ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދު ކުރި ފަހުން، އެ ގައުމުގެ ހާއްސަ ހުއްދައާ އެކު، 10،000 އަށް ވުރެ ގިނަ ދިވެހިން ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރުކޮށްފައިވާ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުން ހާމަކޮށްފިއެވެ.
ރާއްޖެ އާއި އިންޑިއާގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފަށައި، އިންޑިއާގެ ބޯޑަރުތައް ބައިނަލްއަގުވާމީ ދަތުރުތަކަށް ރަސްމީކޮށް ބަންދު ކުރުމުން ވަރަށް ގިނަ ދިވެހިން ބޭސްފަރުވާ އަށް އިންޑިއާ އަށް ނުދެވި "ތާށިވި"އެވެ.
ދިވެހިންގެ ތެރެއިން ހާލު ދެރަ ބަލި މީހުންނާއި އެހީތެރިންނަށް ބޭސްފަރުވާ އަށް އިންޑިއާ އަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށާއި ދަތުރު ކުރުމުގެ ހުއްދަ އަށް އެދި ދިވެހި ސަރުކާރުން ހައި ކޮމިޝަނަށް ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރުގެ މެއި މަހުގެ ފަހުކޮޅެވެ. އަދި ހައި ކޮމިޝަނުން ކުރި މަސައްކަތުން އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއް ލިބި ދިވެހިން ބޭސްފަރުވާ އަށް އިންޑިއާ އަށް ދިއުމުގެ ފުރުސަތު ފަހިވިއެވެ.
މިދިޔަ އަހަރުން ފެށިގެން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އިރު، މިހާތަނަށް 10،000 އަށް ވުރެ ގިނަ ދިވެހިން ބޭސްފަރުވާ އަށް އިންޑިއާ އަށް ވަނީ ދަތުރުކޮށްފައެވެ. މި ދަނޑިވަޅުގައި ބަލި މީހުންނަށާއި އެހީތެރިންނަށް ވީއެންމެ އަވަހަކަށް ވިސާ ފޯރުކޮށްދިނުމަށް ހައި ކޮމިޝަންގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ހައި ކޮމިޝަނުން ދެކޭ ގޮތުގައި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ ހުރިހާ ބޯޑަރުތައް ބަންދު ކުރެވިފައިވާ މި ދަނޑިވަޅުގައި އެތައް ހާސް ދިވެހިންނަށް ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރު ކުރެވުނު ކަމަކީ ރާއްޖެ އާއި އިންޑިއާގެ މެދުގައިވާ ގުޅުމުގެ ވަރުގަދަ ކަމާއި ބަދަހިކަން ސާބިތުކޮށްދޭ ހެއްކެކެވެ.
ދިވެހިންނަށް ބޭސް ފަރުވާ އަށް އިންޑިއާ އަށް ދަތުރު ކުރުމަށް މަގުފަހި ކުރުމުގެ އިތުރުން އެ ގައުމުން ވަނީ 5.5 ޓަނުގެ ޒަރޫރީ ބޭސް ހަދިޔާކޮށްފައެވެ. އަދި އިންޑިއާގެ އެކި ޝަހަރުތަކުން 6.3 ޓަނުގެ ޒަރޫރީ ބޭސް ޝިޕްމަންޓެއް ވަނީ އެއާލިފްޓްކޮށްފައެވެ. އަދި ކޮވިޑުން އަރައިގަތުމަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އިން އުފެއްދި ކޮވިޝީލްޑްގެ ގިނަ އަދަދެއްގެ ޑޯޒްތަކެއް އިންޑިއާ އިން ވަނީ ހަދިޔާކޮށްފައެވެ.
ފަތުރުވެރިންނޭކިޔައިގެން ރާއްޖެ ގެނައި އިންޑިޔާމީހުންގެ ޢަދަދު އެނގިލައްވައިތޯ
ކަރަންޓީނަައް ރާއްޖެ އައި އިންޑިއާ މީހުން ގެ އަދަދު ބުނެލިނަމަ ފުރިހަމަ ވީސް
އިންޑިއާއަށް ދިއުމުގެ ވިސާ ދަތިކޮށްގެން މިއުޅެނީ ރާއްޖޭގައިއޮތް ނާޤާބިލު ސަރުކާރެވެ. ސަބަބަކީ ރައްޔިތުން ބޭރު ޤައުމުތަކަށް ދާން ފަށަައިފިނަމަ ޑޮލަރަށް ބާރުބޮޑުވެ ސަރުކާރަށް ޕްރެޝަރު އަންނާނެތީއެވެ.
މިއަދުތައްހާމަކުރިއިރު މިމީހުން ކުރިޚަރަދު ނޭގުމަކީދެރަކަމެއް. މިއީއަކީ އެހާވެރިކަބަރެއްނޫން.
ގުޅުން ރަނގަޅުކަމުން އޮބިނޯވެގެން މިއުޅެނީ.
ކީއްވެތޯ ދިވެހިންނަށް ޓޫރިސްޓް ވިސާގައި އިންޑިޔާއަށް ނުދެވި އިންޑިޔާމީހުންނަށް ޓޫރިސްޓް ވިސާގައި މިޤައުމަށް އާދެވެނީ؟
މިބަހުގެ މާނައަކީ، ޔައުނީ މިތަނަށް 10000 މީހުން ސަލާންޖަހަން އަތުވެއްޖޭ. ސަލާންޖެހި މީހުންނަކީ ނިކަމެތި ބައެއްކަން ނިކަން ރަނގަޅަށް އަންގައިދީފައި މިތާ މަގުމަތީގައި ރަތްދަކަ އަވީގައި އަވީލާފައި ރޭގަނޑު ނިދި ނަގާލާފައި ތިބެގެން ވަރުވަރުން ގޮތްގޮތަށް އާދޭސްކޮށް ތެޅިފޮޅިގަތީމާ މަށަށް ފެންނަ ވަގުތަކު މަށަށް ފެނުނު މީހަކަށް މަށަށް ކުރެވުނުހައި ބޭއިހްތިރާމެއް ކޮށްފައި ކުރެވުނުހައި ޖެއްސުމެއް ކޮށްފައި މަގޭ ގައުމަށް ދެވޭނެ ގޮތް ހަނިގޮތަކަށް ހަދައިދީފައި، އަދި މަގޭ ގައުމަށް ގޮސް އަތުގައި ހުރިއްޔާ ހުރި ލާރިއެއް މަގޭ ގައުމުގައި ތިބި ލުއްޗާއިންނަށް ދީ ހުސްކޮށްފިއޭ. މިބަޔާން މިނެރުނީ މިކަން މިހެން ފިސާރި ކެރިގެން ކޮށްލިކަމާއި ކަލޭމެން ތިތިބީ މަގޭ އަޅުވެތިކަމުގައި ކަން އަންގާލަންވެގެންނޭ. ސާފުވެއްޖެތަ!
އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ހިންނަވަރު ރޮށި އިބްރާހިމް ދިވެހި ރައްޔިތުންނަށް ތަންކޮޅެއް ފަސޭހައިން ބޭސްފަރުވާގެ ވިސާ ދޫކޮށްދީ ބަލަ 1 މަސް ކިޔު ހަދައިގެން ، ރާއްޖެ އަންނަ ފަތުރުވެރިންވެސް އާދެވޭނީ ވިސާ ޖަހާގެން އެ ހެޔޮ ޓުއަރިންޓުންނަށް ވިޔަސް
ދިވެހި ރައްޔިތުން ފެލަންވެގެން ބޭސްފަރވާ އައް ސަލާން ޖަހުވަނަވެގެން ދަރުމަވަންތަ ހޮސްޕިޓަލްވެސް އިންޑިޔާ އަައް ދިނީ
ދިވެހިން ވިސާނަގަން ގަނަތެލޭ މަންޒަރު ބަލާލަން އިންޑިއާ ހައިކޮމިސަން ކިރިމައްޗައް ވަޑައިގަންބަލަ
މެދުއިރުމަތީގައި މަސައްކަތްކުރާ އިންޑިޔާ މީހުން އެގައުމުތަކަށް ފޮނުވުމަށް ކަރަންޓީން ފެސިލިޓިއަކަށް ހަދައިގެން ކިތަށް ލައްކަ މީހުންތޯ މިގައުމުގެ ހާއްސަ ހުއްދަޔާއެކު ފޮނުވީ މިއަދަދުވެސް ހާމަކޮށްލަންވީނުން
އެކަމަކުވެސް ވިސާގަނޑު ހިލޭ ނުކޮށްދެވޭނެ އެހާ ގާތް ގުޅުމެއް އޮންނައިރުވެސް...
ރާއްޖެން ފުރަތަމަ ކުރަންވީ ކަމަކީ ޑޭޓާ އެނާލިސިސް އެއް ހެދުން ރާއްޖޭން ބޭރަށް ދާމިހުންގެ އަދަދާ ކުރަންދާ ބޭސް ފަރުވާގެ ތަފްސީލް. ދެން ބަލަންވީ ރާއްޖޭން އެ ހިދުމަތްތަށް ދެވޭނެ ފަދަ އާލާތްތަށް ގެނައުމަށް އެއަށްފަހު ރަނގަޅު ޑރ. އިންނަށް އެޕްރޯޗު ކޮށް އެކިއެކި އޮފާތަށް ދީގެންނަމަވެސް، ރާއްޖޭގައި މިކަމަށް ކުރެވޭ ހަރަދު އެބަޖެހޭ ސަލާމަތް ކުރަން.
މިވާހަކަ ނޫސތަކުގައި ޖަހަނީ ޝަރަފަކަށް ދޯ.
ލަދުގަންނަން ޖެހޭވަރުކަމެއްތީ އިންޑިއާ މީހުންބޭނުންކޮންމެްިރަކު މިޤަުމަށް އެބައާދެވޭ ވިސާއަކާނުލާ އަހެރެމެންމިޖެހެނީދިގުކިއުއެއްހަދައިގެންވިސާޖައްސަން ވިސްނަންވެއްޖެކަމެއް ވަރަށްފުންކޮށް.
ބޯހަލާކު. ރައީސްޔާމީންގެ ވެރިކަމުގައި މިކުޅިގަނޑު މައިތިރިކޮށްލީ ވަރަށް ސަޅިކޮށް! އިންޑޔާ ގެ މަކުނުކުޅި މަކަރުވެރިންގެ ތަައްޕާހުން ނުކުންނަޖެހޭ! ރައީސް ޔާމީން ގެ ޑޮްކްޓަރީ ކަން އަޅުގަނޑުމެންނަށް ބަރާބަރު، އިންޑިޔާ އައޫޓް . ވަގުތުން ވަގުތަށް އަައުޓް. ބާލާ މިގަައުމުންވެސް އެ ބައިގަނޑު