މިއަދު ނިމިގެންދާ ކަންތައްތައް ވެގެން ދާނީ ތާރީޚީ ކަންތައްތަކަކަށް ކަމަށާއި އެމްޑީޕީގެ ތާރީހުގަ އާއި ރާއްޖޭގެ ތާރީހުގައި ފާހަގަ ކުރެވިގެންދާ ކަންތައްތަކެއް މިއަދުގެ ކޮންގެރެސްގައި ނިމިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއު އެއްގައި އިބޫ ވިދާޅުވި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތައް ކުރަން ފެށި ބުރަ މަސައްކަތް އެކުގައި ގޮސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ހުރިހާ ބޭފުޅުންނަށް އަރުވާ ކަމަށެވެ.

އިބޫ ވިދާޅުވީ ފެނިގެން މިދަނީ އިސްލާހަށް ފެށި މަސައްކަތުގައި ދެގޮތެއް ނުވެ ރައްޔިތުން ތިބިތަން ކަމަށެވެ. މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި އަދި ޚާއްސަކޮށް އެމްޑީޕީގެ މި ކޮންގްރެސް ވެގެން ދާނީ ރާއްޖޭގެ ރަށެއްގައި ބޭއްވޭ ފުތަރަމަ ކޮންގްރެސް އަށް ކަމަށް އިބޫ ވިދާޅުވިއެވެ.

"މި އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ކުރަންފެށި މަސައްކަތް ނިމުމަކާ ހިސާބަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރެވެނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން, އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޔަގީންކޮށް އަރުވަން ބޭނުން ވަނީ އަޅުގަނޑުމެން ކުރަން ނިކުމެ މިއަދު މިތިބީ ވަރަށް ބުރަ މަސައްކަތެއް" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މަންޒިލާ ހިސާބަށް ގެންދިއުމަށްޓަކައި ފަހަތަށް ނުޖެހި ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މިއަދު ވެސް ލިބިގެން ހިނގައްޖެ ކަމަށެވެ.

އިބޫ ވަނީ މިއަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެންމެން އެކުގައި ހިތްވަރާ އެކުގައި ކުރަމުދާ މަސައްކަތުގައި ބައިވެރިވުމަށް ގޮވާލާފައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް އިދިކޮޅު އެއް ކެންޑިޑޭޓްގެ ގޮތުގައި ނެރެން އިދިކޮޅު ޕާޓީތަކުން ރޭ އެއްބަސްވެ. ޖޭޕީއިން ރަނިންމޭޓަކު ނެރެން އެއްބަސްވެފައިވާއިރު އިދިކޮޅު ކެންޑިޑޭޓް އަކަށް ނެރޭނެ ކަމަށް ބޮޑަށް ބެލެވެނީ އިބުރާހިމު މުހައްމަދު ސޯލިހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޮދިޓީމު

    އެއްކަމެއްވެސް ނުވާނެ، އަތަކަށްވެސް ޖެހިލިޔަ ނުދޭނެ، އަންނި އިންނާނީ ބަލަ ބަލަ. އިބޫ ވެރިކަމަށް ލައިގެން އަންނި އެއުޅެނީ ޤައުމުހިންގަން ކަމަށް. ޔާމީނަށް މައުމޫނު ގެ ދުއްޕާންޖެހުނުގޮތަށް ވާނީ.

  2. މަރިޔަށް ދައިތަ

    އިބޫއަށް ހީވަނީ މިހާރުވެސް ވެރިޔަކީ އިބޫހެއް. އެކަމުގެ ފީލް ކުރެވޭދޯ. ނުވާނެ. ދެންލަލަލާ