އިދިކޮޅު ކޯލިޝަނުން "އިންސާފު ހޯދަން"ނަމުގައި މާލޭގައި ކުރަމުންދާ މުޒާހަރާ ހުއްޓުވަން އެސްއޯ ފުލުހުން ނެރެފައިވާއިރު، ފުލުހުންގެ ސަފުތައް ރޫޅާލައި ކުރިއަށް ދިއުމުގެ ވިސްނުމެއް މިއަދު ނެތް ކަމަށް ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، މިހާރު ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން "ވަގުތު"އާ ވާހަކަދައްކަވަމުންނެވެ.

މިއީ އިދިކޮޅު ކޯލިޝަންގެ މަގުމަތީ ހަރަކާތްތައް މެދު ކެނޑުމަކަށް ފަހު ފެށުން ކަމަށް އެ ކޯލިޝަނުން ބުނެފައި ވެއެވެ.

ޕީޕީއެމް އޮފީސް ކައިރީން މުޒާހަރާ ފަށައިގެން ކުރިއަށް ދަނިކޮށް އެސްއޯ ފުލުހުން މުޒާހަރާ ހުއްޓުވަން ނުކުމެފައި ވަނީ، ބޮޑުތަކުރުފާނު މަގުގެ ޕެޓްރޯލް ޝެޑް ކައިރިންނެވެ.

މި މުޒާހަރާގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަޖައިބެއް ފަހެ ނުވާނެތަ. ގާނޫނުއަސާސީގަ ސާފުބަހުން އެބައޮތް ބުނެފަ ކުރިން ހުއްދަ ހޯދުމަކާނުލާ މުޒާހަރާ ކުރެވޭނެކަމަށް.

  2. ވަހީދު ބެ----

    ނުވާނެ އެއްކަމެއް ވެސް

  3. އަލްޖިބްރާ

    ވިސްނުން ނުހުރެއެއް ނުދާނެ ! އެކަމަކު އަދުރޭއަކަށް އެކަމެއް ނުވާނެ ! އޭނާއަށް އެގޭ އެހެންއުޅެފިއްޔާ އެހާލުގައިވެސް ނުހުރެވޭނެކަން !