ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިދިކޮޅު މުޒާހަރާގެ ބައިވެރިންނަށް ފެނިލައިފިއެވެ.

އެމަނިކުފާނު މުޒާހަރާގެ ބައިވެރިންނަށް ފެނިލާފައި ވަނީ ގޭބަންދުގައި ހުންނެވި ގެކޮޅުގެ ކުޑަދޮރަކުންނެވެ. އެމަނިކުފާނު ފުރަތަމަ ކުޑަދޮރު ކައިރީގައި މަޑުކޮށްގެން ހުންނެވިއިރު، ފަހުން ފެނިވަޑައިގެންނެވީ، ބައިވެރިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ޕީޕީއެމް ދިދައަކާއި، ރާއްޖޭގެ ރަސްމީ ދިދަ ނަންގަވައިގެން ހޫރާލާ މަަންޒަރެވެ.

އިދިކޮޅު މުޒާހަރާގެ ބައިވެރިން މިވަގުތު ތިބީ އެމަނިކުފާނުގެ ގެކޮޅު ކުރިމަތީގައެވެ.

އިދިކޮޅު މުޒާހަރާގެ ބައިވެރިން ރައީސް ޔާމީންގެ ގެކޮޅު ކުރިމަތީގައި

އިދިކޮޅުން "އިންސާފު ހޯދަން"ނަމުގައި މާލޭގައި ކުރަމުންދާ މުޒާހަރާ ހުއްޓުވުމަށް ފުލުހުންގެ އެސްއޯ ޓީމް ވަނީ ނެރެފައެވެ.

ޕީޕީއެމް އޮފީސް ކައިރީން މުޒާހަރާ ފަށައިގެން ކުރިއަށް ދަނިކޮށް އެސްއޯ ފުލުހުން މުޒާހަރާ ހުއްޓުވަން ނުކުމެފައި ވަނީ، ބޮޑުތަކުރުފާނު މަގުގެ ޕެޓްރޯލް ޝެޑް ކައިރިންނެވެ.

މި މުޒާހަރާގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ.

އިދިކޮޅު މުޒާހަރާގައި ރައީސް ޔާމީން ސަޕޯޓަރުންނަށް ފެނިލުން - ވަގުތު އިމޭޖްސް

އިދިކޮޅު ކޯލިޝަންގެ މުޒާހަރާގެ ބައިވެރިން ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވި ގަޑީގައި، ރައީސް ޔާމީން ފެނި ބައެއް ސަޕޯޓަރުން ވަނީ ރޮއެފައެވެ.

އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ގއ. ވޮމަޑުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި އެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ދަށު ކޯޓުން އިއްވި އެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.

އެ ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު އިސްތިއުނާފް ކޮށްފައިވާއިރު، މި ވަގުތު ޔާމީން ހުންނެވީ ގޭބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޚަލީލު

    މާތްﷲއިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ މިނިވަންވެވެޑައިގެން ދިވެހިރާއްޖޭގެ އިސްސަފުގަ ހަރަކާތްތެރިވުމުގެ ހެޔޮތައފީޤު މަނިކުފާނައް މިންވަރުކުރައްވާށި އާމީން

    45
    10
  2. ހުސޭނުބެ

    ވަގެއް ފެނިގެން ރޮވުނީ ޔޯ ލޮލް

    12
    35
  3. ހުސޭނުބެ

    ތީ ޔާމިނުގެ މަގާމް. ގޭގެ ކުޑަދޮރުން ވަގަށް އޮވެ ބެލުން. ވަރަށް ގުޅޭ ހަމަ.

    10
    38
  4. އަމީތާބް

    ވަގެއް ވަގެއް ބޮޑުވަގެއް

    10
    37
  5. Anonymous

    ފެނިލުމާ، މުޒާހަރާގައި ބައިވެރިވުމާ އެއީ ދެކަމެއް.
    ތިއޮތީ ބައިވެރިވެފަ ދިދަ ހޫރައިގެން. އަވަހަށް ގޮޅިއަށްލާ.

    ކިތަންމެ މައުސޫމުކަން ދައްކަން ހެޑިން ތިގޮތަށް ޖެހީމަ ކަޑައޭ.

    10
    35
  6. ސޫދު

    ވަަރަށް ހިސާބު ޖެހިއްޖެއެވެ. މި ޤައުމަށް މިވަގުތައް އެންމެ ރަނގަޅީ ޔާމީންގެ ސިޔާސަތުގެ ވެރިއެކެވެ. އިޤުތިޞާދީ، އިސްތިއުމާރާ ދޮކޮޅު ވެރިއެކެވެ. ﷲ ޢަބްދުﷲ ޔާމީނަށް އިތުރު ފުރުޞަޠެއް މިންވަރު ކޮށްދެއްވައި، މިރާއްޖެ އަމާން އައްސޭރިއަކަށް ގެންގޮސް ދިނުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި.

    33
    8
  7. ވައްކަން

    ހަމަ ގިނަގިނައިން ވައްކަން ކުރުން ރަގަލީ.
    މަގުބޫލުވެސް ވާނެ.

    9
    28
  8. ޑަރޯގާ

    ދެން ފިޔަވަޅު އަޅަގަ. ކުރިޔަށް އެއްފިޔަވަޅު ފަހަތަށް ފަސް ފިޔަވަޅު އަޅައަޅައި ހުންނަގަ. ގަނޑިޔަ. ގަނޑިޔަ. ަމިއްލަނަފްސުގެ މިނވަންކަން އޮންނަންޖެހޭނެ ކޮންމެ އިންސާނަކަށްވެސް. ކޮބާތަ ގައދީންގެ ހައްގުތައް ތައްކާކުރަން ހޯބޯލަވާ ބައިގަނޑު. ތައީސްޔާމީނަށް އޮތްސަޕޯޓްފެނި މޭކަރައިގަތީ އުތަ.

    28
    3
  9. ާަަަްައަލީ

    ދެންނަގާ ރާޅު ބޮޑު ވާނެ ހަނދާންކުރޭ

    6
    1
  10. މާމީ

    ކަލޭމެން ތިބޭތި ރޮށިފިހާ ކަލޭގެ ޖަލުގަ ބާއްވާނަން

    6
    7