންދޭން ވެގެން ކުރިކަމެއް، ބަލަ ގެދޮރު ގޯތި ހޯދަން
  ހުށަހަޅާފައިވާ މީހުނަށް ތިޔަގޮތަށް ބިން ނުދެނީ ކީއްވެތޯ ؟