އިދިކޮޅު ކޯލިޝަނުން "އިންސާފު ހޯދަން"ނަމުގައި މާލޭގައި ކުރަމުންދާ މުޒާހަރާގައި ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގަންނަވައިފިއެވެ. މިއީ ޖިހާދު މުޒާހަރާއެއްގައި ބައިވެރިވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ނައިބް ރައީސް ޖިހާދު ގެންދަވަނީ މި މުޒާހަރާގެ ކުރީ ސަފުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މި މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން ޖިހާދު ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މުޒާހަރާއަކަށް ނުކުމެވަޑައިގަތީ މި ސަރުކާރުގައި އެމަނިކުފާނަށް އަނިޔާ ދީގެން ކެތް ނުވެގެން ކަމަށެވެ.

"އަޅުގަނޑަށް އިހުސާސް ވަނީ ކަރުގައި ހަންޖަރު ޖައްސާފައި ހުރިހެން". ޖިހާދު ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ، އެމަނިކުފާނު ދައުލަތަށް ހިދުމަތް ކުރައްވާތާ 35 އަހަރުވެފައިވާ ކަމަށާއި، އެމަނިކުފާނު ކޯޓަށް ގެންދަން ފެށީ ފުރަތަމަ ފަހަރަށް މި ސަރުކާރުގައި ކަމަށެވެ.

ޖިހާދު ވިދާޅުވީ، އެމަނިކުފާނު ބޭސްފަރުވާއަށް ވަޑައިގަތުމަށް މަހްރޫމްކޮށްފައިވާ ކަމަށާއި، ދަރިން ކައިރިއަށް ވަޑައިގަތުމަށްވެސް މަހްރޫމް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މަގުމައްޗަށް ނުކުމެވަޑައިގަތީ އިންސާފު ހޯއްދެވުމަށްކަމަށް ޖިހާދު ވިދާޅުވިއެވެ.

ރާއްޖޭގެ ނައިބު ރައީސް ކަމުގެ އިތުރުން ފިނޭންސް މިނިސްޓަރު ކަމާއި އެއްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރެއްވި ޖިހާދުގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމެއް ތަންފީޒުނުކޮށް އެއާ ހިލާފު އަމަލެއް ހިންގެވި ކަމަށް ބުނާ މައްސަލައެއްގައެވެ.

އެއީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި މައްސަލައާ ހިލާފަށް އޭނާ އަމަލު ކުރައްވާފައިވާ ކަމެކެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ ޝަރީއަތުގައި ދަށު ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޖިހާދަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތައް ފާހަގަކޮށް ދުބާއީއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަކަށް އެދުނެވެ. ދައުލަތުން ވަނީ އޭނާ ފުރުން މަނާކޮށްދިނުމަށް އެދިފައެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދައުލަތުން އެދުނު ގޮތަށް ޖިހާދު ފުރުން މަނާ ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ހެހެހެ

  މަހަށްދޭބަލަ

  9
  30
 2. ޢަހޫ

  ށ.އަތޮޅު ހުރަސްފަރު. ނާއިންފަރު ވަގަށްނެގި މީހާދޯ.

  7
  23
 3. އިތުރު މިތުރު

  ސާބަސް ޖިހާދު! ސާބަސް ފުޅޭ!

  30
  6
  • ދާރި

   2 ރަށް ދިރުވާލީމަތޯ ސާބަސް ތިދެނީ. ދެންބާރަށް އަތްޖަހާ.

   2
   13
 4. Anonymous

  ޖިހާދު އެކަންޏެއް ނޫން، ހުރިހާ އެންމެން ވެސް ނުހުންނާން ވެއްޖެ، މިޤައުމު އަނބުރައި އަތުގައި ދެމެހެއްޓުމަކީ ހުރިހާ އެންމެން ގެ ޤައުމީ ވާޖިބެއް،

  45
  5
 5. Anonymous

  އަތްމަތި ހުސްވީ ތޯއްޗެ. ރީލޯޑް ކޮށްލީ ދެއްތޯ އެތަނަށް ދާން. މީވާ ބައެއް

  1
  12
 6. މަނީމަނީ

  ނެފީ ބުރޯ

  2
  6
 7. ހަހަ

  ހަމަ މިހެން އިންތިހާބު ކައިރިވީމަ ނުކުންނަ މީހުންނަށް ސާބަސްކިޔާމީހުން އަދިވެސް އުޅޭދޯ؟

  2
  2
 8. މާމީ

  މިގައުމު އިންޑިއާގެ ގެރި އައް ވިއްކާލި ބައިގަނޑު ތިބޭ ޖަލައް ދާން ތައްޔާރައް.

  8
  2
 9. ނަައީމް

  ވިސޤނާލަބަލަ މިގައުމައް މިވާގޮތް ދާނެ ނުދާނެ ދިމާލެއްނޭގި އެމީހަކާ ޖެހުނުދިމާލަކައް މިހެރަގެންދަނީ ގާދޫކޮލުން ބޭރައް މިއޮއްދަނީ ހިތާމަކުރާނެ ހުރިހާ ރައްޔިތުންވެސް

 10. ސައްޓި

  ސާބަސް ވެލިކާންދޭންވެއްޖެ!